މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކުރީ އިސްލާމީ މަރުކަޒުގަ އެވެ. މި ޖަމާޢަތުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މާލޭގެ އިތުރުން އެމް.އެން.ޑީ.އެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ވެސް ދިދަނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައިވާއިރު، މާލޭގައި ނަސްރުގެ ދުވަހުގެ ދިދައާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވ...
މުޙައްމަދު އަފްރާޙް
ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދާއި ޢާއިޝަތު ޙަސަންގެ ދަރިކަލުންނެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި އިރު ހުންނެވީ ސިފައިންގެ ޕްރައިވެޓެއްގެ މަޤާމުގައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރައްވައި ޕްރައިވެޓްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން ދެއްވީ 1988 ނޮވެންބަރު...
ޢަބްދުﷲ ސަޢީދު
މިއަހަރުގެ ނަސްރުގެ ދުވަހު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މަކުނުދޫ ސްކޫލު ދަރިވަރުން “ނަސްރުގެ ދުވަހާއި ގުޅޭ ފޮޓޯ ހުށައެޅުމުގެ މުބާރާތް 2022” އަށް ހުށައެޅި ފޮޓޯ ސްޓޯރީ ތަކަށެވެ. އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި މި ފޮޓޯތައް އާންމުކުރަން ފެށުމާއި އެކު މުޅި މީސްމީޑިއާ ފަތަހަކުރީ މިފޮޓޯ ތަކުންނެވެ. ތުއްތު ކުދިންނާއި އެކި އުމުރު ފުރާގެ ކުދިންގެ ހުނަރުވެރިކަމަށް އެތައް ބައެއްގެ ތަޢުރީފު ލިބެމުންދިޔަ އެވެ. މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ރަށެއްގެ އަމާން […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ އަންނަ 2023 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި ބާއްވަން ނިންމައިފިއެވެ. މިގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުގައެވެ. މި ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ ބާއްވާނެ ތާރީޚް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށްފަހު ނިންމީ، އަންނަ 1 ޑިސެމްބަރގައި ޕްރައިމަރީއަށް އިޢުލާނު ކުރުމަށެވެ. އަދި 13 ޖެނުއަރީ 2023 ގައި […...
އަލީ އާދިލް
އައްޑޫ ސިޓީގެ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު، ހިންދޫ އަޅުކަމެއް ކޮށްފައިވަނިކޮށް، އެ މައްސަލަ ކުށްވެރިކޮށް އެ މައްސަލަބައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އައްޑޫގެ މަގުތައް ހަދަނީ ތިލަމާލެ ބްރިޖު ހެދުމަށް ވެސް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު، ހިންދޫ އަޅުކަން ކުރާ ވީޑިއޯތައް ވަނީ މީސްމީޑިއާގައި އާންމުވެފައިއެވެ. ހިތަދޫ މަގުތައް ހެދުމުގެ...
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ) ދެން މަސައްކަތް ކުރާނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް އެ ޕާޓީން ނިންމައިފިއެވެ. މިގޮތަށް ނިންމީ އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލް އިންތިޚާބު ވުމަށްފަހު ރޭ ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުގައެވެ. އެމްއެންޕީގެ އޮފީހުގެ ކޮންފަރެންސް ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ 52 މެންބަރުން ބައިވެރިވިކަމަށް އެމްއެންޕީން ބުނެއެވެ. ރޭގެ މި ބައްދަލުވުމުގައި، ރާއްޖޭގެ ސިޔާސީ މައިދާނު...
އަލީ އާދިލް
ބަރުދަން ލުއިކުރާ ބޭހެއްގެ ނަމުގައި މަނާ ބޭހެއް ސޯޝަލް މީޑީއާގައި އިސްތިހާރުކޮށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ އޮތޯރިޓީން އާންމު ކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ސަތޭކަ އިންސައްތަ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް ވިއްކަމުން ދަނީ “ޖަމޫ ސުރޫ އަޔޫ” ނަމަކަށް ކިޔާ ބޭހެއްކަމަށެވެ. އެ ބޭހަކީ އައްސިކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށާއި، އެ ބ...
އިބްރާހިމް ޚަލީލް
އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް http://ore.do/funrunkit މެދުވެރިކޮށެވެ. އުރީދޫ ފަން ރަން ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 15 އާ ހަމައަށެވެ. 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މިއީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމެކެވެ. މިއީ އަލަށް ދުވާ ފަރާތްތަކާއި […]
އަޙްމަދު ވަހީދު
ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 69 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ. މި އޮޕަރޭޝަންގައި ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 13 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަންގައި ހޯނޑެއްދުއާއި އަދި އެ ރަށް...
އަލީ އާދިލް
ނ. ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ވަރަށް ޒަމާން ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް މިނިސްޓަރު އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. މިއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ބޮޑުއަކުރުން ލިޔެވި، ވަރަށްގިނަ މަސައްކަތްތަކާއި ވަރަށްގިނަ ވަގުތެއް ހޭދަކުރެ...
މުޙައްމަދު އަފްރާޙް
ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާއި ހަވާލުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީއެވެ. މިއީ ހަޔާ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1444” ބޭއްވުމަށް ނިންމާފައިވާ ކަމުގައި އެ ކުލަބުން ހާމަކޮށްފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން ވަނީ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް 1443” ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ތެރޭ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ މި މުބާރާތް އެ ކުލަބުގެ ފަރާތުން ބާއްވާ ދެވަނަ […]
އިބްރާހިމް ޚަލީލް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ ބައެއް ފްލެޓްތައް އަންނަ އަހަރުގެ މެއި މަހަށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ވަނީ އިއްޔެ މި ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މީޑިއާތަކަށް ޓުއާއެއް ދީފައެވެ. މި ޓުއާގައި މިނިސްޓްރީގެ ފަރާތުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ވެސް ދީފައެވެ. މިނިސްޓްރީން ބުނެފައިވާގޮތުގައި އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން މާލެ ސަރަހައްދުގައި މިހާރު 6،175 ފްލެޓް ހެދުމުގެ މަސައްކ...
އަޙްމަދު ވަހީދު
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މި ބިލު ފާސްވީ 34 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޑަބްލިއުޑީސީ އާއި ގުޅޭ އިސްލާހު ވެލިދޫ ދާއިރާގެ […]
މުޙައްމަދު އަފްރާޙް
މަދަރުސީ މަރުޙަލާގެ ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢެއް ޢިލްމް އިންސްޓިޓިޔުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފެށުމަށް ނިންމާފައިވާ ކަން އިޢްލާނުކޮށްފި އެވެ. އެ އިންސްޓިޓިއުޓުން ވިދާޅުވީ މިއީ ރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤުޞަދުގައި، ފަށާ މަޝްރޫއެއް ކަމަށެވެ. އުމުރުން 7 އަހަރާ 16 އަހަރާ ދެމެދުގެ ސ...
މުޙައްމަދު އަފްރާޙް
މިފަހަރުގެ ވޯލްޑް ކަޕަކީ ޓިއުނީސިއާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. ޑެންމާކް މީގެ ކުރިން ފަސް ވޯލްޑް ކަޕެއްގައި ކުޅެފައިވެއެވެ. އެ ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކުޅުނީ 1978 ގަ އެވެ. އޭގެ ފަހުން 1978، 1998، 2002 އަދި 2006 ގެ ވޯލްޑް ކަޕްގައި ޓިއުނީސިއާ ވާދަކުރި އެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް މުބާރާތުގައި އެޓީމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ކޮލިފައިވީ ގޮތް ޓިއުނީސިއާ މިފަހަރުގެ ވޯލްޑް ކަޕަށް […]
ތިލަދުން
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ޕޯޓޯއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ޕޯޓޯއިން ކާމިޔާބުކޮށް އެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ގްރޫޕުގައި ލެވަކޫސަންއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު އެއްވަރުވެ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ކުލަބް ބްރޫޖް ޖާގަ ހޯދައިފިއެވެ. ޕޯޓޯގެ އަމިއްލަ ދަނޑުގައި އެ ޓީމުން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ޕޯޓޯއިން ދެ ލަނޑުގެ ލީޑަކާއިއެކު […]
އިބްރާހިމް ޚަލީލް
އއ. ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލީޝާ ހޮޓަލަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފިއެވެ. ފިންސް އަކީ ރަސްދޫއަށް ޒިޔާރަތް ކުރަަ ގިނަ ބައެއްގެ މެދުގައި މަގުބޫލު ގެސްޓްހައުސްއެކެވެ. މި ގެސްޓަހައުސްގައި ފަތުރުވެރިންނަށް ކޮލިޓީ ހިދުމަތް ފޯރުކޮށްދެއެވެ. ޗުއްޓީ ހޭދަ ކޮށްލުމަށް ރަސްދޫއަށް ޒިއާރަތް ކުރާ ފަރާތްތަކަށް މިހާރު ފިންސް އިން ބުކިން ހައްދަން އުރީދޫގެ އެމްފައިސާ ބޭނުން ކުރެވޭނެއެވެ. މީގެ ސަބަބުން ފައިސާ ދެއްކުން ކުރިއަށްވުރެ ފަސޭހަވެގެންދާނެއެވެ. މި ގ...
އަޙްމަދު ވަހީދު