މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ދިވެހި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މީހަކު ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ އިމާރާތަކުންނެވެ.

Ad
rt

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ.

''ފުލުހުން ދަނީ ސީނުގައި ހަރަކާތްތެރިވަމުން'' ފުލުހުން ވިދާޅުވިއެވެ.

ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބުނު ވަރަކުން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލޭގެ ގެއަކުން މިރޭ މީހަކު ވެއްޓުނު އިރު، ރޭ ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ރޭގެ ހާދިސާ ވެސް ހިނގީ ހެންވޭރު ގެއެއްގަ އެވެ.

މި ހާދިސާގައި ހެންވޭރު އެސްފީވިލާގެ 5 ވަނަ ފަންގި ފިލާއިން ވެއްޓުނީ 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭޑީކޭ ހޮސްލިޓަލްގައި މި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ ވަނީ ނިޔާވެފައެވެ.