އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް މިއަދު ފަށައިފިއެވެ.

"އިޔާ އެންޑް ސޭލް" ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލް އަކީ ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ކުރިއަށްގެންދާ ސޭލެކެވެ. މިއީ އެ ކުންފުނިން އަހަރުގެ ތެރޭގައި ކުރިއަށް ގެންދާ އެހެން ޕްރޮމޯޝަންތަކާ އަޅާބަލާއިރު އެތަށް ގުނައަށް ބޮޑު ޑިސްކައުންޓާއި އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

Ad
rt

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މާލޭގެ އިތުރުން އަތޮޅުތަކުގައި ހިންގާ އެސްޓީއޯ ފިހާރަތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮމޯޝަންގެ ތެރޭގައި ފުދޭވަރަކަށް ބޮޑު ޑިސްކައުންޓެއް ކަސްޓަމަރުން އާއްމުކޮށް ބޭނުންކުރާ ޕްރޮޑަކްޓު ތަކުން ލިބެގެންދާނެ" ސައީދު ވިދާޅުވި އެވެ.

މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ނިޔަލަށެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ހާއްސަ ލަކީޑްރޯއެއްވެސް ކުރިއަށްދާނެއެވެ. ލަކީޑްރޯއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކައަށް އިނާމުގެ ގޮތުުގައި 64 އިންޗީގެ ޓީވީއަކާއި ސައުންޑް ސްޕީކާ ސިސްޓަމެއްގެ އިތުރުން ރެފްރިޖިރޭޓަރެއް ވަ ީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ދެވަނަ އިނާމަކަށް 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ހުށަހަޅާފައިވާއިރު ތިންވަނަ އިނާމަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ވަނީ ހުށަހަޅައިފައެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަންގެ އިތުރުން އެސްޓީއޯގެ ވޯލްޑް ކަޕް ޕްރޮމޯޝަން "'ހޭވައްލާ ތައްޔާރު"ވެސް ކުރިއަށް އެބަގެންދެއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭއިރު އޭގެ ތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް އެންމެ ފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބޭނެއެވެ.