މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1044 ވަނަ ޞަފްޙާ

ޔޫއޭއީ ގައި އޮންނަ ''އެލެން ތޮންގް ކޮފީ ޕޮޓް ޗެލެންޖު'' ގައި ރާއްޖޭގެ ޒުވާން ޝެފުންތަކެއް ބައިވެރިވަނީ

ޔޫއޭއީ ގައި އޮންނަ ''އެލެން ތޮންގް ކޮފީ ޕޮޓް ޗެލެންޖު'' ގައި ރާއްޖޭގެ ޒުވާން ޝެފުންތަކެއް ބައިވެރިވަނީ

ޔޫއޭއީ ގައި އޮންނަ މުބާރާތެއްގައި ރާއްޖޭގެ ޒުވާން 6 ޝެފުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރާއްޖޭގެ ޝެފުންގެ ގައުމީ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނީ ރާއްޖޭގެ ޒުވާން ޝެފުން ބައިވެރިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް ސެލޮން ކަލިނެއާ މުބާރާތުގެ ތެރެއިން ބާއްވާ އެލެން ތޮންގް ގޯލްޑެން ކޮފީ ވިތް ޕޮޓް ޗެލެންޖު 2023 ގައި ކަމަށެވެ. މި މެއި މަހުގެ 29 ން 31 ގެ ނިޔަލަށް މި މުބާރާތް އޮންނާނީ […]

މުޙައްމަދު އަފްރާޙް
ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތަކަށް ފެސިލިޓޭޓަރުން ތަމްރީނުކޮށްފި

ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތަކަށް ފެސިލިޓޭޓަރުން ތަމްރީނުކޮށްފި

އަތޮޅުތެރޭގައި ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތައް ފެސިލިޓޭޓަރުން ތަމްރީނުކޮށްފިއެވެ. ޖެންޑަރ މިނިސްޓްރީން ބުނީި މިއީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ކަމަށެވެ. މިފަދަ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިހައިތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕްރޮގްރާމް ހިންގައި، 358 މީހުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބ...

މުޙައްމަދު އަފްރާޙް
ވުލްވްސް ބަލިކޮށް ޔުނައިޓެޑުން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި

ވުލްވްސް ބަލިކޮށް ޔުނައިޓެޑުން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ގަދަހަތަރެއްގެ އުންމީދު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. މިރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މާޝިއަލްއެވެ. ބްރޫނޯ ފެނާންޑޭޒް ވުލްވްސްގެ އޭރިއާތެރެއިން ހުސްކޮށްލާފައި އެންތަނީއަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މެދުގައި ހުހަސްހުރި މާޝިއަލްއަށް ކުޅެލާފ...

އިބްރާހިމް ޚަލީލް
އެމްއެންޕީގެ ވެރިކަމެއްގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރާނަން: ނާޒިމް

އެމްއެންޕީގެ ވެރިކަމެއްގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ. ގަން، މުކުރިމަގުގައި އެ ޕާޓީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ލ. ގަމު ދާއިރާގެ ރައްޔިތު...

މުޙައްމަދު އަފްރާޙް
ޝަވަންގެ ހުވަފެން ހަގީގަތަކަށް!

ޝަވަންގެ ހުވަފެން ހަގީގަތަކަށް!

ހދ. މަކުނުދޫ އަހުމަދު ޝަވަންގެ ހުވަފެން ހަގީގަތަކަށްވެ، ޕްރޮސްތެޓިކް ފަޔެއް ޖެހުމުގެ ނަސީބު ލިބިއްޖެއެވެ. މިކަމާއިގުޅިގެން ޝަވަންގެ މަންމަ އައިޝަތު ވިޝާ “ތިލަދުން” އަށް ބުނީ މިއީ ލިބުނު ވަރަށްބޮޑު އުފަލެެއް ކަމަށާއި މިއީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެން ދެކެމުން އައި ހުވަނެއް ކަމަށެވެ. އަދި މިކަމަށްޓަކައި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ. “ވަރަށް އުފާވޭ މިއަދު، ދަރިފުޅަށް ފައެއް ޖެހޭނެ ދުވަހެއް ފެނުމަކީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެންވެސް ކުރަމުން އައި އުއްމީދެއް. އަދި...

މުޙައްމަދު އަފްރާޙް
ފިއްލަދޫ ބަނދަރު ސަރަހައްދުން 18 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ފިއްލަދޫ ބަނދަރު ސަރަހައްދުން 18 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހއ. ފިއްލަދޫގެ ބަނދަރު ސަރަހައްދުން ސިނާއީ މަސައްކަތް ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ދޫކުރަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން 10000 އަކަފޫޓުގެ 18 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ 5 އަހަރުގެ މުއްދަތަށް ދޫކުރާ ވަގުތީ ބިންތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އެ ބިންތަކުގައި ކުރެވޭނީ ހަމައެކަނި ތަކެތި ގުދަންކުރުމުގެ މަސައްކަތާއި ޤަރާޖު، ވޯކޮޝޮސޮޕް ފަދަ މަސައްކަތް ކަމަށް ވެސް ބުނެފައި ވެއެވެ. މިކަމަށް ޝަޢުޤުވެރިވާ […]

މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ، ހަސަން ޖަމީލް ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ މާލެއިންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ. އޭނާ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ އާއިލާއިން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމު...

ޔުމްނާ ޢަލީ
ކުޅުދުއްފުށި އެއާޕޯޓުގައި ނައިޓް ލޭންޑިންގެ ޚިދުމަތް ފަށަން ޓެސްޓް ފްލައިޓު ކާމިޔާބު!

ކުޅުދުއްފުށި އެއާޕޯޓުގައި ނައިޓް ލޭންޑިންގެ ޚިދުމަތް ފަށަން ޓެސްޓް ފްލައިޓު ކާމިޔާބު!

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލޓޑ (އާރް.އޭ.ސީ.އެލް) އިން ހިންގަމުންގެންދާ ކުޅުދުއްފުށި އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކޮށް، އެ ހިދުމަތް ރަސްމީކޮށް ފެށުމަށް އަޅަންޖެހޭ ޓެސްޓް ފްލައިޓު ކާމިޔާބުކަމާއިއެކު ޖައްސައިފިއެވެ. ޓެސްޓް ފަލައިޓް ޖައްސާފައިވަނީ ރޭގައެވެ. ނައިޓްލޭންޑިންގެ ހިދުމަތާއެކު ކުޅުދުއްފުށި އައާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް 24 ގަނޑިއިރަށް ބަދަލުވެގެން ދާނެއެވެ. މިއީ ކުޅުދޫފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވިގެންދިއަ ވަރަށް ބޮޑު މަސައްކަތެ...

އަޙްމަދު ވަހީދު
ހޯރަފުށީ ކައުންސިލުން ހެއްދުމުގެ މަސައްކަތް ފެށި އަނބު ދަނޑަކާއި ރުއްގަނޑަށް ގެއްލުންދީފި

ހޯރަފުށީ ކައުންސިލުން ހެއްދުމުގެ މަސައްކަތް ފެށި އަނބު ދަނޑަކާއި ރުއްގަނޑަށް ގެއްލުންދީފި

ހއ. ހޯރަފުށީ ކައުންސިލުން އެރަށުގައި އަނބު ފާމަކާއި ރުއްގަނޑެއް ހެއްދުމުގެ ގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވަނިކޮށް، އެ އަނބުފާމާއި ކުރުނބާ ރުއްގަނޑުގައި އިއްޔެ އިންދި ގަސްތަކަކާއި ރުއްތަކަކަށް ބަޔަކު ގެއްލުންދީފިއެވެ. މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ. އަނބުފާމާއި ރުއްގަނޑުގެ މަސައްކަތް ފެށީ ޒަމާނުއްސުރެ އެ ރަށުގައި އޮތް ބޮޑު ކުނި […]

ޔުމްނާ ޢަލީ
މެރާކީ ގެ ކޮފީ ކެޕްސޫލް މިހާރު މޫލީން

މެރާކީ ގެ ކޮފީ ކެޕްސޫލް މިހާރު މޫލީން

މެރާކީ ކޮފީ ރޯސްޓާސްއިން އުފައްދާ ދިވެހިރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް އިއްޔެ ލޯންޗުކޮށްފިއެވެ. އަމިއްލައަށް ނެތިފަނާވާ މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ މި ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެކެވެ. މި ކެޕްސޫލް ހެޔޮއަގުގައި ލިބެން ހުންނަިއރު މިހާރު ކި މިކެޕްސޫލް އުރީދޫ މޯލްޑިވްސް ގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ލިބޭނެއެވެ. އުރީދޫއިމް ބުނީ މޫލީ މެދުވެރިކޮށް މިހާރު ކޮން...

އަޙްމަދު ވަހީދު
އެމްޓީސީސީއަށް މިދިޔަ އަހަރު ރެކޯޑު އާމްދަނީއެއް

އެމްޓީސީސީއަށް މިދިޔަ އަހަރު ރެކޯޑު އާމްދަނީއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ރެކޯޑު އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ. އެމްޓީސީސީން ބުރާސްފަތި ދުވަހު އާއްމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް […]

އަޙްމަދު ވަހީދު
ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް: އިމްރާން

ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް: އިމްރާން

ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް ކަމަށް ރާއްޖޭގެ ދާޚިލީ ވަޒީރު، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކުޑަތަންވަމުން އަންނައިރު، އިމްރާން އާއި އަދާލަތުގެ ތާއީދު ދީފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށެވެ. އަދި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ދިނުމަށްޓަކައި އެ ޕާޓީން ވަނީ ކެމްޕޭން މެނޭޖަރެއް ހަމަޖައްސާ، ކެމްޕޭން ކޮމެޓީ އެއް ވެސް […]

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ކުރުނބާ ރުއްގަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި

ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ކުރުނބާ ރުއްގަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި

ހޯރަފުށީ ކައުންސިލްގެ އަނބު ފާމް އާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލުގެ ފަރާތުން އެ ރަށުގައި އަނބު ފާމެއް ގާއިމުކޮށް، ރުއް ގަނޑެއް ހެއްދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ. މި އަނބު ފާމް […]

ޙުސައިން ޝަހުދީ
މެލޭޝިޔާގެ ބަޓިކް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

މެލޭޝިޔާގެ ބަޓިކް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ 8:30 ގައި ޖައްސާފައިވާއިރު، ބޯޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓަރ ސެލިއުޓްއަކުންނެވެ. ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ. ބަޓިކް އެއާއިން ރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާއިރު، މިދަތުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި ސީދާ ރާއްޖެއާއި...

މުޙައްމަދު އަފްރާޙް
މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފި

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބިދާޅުވީ، އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްފެ ދަށުން މި މެއި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. މެމްބަރު […]

މުޙައްމަދު އަފްރާޙް
އިހަވަންދޫ ''ސާކް'' އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

އިހަވަންދޫ ''ސާކް'' އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އެ ކުލަބުން ބުނީ މި ފުރުސަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. “ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު” ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. ހއ. ހދ އަދި ށ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތާއިގުޅޭ ގޮތުން ސާކް ގެ […]

މުޙައްމަދު އަފްރާޙް
ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މެއި 2 ވަނަ ދުވަހު ހުޅުމާލެ ފޭސް ދެއެއްގެ ނިރޮޅު މަގުގައެވެ. މި އެކްސިޑެންޓާގުޅިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެދުވަހުގެ 15:17 ހާއިރުއެވެ. މިއެކްސިޑެންޓްގައި 20 އަހަރުގެ ޒުވާނަކަށް އަނިޔާވެ، ފަރުވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެތަނުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރިއެވެ. އޭނާ ނިޔާވީ އައިޖީއެމް...

ޔުމްނާ ޢަލީ
ނެޕީގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

ނެޕީގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

ނެޕީއެއް ޖަހައިގެން އޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އަންނަން ފުރަންގޮސްހުރި ދިވެހި ފިރިހެނަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފި އެވެ. އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ނެޕީއެއް ޖަހައިގެން އޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. ހުކުރު ދުވަހު ހެނދުނު 9 ޖަހާކަށްހާއިރު ހައްޔަރުކުރި މި ދިވެހި މީހ...

ޔުމްނާ ޢަލީ