ފްރެންޗް ކަޕްގައި ރޭ ޕީއެސްޖީއާއި ފްރާންސްގެ ހަ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޕޭސް ޑެ ކަސެލް ބައްދަލުކޮށް، 7-0 ގެ ނަތީޖާއިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމްގެ ތަރި އެމްބާޕޭ ފަސް ލަނޑުޖަހައި، ޕީއެސްޖީއަށް އެއް މެޗުގައި ފަސްލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފިއެވެ. ޕީއެސްޖީ އުފެދުނުތާ ބައި ގަރުނަށްވުރެ ގިނަވެފައިވާއިރު އެ ޓީމަށް މީގެ ކުރިން އެއް މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ފަސް ލަނޑު ޖެހިފައި ނުވެއެވެ. ޕީއެސްޖީއަށް އެންމެ ގިނަ […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް ނަޝީދު އިއްޔެ ވަނީ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާފައެވެ. އެ ސިޓީގެ ހިތަދޫގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ އެއާޕޯޓަށް ފަތުރުވެރިއަކު އައިސް ރިސޯޓަކަށް ގޮސް ދ...
ޔުމްނާ ޢަލީ
ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ ކަމަށް ޝަމީމް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މި ގާނޫނު ލިޔެވިފައިއޮތީ އެމަގަށް ބާރުއަޅާގޮތަށް، މުޅި ނިޒާމު މަސައްކަތްކުރާގޮތަށްވެސް މުހިއްމު ބަދަލުތަކެއް އ...
މުޙައްމަދު އަފްރާޙް
ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ކުރިން ވެސް ބައެއް ބޭފުޅުންނަށް ދޯކާ ދެއްވި ކަމަށާއި، މިފަހަރު ވެސް އެހެން ހެއްދެވުން ގާތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އިއްޔެ ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންއިރު އަރިހުގައި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި،...
ޔުމްނާ ޢަލީ
ސަފާރީއެއް ފަރަށް އަރަށް އެރުމުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީއެއް ތ. މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. “ރެޑްމޫން” ނަމަކަށްކިޔާ މި ސަފާރީ ފަރަށް އަރައިގެން އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައި ވަނީ ރޭގެ 19:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެ...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 6:30 އިން މިރޭ މެންދުރު 12:30 އާއި ހަމައަށެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ، މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އާއި ދެމެދު ރާއްޖޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރައި، ވިލާގަނޑު ގައި […]
ޔުމްނާ ޢަލީ
ފަތުރުވެރިން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ މައުލޫތު ފޯރުކޮށްދޭންޖެހޭ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެއެކަށޭނަ ގޮތުގައި ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓ...
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 9 ވަ...
އިބްރާހިމް ޚަލީލް
ކ. މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މާފުއްޓަކީ 2،153 ރަށްވެހީންގެ އާބާދީ އޮންނަ ރަށަކަށް ވީނަމަވެސް، އެ ރަށުގައި 5،000އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭކަމަށް އ...
އަޙްމަދު ވަހީދު
އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފިއެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއާއި، އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން ކުރިއަށް ގެންދާ މި ސާރވޭ ފެށީ މިއަދުއެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 28ގެ ނިޔަލަށް މި ސާރވޭ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސާރވޭގައި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ޖޮއިންޓް ޓީމުން ހަރަކާތްތެރިވެ، ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށް ޖީ.ޕީ.އެސް ރިސީވަރ...
މުޙައްމަދު އަފްރާޙް
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ނިންމައިފި އެވެ. ޝިފާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކުރީ، ވެމްކޯއަށް ޑިސެމްބަރު, 2017 ގައި ޑަމްޕް ޓްރަކެއް ގަންނަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ މީހެއްގެ، ކިއުބެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި މައްސަލައިގަ އެވެ. ވެމްކޯއަށް […]
ހުސައިން ހަބީބް
އއ. ތޮއްޑޫން މިއަހަރު ތެރޭ ޖުމްލަ 200 ގޯތި ދޫކުރެވައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ތޮއްޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތޮއްޑޫގައި އޮތް ބޯހިޔާވަހިކަން ހައްލު ކުރުމަށް ރައްޔިތުން އެދޭ އެދުން ވަރަށް ބޮޑު ކަމަށެވެ. ރައީސް ވިދާޅުވީ އެރަށުން 100 ގޯތި ދޫކުރުމަށް މިހާރު ނިންމާފައި އޮތްއިރު، އެ 100 ގޯއްޗަށް އެރަށުގައި ޑިމާންޑް އޮތް މިންވަރު އެނގިވަޑައިގަންނަވާ ކަމަށެ...
ޔުމްނާ ޢަލީ
ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރު ނިންމަވައި، ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފިއެވެ. މި ދެ ބޭފުޅުން ނަޝީދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައިވާއިރު، ނަޝީދު އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ނަޝީދު ގެ އަރިހުގައި އެ ދެ ބޭފުޅުން މިހާރު ދަނީ ބައިވެރިވެވަޑައިގަނ...
މުޙައްމަދު އަފްރާޙް
ޑްރަގް ރިހިބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމް މިއަހަރު ރާއްޖޭގެ ފަސް ރަށެއްގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ މަސްތުވާތަކެތިން މީހުން ދުރުކުރުމަށް ހިންގާ މި ޕްރޮގްރާމް ރާއްޖޭގެ ފަސް ރަށެއްގައި މިއަހަރު ފަށާނެ ކަމަށެވެ. މި ޕްރޮގްރާމުތައް ކުރިއަށް ގެންދާނީ ހޮސްޕިޓަލްތަކާއި ހެލްތުސެންޓަރުތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަ ފުރަތަމަ ޕްރޮގްރާމް...
މުޙައްމަދު އަފްރާޙް
ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ އަވަހަށް ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ކާށިދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކާށިދޫ އަށް އިތުރަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން ބިމާއި ބަނދަރު ބޮޑު ކުރުމަކީ...
ޔުމްނާ ޢަލީ
ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ކުށްވެރިކުރަށްވައިފިއެވެ. ސްވިޑްންގެ ހައްދުފަހަނާ އަޅާފައިވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެވެ. އޭނާގެ މި އަނިޔާވެ...
ޔުމްނާ ޢަލީ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ރައީސް ޞާލިޙްގެ ކެމްޕެއިނުން ބުނީ އެ ޖަލްސާ އޮންނާނީ 26 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ. އެރޭ 20:30 ގައި ފަށަން ނިންމާފައިވާ މި ޖަލްސާ ރާއްޖެ ޓީވީ އާއި ސަންގު […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލް ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ވަނީ ބަދަލު ގެނައުމަށް ހަމަޖެހިފއެވެ. އަދި ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 19:00 […]
ޔުމްނާ ޢަލީ