މޫދު ހަަރަކާތްތައް ހިންގުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ސަރުކާރުން ރިސޯޓުތަަކަށް އަންގައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ފޮނުވި ސަރކިއުލަރއެއްގައި ވަނީ މޫދު ހަރަކާތްތަކުގެ ތެރެއިން ހާދިސާތައް ހިނގުން ފަހަކަށް އައިސް އިތުރުވެފައި ވާތީ، ފެތުމާއި ސްނޯކްލިންގ އަދި ޑައިވް ކުރުމާއި އެހެންވެސް އެ ފަދަ ހަރަކާތްތައް ހިންގާއިރު ރައްކާތެރިކަމުގެ ފިޔަަވަޅުތައް ހަރުދަނާ ކުރަން ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން ޓޫރިސ...
މުޙައްމަދު އަފްރާޙް
މި އަހަރުގެ ރަމަޟާން މަހު ސަރުކާރުގެ އޮފީސްތައް ހުޅުވާ ގަޑި އާންމުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ވެސް ސަރުކާރުން ރަސްމީ މަސައްކަތްތައް ކުރާނީ ހަތަރު ގަޑިއިރަށް ކަމަށެވެ. އެގޮތުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ވަނީ ނިންމާފައެވެ. ފައިބެއަހަރު ގެ ރަމަޟާން މަހު ވެސް ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ހަމަޖައްސާފައިވަނީ މިގޮތަށެވެ. ކޮންމެ […]
މުޙައްމަދު އަފްރާޙް
“ރިހި އައްސޭރި 2023” ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށްގެންގޮސްފިއެވެ. މިއީ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ) އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސް އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ. މިއީ ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ. މި މާރިޗު މަހުގެ 12 އިން 13 އަށް މާލެ ސަރަހައްދުގައި ބޭއްވި މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެން.ޓީ.އާރ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ތަޢުލީމީ ނިޒާމް މުޅިން ބަދަލުކޮށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުއްޖާ ސްކޫލަށް ގެންގޮސް ގެންނަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ނުއިވޭ އަޑުތައް” މި ނަމުގައި އެ ޕާޓީން ރޭ ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. “އުފާވެރި ޒުވާނާ”ގެ ނަމުގައި ބޭއްވުނު މި ފޯރަމްގައި ނާޒިމް […]
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ. މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ މިއަދު އެވެ. މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން މިއަދުވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވެސް ނިންމަވާފަ އެވެ. ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޖޭޕީ އަށް އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި ކ...
އަލީ އާދިލް
1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށަހަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށެވެ. ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ޙައްޖަށް މީހުން […]
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން އެ މަނިކުފާނުގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވަނީ އިއްވައިފަ އެވެ. އެ މައްސަލާގައި ލޯންޑާކުރި 3.4 […]
ހުސައިން ހަބީބް
ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތު އެއްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ހޯދުންތައް ހިއްޞާކުރުމަށް ނޫރާއްޖެއިން އާންމުކޮށް ހުޅުވާލައިގެން ސެޝަންއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ސެޝަން ބާއްވާނީ މާރިޗު 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މާލެ ކެމްޕަހުގައެވެ. މި ސެޝަންގައި އޯޝަން ޔޫސް ސާރވޭގެ ޒަރިއްޔާއިން ދިވެހިން ކަނޑުފަޅުތައް އަގުކޮށް ބޭނުންކުރާގޮތާއި ގުޅޭ އައު މައުލޫމާތުތައް ހިއްޞާކުރެވޭނެއެވެ. އަދި ބައި...
މުޙައްމަދު އަފްރާޙް
ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ސިނަމާގެ ބްރިޖްމަތީ އެއާޕޯޓާ ވީކޮޅުގައިވާ ޓްރެފިކް ލައިޓްގެ ކައިރީގައި މިއަދު ހެނދުނުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބްރިޖު އެއަރޕޯޓު ލައިޓު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު ހެނދުނު 7:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ...
މުޙައްމަދު އަފްރާޙް
ގދ. ފަރެސްމާތޮޑާ ގެ އާ އިންޖީނުގެއިން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި މިހާތަނަށް ހިދުމަތް ދެމުން އައީ 22 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެއިންނެވެ. ނަމަވެސް އެ އިންޖީނުގެ ހުއްޓާލައި މިހާރު ވަނީ އާ އިންޖީނުގެއަށް ހިދުމަތްތައް ބަދަލު ކޮށްފައެވެ. ފަރެސްމާތޮޑާގައި 22 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އާ އިންޖީނުގޭގައި 4...
އަޙްމަދު ވަހީދު
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގައި އިއްޔެ ކުޅުން ހިޔަލައާއި އުންމީދުން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ އުންމީދާއި ބެއާފޫޓެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދުންނެވެ. މި މެޗުގެ ސެޓްތައް އުންމީދު ޓީމުން ގެންގޮސްފައި ވަނީ 25/11، 17/25، […]
އިބްރާހިމް ޚަލީލް
މިރޭ މާލޭގެ އިމާރާތަކުން ވެއްޓި ނިޔާވި އަންހެން މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. މާލޭގެ ހެންވޭރު އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ. ފުލުހުންގެ ސްޕޯކް ޕާސަން މިރޭ މީޑިއާތަކަށް...
ޔުމްނާ ޢަލީ
“އެމްޓީސީސީ ރޯދަ ޕްރޮމޯ” ފަށައިފިއެވެ. އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި އެ ކުންފުނިން ވިއްކާ އިންޖީނުތަކުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އެގޮތުން ޔަންމާ އިންޖީނާއި ސުޒުކީ އިންޖީނުން ޑިސްކައުންޓު ލިބޭއިރު، ސްކޮޓް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް އިން ވެސް ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ކާސްޓްރޯލް ލުބްރިކަންޓްސް އާއި ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް އިން ވެސް ޑިސްކައުންޓު […]
މުޙައްމަދު އަފްރާޙް
ރާއްޖެއަކީ “ފޫހި މަންޒިލެއް” ކަމަށް ވިދާޅުވެ، ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ، ވާހަކަ ދެއްކެވުން ފާޑުކިޔުންތައް އަމާޒު ވުމުން އެންމެފަހުން އޭނާ ރާއްޖޭގެ ކިބައިން މައާފަށް އެދިއްޖެއެވެ. އޭނާ މައާފަށް އެދުނީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން އައިޓީބީ ބާލިން ފެއާރގައި ދައްކަވާފައިވާ ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ. އެ ފެއާރގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރ...
މުޙައްމަދު އަފްރާޙް
ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ. ގައުމީ އެއަރަލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 5:05 ހާއިރު އެވެ. މިއީ މި ސަރުކާރުން ނޮވެމްބަރު 2020 ގައި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މާރިޗު މަހުގެ 15 ވާ ބުދަ ދުވަހު ކަމަށާއި އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހު ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ފެމިލީ ކޯޓުގައި މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފިއެވެ. ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 9 ން މެންދުރު 12:30 އަށް ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. […]
މުޙައްމަދު އަފްރާޙް
މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި އަންހެނެކެވެ. މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލް ލިބޭގޮތެއް އަދި ނުވެއެވެ.
ޔުމްނާ ޢަލީ
މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ދިވެހި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މީހަކު ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ އިމާރާތަކުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. ”ފުލުހުން ދަނީ ސީނުގައި ހަރަކާތްތެރިވަމުން” ފުލުހުން ވިދާޅުވިއެވެ. ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބުނު ވަރަކުން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މާލޭގެ ގެއަކުން މިރޭ މީހަކު ވެއްޓުނު އިރު، ރޭ ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ރޭގެ ހާދިސާ […...
ޔުމްނާ ޢަލީ