ގަތަރުގައި މިހާރުކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ހަވީރު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކޮށްފި އެވެ.

ކެމަރޫން އާ ބައްދަލުކޮށް އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިން ނެވެ.

Ad
rt

މި މެޗުގެ ހަމައެކަނި ލަނޑު 48 ވަނަ މިނިޓުގައި ބްރީލް އެމްބޯލޯ ޖަހައިދިނީ، ޝަގީރީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ.

ދެ ވަނަ ހާފުގައި ކެމަރޫނުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ހުރަހަކަށްވީ ސްވިޒަލެންޑްގެ ގޯލް ކީޕަރެވެ.

މި ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމަށްވާ ބްރެޒިލް އާއި ސާބިއާ މިރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ގައި ބައްދަލުކުރާނެ އެވެ.

މި މުބާރާތުގައި މިހާރު ކުޅެމުން ދަނީ އުރުގުއާއީ އާއި ސައުތު ކޮރެއާ މެޗެވެ. އަދި މިރޭ 9 ޖަހާއިރު ޕޯޗުގަލް ނުކުންނާނީ ގާނާ އާ ދެކޮޅަށެވެ.