”ހަސަން ކުރުސީ”ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ. މިއީ ‘ހަސަން ކުރުސީ’ ގެ ނަމުގައި ހިންގާ ޓުވިޓަ އެކައުންޓަކީ ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތައް އޮޅުންތަކެއް އަރައި، އެކަމުގެ ސަބަބުން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އިންތިހާއަށް ގެއްލުންވާތީ ހުށަހެޅުއްވި ސިޓީއެކެވެ. އެހެންކަމުން ނަޝީދު އެދިވަޑައިގެންފައިވަނީ ދިވެހި ފުލުހުންގެ ހިދު...
މުޙައްމަދު އަފްރާޙް
ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 19،780 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގ...
އަޙްމަދު ވަހީދު
1444ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިޢުލާންކުރާއިރު ޓީވީ/ ރޭޑިއޯއިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ލައިވް ވެސް ކުރާނެއެވެ. ޝައްވާލުމަހުގެ ހަނދު ސާބ...
ޔުމްނާ ޢަލީ
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ނިންމައިފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓާއި ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރަނީ ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި ކްރިކް ރިޒާ މެދުވެރިކޮށް ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވަ...
ހުސައިން ހަބީބް
ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 300 މީޓަރުގެ ބޭރުތޮށި ލުމާއި 40 މީޓަރުގެ...
އަޙްމަދު ވަހީދު
ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން، ގޭގައި ތިބެގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ ފަހިކޮށްދީފައެވެ. މިއަދަކީ ފިތުރު ޒަކާތް ދައްކާ އެންމެ ފަހު ދުވަހަށް ވާއިރު އެމް ފައިސާއިން ފަސޭހަ ކަމާއެކު ޒަކާތް ދައްކާލެވޭނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދައްކަން އެމް-ފައިސާ އަށް ލޮގިން ކުރުމަށްފަހު http://ore.do/zakat ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިޚްތިޔާރުކޮށް، ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަކޮށް، އެމް-ފައިސާ ޙިޔާރު ކ...
އަޙްމަދު ވަހީދު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ. އެސްޓީއޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އަބްދުالله މުހައްމަދެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވަނީ އެސްޓީއޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެނ...
މުޙައްމަދު އަފްރާޙް
އަރަބިއްޔާ ސްކޫލްގެ ދަރިވަރުުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާކުރުމުން ސްކޫލަށް ދިޔުމުގެ ހައްގުން ކުދިން މަހްރޫމް ކޮށްފައިވާ ކަަމަށް ބުނެ، ބައެއް ބެލެނިވެރިންގެ ފަރާތުން ވަގުތީ އަމުރެއް ހޯދަން ކޯޓަށް ހުށަހެޅި ދައުވާގައި ސީރިއަސް ނުކުތާއެއް ނެތް ކަމަށް ބުނެ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ. ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް […]
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން […]
އިބްރާހިމް ޚަލީލް
ކ. ހުރާގައި މިހާރުކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އަންހެން ޑިވިޜަންގެ ސެމީއަށް ހިންމަފުށި ދަތުރުކޮށްފިއެވެ. މި މެޗުގައި ބައްދަލުކުރީ މިމުބާރާތުގެ އަންހެން ޑިވިޜަންގެ ރަށުން ބޭރަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ ހިންމަފުށީގެ އަންހެން ޓީމާއި ތުލުސްދޫގެ އަންހެން ޓީމެވެ. މި މެޗަކީ މޮޅުވާ ޓީމެއް ސެމީފައިނަލަށް އަދި ބަލިވާ ޓީމެއް މުބާރާތާ ވަކިވެގެންދާ ގޮތަށް އިން މެޗަކަށް ވާތީ ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިއައެވެ. މެޗުފެށިގެން ވަރަށް ވާދަވެރި، […]
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ކުރިއަށް އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ. ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، މި މަހު 19 ވަނަ ދުވަހު އޮންނަ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ […]
އިބްރާހިމް ޚަލީލް
ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ވިދާޅުވީ، ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝަނާ ފާރޫޤްއެވެ. އަދި ހެވީ ފޯސް ޕ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވާހަކަ ނުދައްކަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިހެން ބުނީ އޮންލައިން ނޫހުގައި، “ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި” ކަމަށް، އިދިކޮޅުގެ ވަގުތީ ލީޑަރު، އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވާކަމަށް ގެނެސްދީފައިވާ ވާހަކައާއިގުޅިގެންނެވެ. ޕީޖީ އޮފީހުން ވިދާ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ. މިއީ ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ބާއްވާ އިވެންޓެކެވެ. ހައިރައިޒުން ބުނީ މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 29 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި އިވެންޓު އޮންނާނި ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ. މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ […]
މުޙައްމަދު އަފްރާޙް
ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. ފައްޔާޟު ވިދާޅުވީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވަމުން އަންނަކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. “އެމްޑީޕީއަކީ އަބަދުވެސް...
މުޙައްމަދު އަފްރާޙް
ހުޅުމާލޭ ހޮސްޕިޓަލުން ޑައިލެސިސްގެ ޚިދުމަތް 24 ގަޑިއިރު ދޭން ފަށައިފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ މިގޮތަށް ނިންމީ ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކަމަށެވެ. ޑައިލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ޚިދުމަތެއް ކަމަށާއި ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިދާއިރާ ފުޅާކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީ...
މުޙައްމަދު އަފްރާޙް
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަޢުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސަޢުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށ...
މުޙައްމަދު އަފްރާޙް
ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް މި މަހު ބާއްވަން ނިންމާފައިވާކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ މިއީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 28 ން 30 އަށް ކަމަށެވެ. މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެ ވަޑައިގަ...
މުޙައްމަދު އަފްރާޙް