އިސްލާމް ދީން ވަނީ ހުރިހައި މާނައެއްގައި ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައިކަމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ. “އަނިޔާވެރިންނަށް މާތްﷲ މުހުލަތު ދެއްވަ އެވެ.” މި މައުޟޫއަށް މއިަދު ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަހުލާގީ ގޮތުން ހުތުރު ސިފައެއް ކަމަށާއި އިންސާނާގެ ނަފްސު އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޛާބަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އުއްމަތްތައް ހަލާކުވުމުގެ ސަބަބެއް ކަމަށެވެ. ކަންމިހެން އޮތްނަމަވެސް އަނިޔާވެރިންނާއި ފާސިގު، ނުބައި...
މުޙައްމަދު އަފްރާޙް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު ކޮސްޓަރިކާ އަތުން މޮޅުވި ނަމަވެސް ޖަރުމަނު ކަޓައިފިއެވެ. ރޭ ގަތަރުގެ އައް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަޕާނުން ސްޕެއިންގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕުގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނެވެ. މި ގްރޫޕްގެ […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. އެ ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގެ ބަންޑާރަ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހައުސިން ޔުނިޓް ތައް ހަވާލުކޮށް ދެއްވާފައި ވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ދެ...
މުޙައްމަދު އަފްރާޙް
ރާއްޖެއެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގެންފި އެވެ. މޯލްޑިވސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ މިއީ ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ ނެދަރލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ. މިގޮތުން 20 ނޮވެންބަރު 2022 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއްކަމަށްވާ ޕާޕަލްލޭން އެޕް – ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ ޕާޓްނާޝިޕް ހަދައި އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފިއެވެ. ސީހައުސް މޯލްޑިވްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އުމަރު ފިކްރީއެވެ. މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރ...
އަޙްމަދު ވަހީދު
އއ. ތޮއްޑޫ އާއި އެ އަތޮޅު އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ތޮއްޑޫގައި ޕެރޭޑް ބާއްވާނީ މިއަދު ހަވީރު ކަމަށާއި އެއީ ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، ތޮއްޑޫ ކައުންސިލުގެ އެދިލެއްވުމަކަށް ބާއްވާ ޕެރޭޑެއް ކަމަށެވެ. އުކުޅަހުގައި ޕެރޭޑް ބާއްވާނީ މާދަމާ ހަވީރު ކަމަށާއި މިއީ އެރަަށު ކައުންސިލުގެ އެދިލެއްވުމަކަށް ބާއްވާ ޕެރޭޑެއް ކަމަށް ވިދާޅުވި އެވެ. މި ދެ ރަށުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ […]
މުޙައްމަދު އަފްރާޙް
ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022 ގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފިއެވެ. މި ފެސްޓިވަލުގައި ހިމެނެނީ އަންހެންބޭފުޅުންގެ ހޭންޑްބޯލް އަދި ފިރިހެން ބޭފުޅުންގެ ފުޓްސަލް މުބާރާތެކެވެ. ހޭންޑްބޯލްގައި ޖުމްލަ ހަތަރުޓީމް ވާދަކުރާނެއެވެ. މި ހަތަރު ޓީމަކީ ނޭކުރެންދޫ އަށް ނިސްބަތްވާ 3 ޓީމް ( ކަސަބު، އެން.އެޗް.ސީ، ފެލްކަންސް) އަދި ހދ.މަކުނުދޫ ޓީމެކެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދެޓީ...
އަލީ ރިޔާޟް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފަހު މެޗުތަކުގައި ކްރޮއޭޝިއާ އަތުން މޮޅުނުވެވި ބެލްޖިއަމް ކެޓިއިރު، ކެނަޑާ ބަލިކޮށް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި މޮރޮކޯ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކްރޮއޭޝިއާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގެ ފަހު މެޗުތަކާއި ކުރިމަތިލީއިރު، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކްރޮއޭޝިއާ ބަލިކުރުން ނޫން ގޮތެއް […]
އިބްރާހިމް ޚަލީލް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ މަސްވަރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “އިމަގު މަސްރޭސް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިހަވަންދޫގެ މަސްވެރިންނަށާއި މަސްވެރިކަމަށް ލޯބި ކުރާ ޒުވާނުންނާއި ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައ...
އިބްރާހިމް ޚަލީލް
ރާއްޖެއިން، އެއިޑްސް ބަލި ޖެހުނު، މީހުންގެ ތެރެއިން 15 މީހަކު ނިޔާވެފައި ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފި އެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅޭގޮތުން އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ 31 ޑިސެމްބަރު 2021 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށާއި އެއީ 6 އަންހެނުންނާއި 33 ފިރިހެނުން ކަމަށެވެ. މިބަލި، ރާއްޖޭގައި އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. […]
މުޙައްމަދު އަފްރާޙް
އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެމަނިކުފާނުގެ މަދަދާއި، ތާއީދާއެކު ހޮވުނު ބައެއް މަޖިލިސް މެންބަރުންނަށް މިހާރު ރައްޔިތުންގެ ތާއީދު ނެތްކަމަށާއި، އެފަދަ ބޭފުޅުން ހޮވައިދޭން އަލުން މަސައްކަތް ކުރުމުގެ ފުރުސަތެއް ދެން ނެތްކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަދު ހަވީރު ބޭއްވި “އާސްކް ސްޕީކ...
އަލީ އާދިލް
މަސްވެރިކަމަށް ނުކުމެއުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު “އަލިރާސްތާ-1” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ކަމަށެވެ. އަދި އެއީ އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދ...
މުޙައްމަދު އަފްރާޙް
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފި އެވެ. އެ މައްސަލައިގާ ހޯދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަހްމަދު ސަލީމް (41އ) އާއި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ) އެވެ. މި ދެމީހުން ފުލުހަށް ހާޒިރު ކުރަނީ މަކަރާއި ހީލަތު މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށާއި އެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އަދި އާއިލާއަށް […]
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތް ފަށަން ތާވަލު ކޮށްފައިވާ ތާރީޚަށް ބަދަލު ގެނެސްފިއެވެ. މި މުބާރާތް ކުރިން ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ފެށުން ލަސްކޮށްފައި މިވަނީ ކުޅުދުއްފުށީގައި މީގެ އެގާރަ އަހަރު ކުރިން ހަދަން ފަށާފައިވާ ރޯހައުސްތައް ވީރާނާވާން […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ، އުތީމު ރައްޔިތުންގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހުގައި އުތީމުގައި ހުރި މުއައްސަސާތަކަށާއި ކުލަބް ޖަމިއްޔާތަކަށް ޓީމް ތައް ބައިވެރި ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އާންމު ފަރުދުންގެ މެދުގައި ޓީމް އެކުލަވާލައި ބައިވެރި ވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މަސްރޭހުގައި ބައިވެރިވާ ޓީމްތަކުގައި މަދުވެގެން 5 މެމްބަރުން ހިމަނަން ޖެހޭއިރު،...
އިބްރާހިމް ޚަލީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ ބޮޑު ވައުދު އަދި ނުފުއްދޭ ކަމަށާއި އެ ވައުދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު “އާސްކް ސްޕީކަރ” ގެ 6 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހީމް މުހައްމަދު ސާލިހު، މި މަހު ގަތަރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގަންނަވަނީ އެގައުމުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވައިލެއްވުމަށް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނި ގަތަރަށް ވަޑައިގަންނަވާ ވަކި ތާރީހެއް މިއުވާން ވިދާޅެއް ނުވެއެވެ. އެކަމަކު ފައިނަލް މެޗު ނުވަތަ ސެ...
މުޙައްމަދު އަފްރާޙް
ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީވުމަށ، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފަންޑް ރެއިޒިންގ އިވެންޓެއް ބާއްވަން ނިންމައިފި އެވެ. ބީސީއެމް އިން ވިދާޅުވީ މިއީ އެ ގައުމުގެ ސަގާފަތް ދައްކުވައިދޭ އިވެންޓެއް ކަމަށާއި މި އިވެންޓު އޮންނާނީ މި ޑިސެމްބަރ މަހުގެ 5 ވާ ހޯމަ ދުވަހުގެ ރޭ 08:45 ގައި ކަމަށެވެ. މެންހެޓަން ބިޒްނަސް ހޮޓެލްގައި ބާއްވާ “ޕާކިސްތާނީ ކަލްޗަރަލް ނައިޓް” ގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ […]
މުޙައްމަދު އަފްރާޙް