މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނީ ހއ. އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު "ހަނދުވަރީ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއަކަށް ކަމަށެވެ.
އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައި ވަނީ މިއަދު 11:14 ހާއިރުއެވެ.
''ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ވަނީ އެހީތެރިކަން ފޯރުކޮށްދީފައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 13:31 ހާއިރު އެވެ.
އެމްއެންޑީއެފުން އަންނަނީ މިފަދަ އެތައް ހާދިސާތަކެއްގައި ދިމާވާކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!