ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ.

ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ.

Ad
rt

މިކަމާއި ގުޅޭގޮތިން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ ޝިއާރު ލިޔެފައިވާ ބޯޑު ހަރުކުރުމުގެ މަޤުޞަދަކީ އެ ރަށުގެ އާބާދީގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުން ކަމަށެވެ.

ޞައްފަތު އިތުރަށް ވިދާޅުވެފައި ވަނީ ބޯޑުތައް ހަރުކުރުމުގައި ބަލާފައިވާނީ ގިނައިން މީހުން ޖަމާވާ ތަންތަން ކަމަށާއި، މިގޮތުން ސްކޫލް ސަރަހައްދާއި ބަނދަރު ސަރަހައްދުގެ އިތުރުން މިސްކިތްތަކުގެ ކައިރީގައި ޝިއާރު ބޯޑުތައް ހަރުކުރެވިފައިވާ ކަމަށެވެ.

ޞައްފަތު ވަނީ މި މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލުމުގައި ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެން އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިޝްރާފް ކޮށްފައިވާ ތިމަން ރަސްކަލާންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަހުމަތުން އުންމީދު ކަނޑައި ނުލާށެވެ. ހަމަކަށަވަރުން ﷲ އީ އެންމެހާ ފާފަތަށް ފުއްސަވާ ރަސްކަލާންގެއެވެ. ހަމަކަށަވަރުން އެކަލާންގެއީ ގިނަގިނައިން ފާފަ ފުއްސަވައި ރަހީމުވަންތަ ރަސްކަލާންގެއެވެ." (އައްޒުމަރު 53)

މިފަދަ މެސެޖްތައް އެ ބޯޑުތަކުގައި ލިޔެވަފައިވެއެވެ.