ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ކުއްލި ހާލަތަށް ގެނެސްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާޕޯޓު ކުއްލި ހާލަތަށް ގެނައީ، އެ އާޕޯޓަށް ކުއްލި ހާލަތުގައި މަތިންދާ ބޯޓެއް ޖައްސަން ވެގެން ނެވެ. އެމްއޭސީއެލުން ވިދާޅުވީ ފްލައިޓު ޖައްސަައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވަ އެވެ. އެ ކުންފުނިން ވިދާޅުވީ އެ ފްލައިޓު ކުއްލި ހާލަތުގައި ޖައްސަން ޖެހުނު ސަބަބު ބަލަމުން އަންނަކަމަށާއި އިތުރު މައުލޫމާތު ލިބޭނީ އޭރުން ކަމަށެވެ. ކުއްލި ހާލަތުގައި ގައި […]
މުޙައްމަދު އަފްރާޙް
ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދު ތަކުގައި 283 ރޭމްޕް ހަދައި، މާލޭގެ 407 މަގު މަރާމާތުކޮށްފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެ އެވެ. ފައިބެއަހަރުގެ މެއި 17 އިން މިއަހަރުގެ ނޮވެމްބަރ 17 އަށް އެ ކައުންސިލުން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކާއި ހަރަކާތްތަކާއި ކޮށްފައިވާ މުނިސިޕަލް / އިދާރީ މަސައްކަތްތަކުގެ ތަފްސީލުގައިވާ ގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ތަކުގެތެރޭގައި މަގުތަކުގައި ދުއްވާ އެއްޗިއްސަށް ދުއްވަން އުނދަގޫވުމާއި، ދުއްވާ އެއްޗ...
މުޙައްމަދު އަފްރާޙް
އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ދޯނީގެ ރިކޯޑު “ބާޚިރާ” ދޯނިން ގާއިމުކޮށްފި އެވެ. މިފްކޯ އިން ވިދާޅުވެފައިވަނީ، ގދ. ފަރެސްމާތޮޑާ، ”ބާޚިރާ” ދޯނިން، އެއް ދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައިކަމަށެވެ. އެ ދޯނިން 58.6 ޓަނުގެ މަސް ބާނާފައި ވަނީ އިއްޔެ ކަމަށެވެ. އެހެންކަމުން މިއީ އެއްދުވަހެއްގައި ދޮށީގެ މަސްވެެރިކަމުގެ އައު ރިކޯޑެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެ ދޯންޏަށް މަރުހަބާ ކިޔައި، މިފްކޯ އިން ވިދާޅުވެފައިވަނީ އިއްޔެ އެ ދޯނިން […]
މުޙައްމަދު އަފްރާޙް
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދަނޑުވެރިންނަށް ހައްދުފަހަނައެޅި ޔަހޫދީން ދުއްތުރާކޮށް ވައްކަން ކުރާމިންވަރު އިތުރު ވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އެގޮތުން ފަލަސްތީނުގެ ދަނޑުވެރިން މާމުއި އުފެއްދުމަށާއި އޮލިވް އެއްކުރުމަށް ގެންގުޅޭ އާލާތްތަކެއް އިސްރާއީލް ބަޔަކު ވަނީ ވަގަށް ނަގައިފަ އެވެ. މިހާދިސާ ހިނގީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ނަބްލުސްގެ ދެއާ ޝަރަފްގައި އެވެ. އިސްރާއީލުން ވެރިވެގަނެފައިވާ އެ ބިމުގައި ފަލަސްތީން ރައްޔިތުންނަށް ވަކި އުސޫލުތަކެއްގެ ތެރެއިން ދަނޑުބިންތައް...
މުޙައްމަދު ވަސީމް
ށ. ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެރަށު ކައުންސިލާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކަލް އެންޑް އިންޓަރ ނޭޝަނަލް ރިލޭޝަންސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. އިއްޔެ ހެނދުނުން ރޭނގަނޑަށް ދެމިގެން ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުނަދޫގެ 25 މީހަކު ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކ...
ޙުސައިން ޝަހުދީ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިހަވަންދޫގެ މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ “އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022” އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގު މަސްވެރިކަމުގެ އެވޯޑްތަކަކީ އިހަވަންދޫއަށް މަސްވެރިކަމުގެ ދާއިރާގައި ޝަރަފުވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން އަގުހުރި އެކިއެކި ޚިދުމަތްތައް އިހަވަންދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެ...
އިބްރާހިމް ޚަލީލް
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ތިން މަސްބޯޓެއް ސިފައިން މިއަދު އަތުލައިގެންފި އެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރަށްވައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބޭރުގެ ބައެއް ޤައުމުތަކުގެ މަސ...
ޔުމްނާ ޢަލީ
ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް ނިންމާލައިފިއެވެ. ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމާލެވުނު މަސައްކަތެއްކަން އެ މަރުކަޒުން ފާހަގަ ކުރައްވާފައިވެއެވެ. މި ޕެނަލްބޯޑް ބެހެއްޓުމުގެ...
ޔުމްނާ ޢަލީ
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލާއި ކެމަރޫން ބައްދަލުކުރި މެޗު ކެމަރޫނުން ކާމިޔާބު ކުރި ނަމަވެސް، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބްރެޒިލް އަދި ދެވަނަ ޓީމްގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކެމަރޫނުން ބްރެޒިލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު […]
އިބްރާހިމް ޚަލީލް
މާލެ ސަރަހައްދުގައި ދިރުއުޅޭ މީހުން ޕިކްނިކް ދިއުމަށް ސަރުކާރުން ތަރައްގީކުރާ ރަށް ކަމަށްވާ ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފި އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކޮށްފައިވާ އިިއުލާނެއްގައި ވަނީ އެރަށުގައި ކެފޭއެއް ހިންގުމާއި، ސްވެނިއަރ ފިހާރައަކާއި އާއްމު ތަކެތި ވިއްކާނެ ފިހާރައެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މޫދު ކުޅިވަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވެ...
މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ އިދާރާއިން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކު ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ވާރޭ ވެސް ވެހެމުން ދެ އެވެ. މިއަދާއި މާދަމާ ވެސް […]
މުޙައްމަދު އަފްރާޙް
ވެރިކަމުގައި ތިބެންޖެހޭ އެންމެ މުހިންމު ސަބަބަކީ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ގައި ހުންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އެމްޑީޕީ އިން އެތައް ޒަމާންތަކެއް ވެރިކަމުގައި ތިބޭނެކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ވެރިކަ...
މުޙައްމަދު އަފްރާޙް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ކޮރެއާ ޖާގަ ހޯދައިފިއެވެ. މިރޭގެ މެޗަށް ޕޯޗުގަލް ނުކުތްއިރު، ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗުން ހޯދި ހަ ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޕޯޗުގަލް އޮތީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ވުމާއެކު އެ ޓީމުން މިރޭގެ މެޗަށް ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް […]
އިބްރާހިމް ޚަލީލް
ވަައި ނުސާފު މިންވަރަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މި އިލްތިމާސް ކޮށްފައި މިވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސް ވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރަމުން އަންނަ ކަމަށް، ރާއްޖޭގެ މޫސުމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެ އިދާރާއިން އިއްޔެ ވަނީ، ހުޅަނގުން [...
ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދާ “އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް” ކޭމްޕް ފަށައިފިއެވެ. މި މެޑިކަލް ކޭމްޕަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕް ފެށުމަށް މިއަދު ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި ކޭމްޕް އިފްތިތާހުކޮށްދެއްވާފައި ވަނީ...
ޔުމްނާ ޢަލީ
ބ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ފަރުވާދޭ ޔުނިޓެއް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް މުހައްމަދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މިއީ އެރަށާއި ދާދި ގާތުގައި އޮންނަ ސޮނެވާފުށި ރިސޯޓަށް އައި ފަތުރުވެރިއަކު ކުރި ހަދިޔާއެއް ކަމަށާއި މިއީ އެ ހޮސްޕިޓަލުގެ ނަރުހުންގެ އޯގާތެރިކަމުގެ ހަދިޔާއެއް ކަމަށެވެ. “އެ ރިސޯޓުގައި ހުރި ފަތުރުވެރިއަކު ބަލިވެގެން މިތަނަށް ގެނައިމަ، މިތަނުގެ މުވައްޒަފުން އޭނާއާ މެދު ކަންތައްކުރި ގޮތުން، […]
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްތިޔުންގެ އަޑުއެހުމާއެކުގައި ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އެ ސިޓީގައި ސަރުކާރުން ތަރައްގީކުރި 165 ހައުސިން ޔުނިޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފަހުން ތަރައްގީކުރި ރޯހައުސްތަކަކީ ވެސް ރައްޔިތުންނަށް ފަހި ތަންތަނުގެ ގޮތުގައި ހެދުމަށް ސަރުކާރާއި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ގިނަ ބަދަލުތަކެއް އެރޯހައުސްތަކަށް ގެނެސްފައިވ...
މުޙައްމަދު އަފްރާޙް
ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ “ފުޓުބޯޅަ ފޯރީގެ” ހަރަކާތްތަކުގެ ތެރެއިން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. އުރީދޫގެ މި ހަވީރުގައި އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ބައިވެރިވާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯނުގައެވެ. މި ހަރަކާތުގައު ކުޑަކުދިންނަށް ހާއްސަކޮށް ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި މިނީ ގޯލު […]
އަޙްމަދު ވަހީދު