އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއްކަމަށްވާ ޕާޕަލްލޭން އެޕް - ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ ޕާޓްނާޝިޕް ހަދައި އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފިއެވެ.

ސީހައުސް މޯލްޑިވްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އުމަރު ފިކްރީއެވެ. މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއާ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ޕާޕަލްލޭން އެޕުން ބަލައިލެވޭނެއެވެ.

Ad
rt

ނިޔާޒު ވިދާޅުވީ އުރީދޫ ޕްލެޓްފޯމްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ޕާޕަލް ލޭނާއެކު މިވެވުނު ޕާޓްނާޝިޕަކީ އެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަމެއް ކަމަށެވެ. އަދި ޕާޕަލް ލޭން އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓްފޯމް ކަމަށް ވުމުން އުރީދޫގެ އުއްމީދަކީ އެ ޕްލެޓްފޯމްވެސް އިތުރަށް ކުރިއަރާ ފުޅާވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ޕާޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭން އާއެކު މަސައްކަތްކުރެވިގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.

ޕާޕަލްލޭން އެޕްގެ ކޯ ފައުންޑަ އުމަރު ފިކްރީ ވިދާޅުވީ އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް މިހާރު ޕާޕަލް ލޭންގެ ޕާޓްނަރުންގެ ވިޔަފާރިތަކުން ހާއްސަ އޮފަރތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން، ވޯކްއިން ކަސްޓަމަރުންނާއި ރެގިއުލާ ކަސްޓަމަރުންނަށް ބަދަލުކުރުމުން ފެށިގެން، ފަސޭހަ ރިވާޑްސް ޕްލެޓްފޯމް މެދުވެރިކޮށް، ވިޔަފާރިތަކަށް އަމިއްލަ ލޯޔަލްޓީ ކާޑު ޕާޕަލް ލޭން ޕްލެޓްފޯމް މެދުވެރިކޮށް ދައްކާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑްސް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާއެކު އެއްތަނަކުން ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި، ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި، ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފާތައް އިޝްތިހާރު ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދެއެވެ. އަދި ޕާޓްނާ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯރޑްސް ޕްރޮގްރާމް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭއިރު، ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެވޭނެއެވެ.

ވިޔަފާރިތަކުން ތައާރަފް ކުރާ މިފަދަ ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެއެވެ.