އެންމެ ފަހުވަގުތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ޖެހޭނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދޭންކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ޝަރީފް، އިދިކޮޅު ޕީޕީއެމަށް ނިސްބަތްކޮށް ވިދާޅުވެފައި ވަނީ، ޔާމީން ނޫން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުދޭނެ ކަމަށް އެ ޕާޓީން ބުނަމުން ދިޔަނަމަވެސް ފަހުވަގުތު އެ ޓިކެޓް އެހެން ބޭފުޅަކަށް ދިނުންނޫން ގޮތެއް އެ […]
ޔުމްނާ ޢަލީ
ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މުޅި މަޝްރޫއުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތައް އެއްކޮށް ނިމިފައިވާ ކަމަށް އެ...
އަޙްމަދު ވަހީދު
ވޯލްޑް ވެޓްލޭންޑްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ށ. ފޭދޫ ކުޅީ ސަރަހައްދާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ވޯލްޑް ވެޓްލޭންޑްސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “ކުޅި، ފާ، ޗަސްބިން އިޢާދަކުރަންވީ ވަގުތު” މި އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ފޭދޫ ކުޅީ ސަރަހައްދާއި ޗަސް ބިން […]
އިބްރާހިމް ޚަލީލް
ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވި ކަމާއެކު ކުރިއަށެވެ. އެގޮތުން، ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 32 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ […]
އަޙްމަދު ވަހީދު
ކުނި ނެގުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިފިއެވެ. މާލެ އާއި ވިލިމާލޭގެ އާންމު ސަރަޙައްދުތަކާއި ގެތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މޭޔަރު މުޢިއްޒު ވިދާޅުވީ މިއަދު މިހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ، އެމަސައްކަތާއިގުޅޭ...
މުޙައްމަދު އަފްރާޙް
މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށާއި ދެބައެއްގެ އަރާރުމާއި ހެދި އާއްމުންނަށް އުނދަގޫ ވެގެން ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާ ނެޓް، އާރްއޯއެލް އަދި ސްޓެލްކޯ އިން އެ އޮތޯރިޓީ އާއެކު ބޭއްވި މަޝްވަރާގައެވެ. މި ބައްދަލުކުރުމުގައި ޝަރީފް ވިދާޅުވީ އާންމުން އެއަށް އަމަލުކުރަން ލާޒިމުކުރާ އުސޫލެއް ކައުންސިލަކުން ހެދޭނީ އެލްޖީއޭ އާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް މިކަމުގ...
މުޙައްމަދު އަފްރާޙް
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާދަމާ އޮންނާނެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ. މާދަމާގެ ޖަލްސާ ފެށުމަށް ތާވަލު ކޮށްފައިވަނީ ހެނދުނު 9:00 ޖަހާއިރުއެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާއިރު، މިއީ އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް ދެއްވާ ބަޔާނެކެވެ. ރ...
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެމްޓީސީސީއިން ހޯރަފުށީ އެއާޕޯޓުގެ ޖެޓީގެ މަސައްކަތް ފެށީ 7 ސެޕްްޓެމްބަރު 2022ގައެވެ. މި މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުން ހިމެނެއެވެ. […]
އަޙްމަދު ވަހީދު
ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގަ މައްޗާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މެޑިކަލް އޮފިސަރ ޑރ. ސަމާ އިބްރާހިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅުވައިގެން އާންމުން ހޭލުންތެރިކުރުވުމަށް ކޭއާރްއެޗް އިން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނެސްގެން ބަދަލުކުރެވޭނެ ކަންކަމާއި ބަދަލު ނުކުރެވޭނެ ކ...
މުޙައްމަދު އަފްރާޙް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކޮމްޕޮޒިޝަން ބަދަލުކޮށް ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުދެއްކިއްޔާ މާ ތާހިރުވާނެކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ރޭ މާލޭ އާތިފިޝަލް ބީޗުގައި ބޭއްވި ”ދުއްޕާން” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދ...
ޔުމްނާ ޢަލީ
އޮލިމްޕަހަކީ ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަމްޒްކޮށްދޭ ތަނެއް ކަމުގައި ފަންނާއި ސަޤާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، އޮލިމްޕަސް ސިނަމާ އަލުން ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ޔުމްނާ ވިދާޅުވީ އޮލިމްޕަސް އަލުން ހުޅުވިގެން ދިއުމަކީ ފަންނުވެރިކަން އަލުން ދިރިގެންދާނެ ކަމެއްކަމަށެވެ. މިއީ ސަރަހައްދީ ފެންވަރުގެ ސިނަމާއެއްކަން ފާހަގަކުރައްވާ ވިދާޅުވީ އޮލިމްޕަހަކީ ދިވެހިންގެ ފަނ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ ސިޔާސީ ހަރަކާތްތައް ދެން ނިންމާނީ އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށްފަހުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ރޭ ވަނީ ވެރިރަށްމާލޭގެ އާޓިފިޝަލް ބީޗުގައި ”ދުއްޕާން” ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ގިނަ...
ޔުމްނާ ޢަލީ
ކުރީގެ ޢަދަދާއިގުޅޭ، ” އަހަރެން އުޝާގާތު އަހާނީ އުޝާއަށް އެންމެ ރީތި އެއްޗެއް ލާހިތުން ނެއްނު! އެއީ އެކުއްޖާއަށް ދެއްކެން ވެގެންނެއްނޫން.. އެއީ އުޝާއަށް ދެއްކެން ވެގެން..” ޒައިން އެހެން ބުނެ އުޝާގެ އަތުގައި ހިފާ ދަމައިގަތެވެ. އެހިނދު ބާރުބާރަށް ގޮސް އުޝާ ތަތްވީ ޒައިންގެ މޭގައެވެ. ” ޒައިން!… ” ޒައިންގެ މޭގައި އަޅާ ދުރަށް ކޮއްޕާލަމުން އުޝާ ފަހަތަށް ޖެހިލިއެވެ. އޭރު އުޝާގެ މޫނުމަތީގައި ނުރުހުމުގެ އިތުރުން ހާސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ޒައިން […]
ސަލާމާ ޢަބްދުލް ޢަލީމް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސްއާއި ލިވަޕޫލް ބައްދަލުކުރި މެޗު ތަފާތި ބޮޑު ނަތީޖާއިން ވުލްވްސް ކާމިޔާބު ކުރިއިރު، ރޭ ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ބާރަ މިނެޓްފެ ތެރޭގައި ވުލްވްސް އިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 5 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ދިވެހި ފަންނާނުންގެ އެކި އިވެންޓްތަކާއި، ޝޯވތަކަށް ހާއްސަ، އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލުމަށްފަހު އަލުން ރޭ އެތަން ހުޅުވައިފިއެވެ. އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޙަފްލާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިތަން ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ރ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި އޮތް އާސެނަލުން ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އަތުން ބަލިވެއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. އެވަޓަންގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް ވަކިކޮށް އެ މަގާމަށް ޑައިޝް ހަމަޖައްސާފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އާ ކޯޗާއިއެކު ނުކުމެ އެވަޓަން އިން މި މެޗުގައި ވަނީ […]
އިބްރާހިމް ޚަލީލް
ވޭތުވި 15 އަހަރުގެ ތެރޭގައި 4 ޕާޓީއަކުން 5 ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަން ވެރިކަންކޮށްފައިވާ ކަމަށާއި ނަމަވެސް އެ ވެރިންގެ ސަރުކާރުތަކުގައި ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވާނެކަން ޢިއުލާން ކުރައްވާފައިވާ އުމަރު ރޭ ވަނީ “އާ މިސްރާބަކަށް، އުމަރު 2023″ ގެ ނަމުގައި އޭނާގެ ކެމްޕޭން ލޯންޗްކޮށްފައެވެ. އެކަމަށް މާލޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ […]
ޔުމްނާ ޢަލީ
މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގު 2023” ފުޓްބޯޅަ މުބާރާތުގައި ރިއަލް ސްޓާސް އަދި ޔުނީފޯމް ވެސް އެ ޓީމްތައް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ރިއަލް ސްޓާސްއާއި ފަލްކަން ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސްއެވެ. މި މެޗުގައި ރިއަލް ސްޓާސްއަށް ލަނޑުތައް ޖަހައިދީފައި މުޙައްމަދު އަލީ، ޒަމާއު އަދި އާދަމް އިބްރާހީމެވެ. ފަލްކަން އަށް ލަނޑު ޖަހައިދީފައި ވަނީ ސަލްވާން […]
އިބްރާހިމް ޚަލީލް