އިސްލާމިކް މިނިސްޓްރީން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ.

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބުނުކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައެވެ.

Ad
rt

އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން އޮތީ ފުވައްމުލަކު ސިޓީގައި ބޭއްވި މި ފޯރަމްގައެވެ. މިއީ މިއަހަރުގެ އަތޮޅު އެންމެ ފަހު އިހްޔާ ފޯރަމް ވެސް މެއެވެ.

އަތޮޅު ފޯރަމްގެ 1 ވަނަ ހޯރަފުއްޓަށް ލިބުނުއިރު، 2 ވަނަ އަދި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށެވެ.

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ, 2 ވަނަ، އަދި 3 ވަނައަަށް ހޮވުނު ފަރާތްތަކާއި ދިން އިނާމު:

  • 1 ވަނަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރު
  • 2 ވަނަ، އުރީދޫން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13
  • 3 ވަނަ، ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް

މިއަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ފުވައްމުލަކު ސިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީވަނީ މިފަދަ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިނިސްޓްރީން މި ފޯރަމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށްވެސް ޝުކުރުއަދާކުރެއްވިއެވެ.

މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިޙްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ރ.ދުވާފަރު، ޅ. ނައިފަރު، އަދި ގދ. ތިނަދޫ އެވެ.