މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 356 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ އިންސައްތަ ދަށްވެފައެވެ. 2021 ވަނަ އަހަރު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނީ 364 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އިމްޕޯޓު އަދި އެކްސްޕޯޓު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، 299 މިލިއަން […]
އަޙްމަދު ވަހީދު
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެ ކުންފުންޏެއް ކަނޑައަޅައި އެކުންފުންޏަށް އެކަން އަންގައިފިއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ކަނޑައެޅި ނަމަވެސް އެ ކުންފުންޏާ ބެހޭ ތަފްސީލު އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މި މަޝްރޫއަށް ހަތް ކުންފުންނަކުން ބީލަން ހުށަހެޅިއެވެ. ރޭ އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި...
އަޙްމަދު ވަހީދު
ރިސޯޓު ތަރައްގީ ކުރުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީ 14 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ. އެ ރަށްތައް ބީލަމަށް ހުޅުވާލީ އިއްޔެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކުގެ ތެރޭގައި ކުރިން ބީލަމަށް ހުޅުވާލި ރަށްތައް ވެސް ހިމެނެއެވެ. އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް މާޗް 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ރަށްތައް އަލުން ބީލަމަށް ހުޅުވާލާފައި ވަނީ ބިޑް ތަކުގެ ޝަރުތު ފުރިހަމަ ނުވުމާއި، އެ ރަށްތަކަށް ބިޑް ނުލިބި […]
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށްއެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީވާން ޖެހެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މިއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރީ ފޯމް: https://forms.gle/erZWSt7zX9wVo43o8 މި މަސައްކަތަށް އަންދާސީ ހިސާބު ހުށ...
އިބްރާހިމް ޚަލީލް
ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި, އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް ބީއެމްއެލުން މިދިޔަ […]
ހުސައިން ހަބީބް
ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ ކަމަށް ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ބުނެފިއެވެ. މޯލްޑިވިއަން އިން ބުނީ ފެބްރުއަރީ 22 ގެ ފަހުން ޕާސްޕޯޓާއި، އައިޑީ ކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއަރޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރުޖެހި ރަސްމީ ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާންވާނެ ކަމަށެވެ. މުއްދަތު ހަމަވެފައިވާ ލިޔުމަކާއެކު އެ ތާރީހަށްފަހު […]
މުޙައްމަދު އަފްރާޙް
އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ފަށައި، އެ އަތޮޅު ދަނގެތީ ބިން ހިއްކަން އެމްޑީޕީގެ 2023 ވަނަ އަހަރު ރިޔާސީ ވައުދެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ދަނގެއްޗަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ދަނގެތީގައި މި ސަރުކާރުން ހިންގާފައިވީ ނަމަވެސް އަދިވެސް އެރަށަށް މުހިންމު ކަންތައްތަކެއް ހުރިކަން...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު ދަންމާލައިފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މުޅި ރާއްޖެއަށް ފުރަތަމަ ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 6:30 އިން މިރޭ މެންދުރު 12:30 އާއި ހަމައަށެވެ. އޭގެފަހުން ސަމާލުގެ ވަގުތު 18:00 އަށް އިތުރު ކުރިއެވެ. އެއަށްފަހު މިހާރު ވަނީ މިރޭ މެންދަމު 00:00 އާއި ހަމައަށް ހުދު ސަމާލުގެ […]
ޔުމްނާ ޢަލީ
ހިތް ނިޔަތް ޚަލާސް ކޮށްގެން ޝަންގްރިއްލާ ރިސޯޓު ހުޅުވަން އުޅުނުނަމަ ، އެއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވެން އޮތް ކަމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑޫ ސިޓީ ހިތަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ރިސޯޓު މިހައިތަނަށް ހުޅުވިގެން ގޮސްފައި ނުވަނީ މި ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ މިހާތަނަށްވެސް ސަރުކާރަށް […]
މުޙައްމަދު އަފްރާޙް
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިލުމުން 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ: 1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ 2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ 3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, […]
މުޙައްމަދު އަފްރާޙް
ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް http://www.southasiantravelawards.com މެދުވެރިކޮށް ހުށައެޅޭނެއެވެ. 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ މި އެވޯޑް ދިނުމުގެ މަގުސަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު...
މުޙައްމަދު އަފްރާޙް
ކުނި ނަގަން ވަދެ، ގެއަކަށް ބޮޑުކަމުދިޔަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ ގޭގެއަށް ކުނި ނަގަން ދާ އެ ކޯޕަރޭޝަން ގެ މުވައްޒަފަކު ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިކަމުގައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ނޮޅިވަރަމު ކައުންސިލް އިދާރާ އިން ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އެ ކުލަބުން ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުން ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައ...
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމުގެ މަސައްކަތްތައް ބަޔަކު ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންވެ އެކަމަށް އެމްޑީޕީ މެންބަރުން ސަމާލުވުމަށް އެ ޕްރައިމަރީގައި ވާދަ ކުރަށްވާ އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާއި ފުލަމް ރޭ ބައްދަލުކުރި މެޗުގައި ހެރީ ކޭން ޖެހި ލަނޑާއިއެކު، ޓޮޓެންހަމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އެ ޓީމްގެ ކުރީގެ ފޯވާޑް ޖިމީ ރީވްސް ހަދާފައިވާ ރެކޯޑާއި ކޭން އަރާ ހަމަކޮށްފިއެވެ. ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗަކީ އުމުރުން 29 އަހަރުގެ ފޯވާޑް ހެރީ ކޭން ޓޮޓެންހަމްގެ ޖޯޒީގައި ޕްރިމިއާ ލީގުގައި ކުޅުނު 300 ވަނަ […]
އިބްރާހިމް ޚަލީލް
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސްކަން ކުރައްވާ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އެވެ. ގާނޫނު އޮންނަ ގޮތުން 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް ކޮމިޝަނުން އުވާލަން ޖެހެ އެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު […]
ހުސައިން ހަބީބް
މި ފަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އއ. މާޅޮހަށް މިއަދު ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީން އަމަލުކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށް ވެސް ރަ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި އެެރަށު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އެރަށު މިސްކިތްތައް އާބާތުރަ ފިލުވުމަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އެރަށު މަސްޖިދުއް ތަގުވާއާއި މަސްޖިދުއް ސިއްދީގު އަދި މަސްޖިދުއް ނޫރު ގެ އާބާތުރަ ފިލުވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފ...
މުޙައްމަދު އަފްރާޙް