މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި އަންހެނެކެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލް ލިބޭގޮތެއް އަދި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!