ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ސަރުކާރުން އެރަށުގައި ތަރައްގީކުރި “ފަރެސްމާތޮޑާ އެއަރޕޯޓު” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއީ ހުވަދުއަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރީގެ އުންމީދުގައި ތިބި ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފަދަ ފަރާތްތަކަށް މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންވެ، ލަސްނުކުރައްވ...
މުޙައްމަދު އަފްރާޙް
ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބީސީއެމް އިން ބުނީ ފައިސާގެ އެހީތެރިކަން ފޮރުކޮށްދިނުމަށް، މާލޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައި ހާއްސަ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އަދި ގާތްގަޑަކަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން 46،327 ރުފިޔާ، ހަދިޔާކޮށްފައިވާ ކަމަށް ބުނެއެވެ. ޕާކިސްތާން ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅު...
މުޙައްމަދު އަފްރާޙް
ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވާއިރު، ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މި މާރިޗު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 3:45 ގައެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ. މި މަހުގެ 16 […]
މުޙައްމަދު އަފްރާޙް
ތިލަފުށި ފޭސް 2ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެޗްޑީސީން ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރ ޕްލޭން އެކުލަވާލެވި ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން […]
އަޙްމަދު ވަހީދު
މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ގޮތް އެނގޭ ކަމަށާއި، ވުމާއެކު އޭނާ ގެނައީ އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށް ސިޓީއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ އިތުބާރު ފޯވާޑް އާލިން ބްރައުޓް ހާލަންޑް ބުނެފިއެވެ. ރޭ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ސިޓީން ލައިޕްޒިގް ކޮޅަށް ހަތް ލަނޑު ޖަހައި ފަސޭހަކަމާއިއެކު މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ހަތްލަނޑުގެ ތެރެއިން ފަސް […]
އިބްރާހިމް ޚަލީލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާލި ފުރުސަތެކެވެ. މި ފުރުސަތު އެ ބޭންކުން ހުޅުވާލާފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށެވެ. އެގޮތުން ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓުތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕ...
އަޙްމަދު ވަހީދު
ގާނޫނީ އަދަދު ހަމަނުވާތީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީޕާޓީގެ ޤާނޫނު ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެ ދެ ޕާޓީއަށް ދެވުނު 3 މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި ދެ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި މި ސެންޓަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވި ސެންޓަރެކެވެ. މިއީ އެ ކުންފުނީގެ “ސްމާޓްކޮމް” ބްރޭންޑުގެ ދަށުން ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ. އެޗްޑީސީން ބުނީ މި ކޮންޓެއިނާ ޑޭޓާ ސެންޓަރުން އަހަރެއްގެ މައްޗަށް 99.982 އިންސައްތަ އަޕް ޓައިމް ނުވަތަ ޚިދުމަތް މެދުނުކެނޑީ ލިބެންހުންނަ ވަގުތު [...
އަޙްމަދު ވަހީދު
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ އާޖެންޓީނާ ފޯވާޑް އަލްހަންދްރޯ ގަނާޗޯއަށް އަނިޔާވެ ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އޭނާގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވީ މެޗުގައެވެ. އެ މެޗުގައި އޭނާ ކުޅެން ނުކުމެފައި ވަނީ 73 ވަނަ މިނެޓުގައި ސަންޗޯގެ ބަދަލުގައެވެ. ކުޅެން ނުކުތްތާ އަށް މިނެޓް ފަހުން އޭނާއަށް އަނިޔާވީ ބޯޅަ ހިފައިގެން ސައުތެމްޓަންގެ […]
އިބްރާހިމް ޚަލީލް
ހދ. ކުޅުދުއްފުށި ސިޓީ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، 4 މީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ 3 ސައިކަލެއް ޖެހިގެންނެވެ. އަދި އެކިވަރުގެ އަނިޔާ ލިބިގެން 4 މީހަކަށް ފަރުވާދެމުން އަންނަކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން 5 މީހަކު ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުން ގެނައީ މިއަދު 11:10 އާއި […]
މުޙައްމަދު އަފްރާޙް
ރަމަޟާން މަހުގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެދި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ. އޭނާ ހުށަހަޅުއްވާފައިވާ މައްސަލައިގާ ވަނީ ރަމަޟާން މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލޭ ކަމަށެވެ. އަދި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ކަމަށެވެ. އެހެންވެ، ރަމަޟާން މަހުގެ އިނާޔަތް 3000 ރުފިޔާއަށް ވުރެ، ބޮޑުކޮށްދިނުމަށާއި ރަމ...
މުޙައްމަދު އަފްރާޙް
ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު އާންމު ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް އެ މިނިސްޓްރީން […]
އިބްރާހިމް ޚަލީލް
މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަންނަ މެއި މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ތަކުރާރުކުރައްވާފައެވެ. ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން،...
މުޙައްމަދު އަފްރާޙް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގެ މެޗުގައި ރޭ މެންޗެސްޓާ ސިޓީއާއި ލައިޕްޒިގް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ކުޅުނު ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ލައިޕްޒިގްގެ ދަނޑުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ރޭގެ މެޗު ކާމިޔާބު ކޮށްގެން ކުއާޓާއިން ޖާގަ ހޯދުމުގެ ހަމަހަމަ ފުރުޞަތު ދެ ޓީމަށް ވެސް […]
އިބްރާހިމް ޚަލީލް
ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ހޯދައި ދެނެގަނެވިދާނެއެވެ. އެއީ ތާރީޚުގައި ޤައުމު ދެކެ ލޯބިވާކަން ސާބިތުކޮށްދީފައިވާ ޤައުމީ ބަޠަލުންނާއި، ޤައުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ޚިދުމަތްތެރިންނާއި ޤައުމަށް ޓަކައި ޤުރުބާންވެފައިވާ ފިދާޢީންގެ ސިފަތަކެވެ. ދިވެހީންނަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ މިނިވަންކަމުގެ ދިގު ތާރީޚެއް އޮތް ބަޔަކަށް ވީ ހިނދު، މި ޤައުމުގެ ފަސްގަނޑުން ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ހޯދާކ...
ޢަބްދުﷲ ސަޢީދު
ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ. އިއްޔެ ހިދުމަތް ދޭން ފެށުނު މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މިއަދު ފެށުނު ހިދުމަތާއެކު، މިވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމްކޮށްފައ...
އިބްރާހިމް އަސްވާޤް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ގްރޫޕް ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ހިޔަލަ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރުގެ ފަހު މެޗުތައް މިއަދާއި މިރޭ ކުޅެފައިވާއިރު، މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫޙް އާއި ބެއާފޫޓެވެ. ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު 3 […]
އިބްރާހިމް ޚަލީލް
ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 37 އިންސައްތަ މިހާރު ފުރިހަމަކުރެވިފަައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދ...
އަޙްމަދު ވަހީދު