ބްރިޖުގައި އެކްސިޑެންޓެއްވެ ކާރެއް ފުރޮޅާލައިފި އެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބުރިޖު މަތިން ދުއްވާފައިދިޔަ ކާރެއް ފުރޮޅާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 14:47 ހާއިރު ލިބިފައިވާކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ކާރު ފުރޮޅާލި ވަގުތު ކާރުގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވި އެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެސަރަހައްދުގައި ފުލުހުން މިވަގުތު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެސަރަހައްދުގައި ހުރި މިނޫހުގެ ނޫސްވެރިއެއް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައިވަނީ މާލެއަށް އައުމަށް ބުރިޖުގައި ހާއްސަކޮށްފައިވާ ލޭނުގައި ކަމަށެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/nSdihkUl2B
— MTCC Plc (@MTCCPlc) January 4, 2023

މިއެކްސިޑެންޓުގެ ސަބަބުން ބުރިޖާއި ހައިވޭގައި ވަނީ ދުއްވާއެއްޗެހި ތޮއްޖެހި އެސަރަހައްދުގެ ޓްރެފިކަށް ބުރޫއަރާފަ އެވެ.
ފަހަކަށް އައިސް ހައިވޭގަ އާއި ބުރިޖުމަތިގައި ނުރައްކާތެރި އެކްސިޑެންޓުތައް އަންނަނީ ހިނގަމުންނެވެ. މިފަދަ އެކްސިޑެންޓުތަކުގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައްވެސް ވެފައިވާއިރު ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!