ތިލަދުންމަތީ އުތުރުބުރީ ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ވިދާޅުވީ 20 ޑިސެމްބަރ 2022 ގައި ކޮށްފައިވާ އިޢުލާނުގެ ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ބިޑު ހުށަހެޅުމާ ބީލަންތައް ހުޅުވުމުގެ ސުންގަޑިއަކީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.

އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމާއިގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކުގެ އީމެއިލަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން، ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ 13:30 ގައި ހޯރަފުށީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިކަމަށް އެދި ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ 13:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓްރީ ކުރުމުގެ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.