ސްޓޯރީޓެލާސް ކޮންފަރެންސްގެ އިންޓަނޭޝަނަލް ސްޕީކާ ލައިނަޕް އާއި ބައިވެރިން ދަތުރުކުރާ 8 ސަރަހައްދު ހާމަކޮށްފިއެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތްދިހަ އަށްވުރެ ގިނަ ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. އަދި މި ދަތުރުތަކުގައި ރާއްޖޭގެ ތަފާތު އަށް ސަރަހައްދަކަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ. އެ ސަރަހައްދުތަކުގެ ޚާއްޞަ ސިފަތަކާއި ރީތިކަން، އަދި އެ ސަރަހައްދުތަކުގައި ބައިވެރިވެވެން ހުރި ތަފާތު ހ...
މުޙައްމަދު އަފްރާޙް
އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވަމުން ގެންދެވި މުހައްމަދު އަންސާރު މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ‘ތިލަދުން’ އަށް ވިދާޅުވީ ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކުރެވިފައި ކަމަށާއި ވަކިވަކި ބޭފުޅުންގެ ނަންތައް ދަންނަވަން ދަތި ކަމަށެވެ. މިއުވާން ވިދާޅުވީ އެބޭފުޅުން އައްޔަން ކުރެއްވީ އެމްޑީޕީގެ ސްލޮޓިގައި ކަމަށާއި އަދި އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އެމްޑީޕީގެ ބޭފުޅުން ނޫން ކަމަށް އެ ޕާޓީން އަންގާފައިވާ ކަމަށެވެ. “...
މުޙައްމަދު އަފްރާޙް
މުހައްމަދު ރަޝީދޭ ބުނެފިނަމަ، ނޭނގިދާނެއެވެ. ނުވަތަ އެމްއެންޑީއެފް ގައި އުޅޭ މުހައްމަދު ރަޝީދު ނުވަތަ މޯޑޭ ބުނީމަވެސް ނޭނގުން އެކަށީގެން ވެއެވެ. އެހެންނަމަވެސް “ރަނިން މޯޑު” އެއީ ކާކުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ޚާއްސަކޮށް އެތްލެޓިކްސް ނުވަތަ ދުވުމުގެ ފަންނުގައި އުޅޭ މީހުންނަށް އެއީ ދެކިފަރިތަ މޫނެކެވެ. އަބަދު ވެސް އިވޭ އަޑެކެވެ. ދުވުމުގައި ކޮންމެ ދުވަހަކު ވެސް ބައްދަލުވާނެ ފަރާތެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދުވެ، ރާއްޖެއަށް ރީތިނަން ހޯދައިދީ ރާއްޖޭގެ ބައެއް ރެކޯޑުތައް […]
މުޙައްމަދު އަފްރާޙް
ސައުދީ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް ރިޔާދު ޓްރެވަލް ފެއަރ (އާރޓީއެފް) ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ބައިވެރިވެއްޖެއެވެ. ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ، ކަމަށްވާ އާރްޓީއެފް މޭ 22 އިން 24 ގެ ނިޔަލަށް ކުރިއަށް ދިޔައިރު، މި ފެއަރގައި އެމްއެމްޕީއާރުސީ އާއެކު 15 ކުންފުންޏެއް ތަމްސީލުކުރާ 26 އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. މި ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ މަގުސަދަކީ ސައުދީ މާކެޓުގައ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފިޔަވައި ސިޔާސީ ފަރާތްތަކާއެކު ވީވަޢުދު ފުއްދުނު ވެރިއެއް ނެތް ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސާލިޙުގެ ސަރުކާރުގައި ނޫނީ ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ދެމެހެއްޓުނު ދައުރެއް ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނު ފަހުން ވެސް ނާންނަ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރު އޮތް ކޯލިޝަނާއި،...
މުޙައްމަދު އަފްރާޙް
ފޯއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެ ޒުވާނަކަށް ފުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ރޭ 23:25 ހާއިރު އެ އިދާރާއަށް ލިބިފައިވެއެވެ. މި އެކްސިޑެންޓަކީ ދެ ސައިލް މުޑިއަރައިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓްގައި އުމުރުން 18 އަހަރޔެ ޒުވާނަކަށާއި 19 އަހަރުގެ ޒުވާނަކަށް އަނިޔާލިބިފައިވާއިރު، މި ދެ ޒުވާނުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ދަރިފުޅު ދާންވީނު ޒައިން ކައިރިއަށް ވަދެލަން.. ބައެއް ފަހަރު ވަރަށް ރުޅިވެސް ގަދަވެގެން އުޅޭ! އަނެއްބައި ފަހަރު ރޯންވެސް ރޯނެ! އެހެންވެ މިބުނީ ޒައިން ހަމަޖެހިގެން އިނިއްޔާ ނޫޙު ގެންދާނީ..” އަމީރާ އެހެން ބުނުމުން އަވަސް އަވަހަށް އުޝާ ތެދުވިއެވެ. އޭނާ އޭރުވެސް ހުރީ އިންތިހާއަށް ޒައިން ދެކިލާހިތްވެފައެވެ. ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމުން އެތެރޭން ކާކުހޭ ބުނެލި އަޑު އިވުނެވެ. އެހެންކަމުން އުޝާ ބޭރުގައި މަޑުކޮށްލީ ޒައިން ދޮރު ހުޅުވާނެ […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޯޑް ރިކްރިއޭޝަން ކުލަބާއި ފެނަކަ ބައްދަލު ކުރަން ޖެހުނުއިރު، ސެމީގެ ދެވަނަ މެޗުގައި ހއ އަތޮޅު ހޮސްޕިޓަލް ޓީމާއި ދިއްދޫ ޕޮލިސް ޓީމް ވާދަ ކުރަން ޖެހިއްޖެއެވެ. އިއްޔެ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިފައިވާއިރު، އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލު […]
އިބްރާހިމް ޚަލީލް
ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ. ޖަރުމަނު ލީގުގެ ފަހު މެޗުތަކަށް ނުކުތްއިރު ޗެމްޕިއަންކަ ހޯދުމުގެ ފުރިހަމަ ބާރު އޮތީ ޑޯޓްމަންޑަށެވެ. މިރޭ މައިންޒް ބަލިކޮށްގެން ލީގު ކާމިޔާބު ކުރެވެން އޮތް ނަމަވެސް މައިންޒްއާއި ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ދެވަނާގައި އޮތް ބަޔާން މިއުނިކް 2-1 ގެ ނަތީޖާއިން ކޮލްން އަތުން މޮޅުވުމުން ލީގުގެ ޗެމްޕިއަންކަން ބަޔާންއަށް ވަނީ ލިބިފައެވެ. ބަޔާން އަށް […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް މިއަދު ފަށައިފިއެވެ. މިއީ ބޯޓިން ދާއިރާގައި މަސައްކަތްކުރާ މުހިންމު ފަރާތްތައް ބައިވެރިވާ މި ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމަކީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާއި މީޑިއަމް އިވެންޓުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ދަތުރުފަތުރާބެހޭ ވަޒީރު އައިޝަތު ނަހުލާ އެވެ. ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމްގައި 5 ޕެނަލް ޑިސްކަޝަންއެއް ކު...
މުޙައްމަދު އަފްރާޙް
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދު ޖެއްސީ ފަސިންޖަރަކަށް ދިމާވި އިމަޖެންސީއަކުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ އެއާ ލައިނުން ބުނީ، އެ ހާލަތު ދިމާވި ފްލައިޓަކީ މާލެއިން ކޮޗިން އަށް ދިއުމަށް ފުރި، މޯލްޑިވިއަން ފްލައިޓް Q2706 ކަމަށާއި އެ ފްލައިޓު ވީއައިއޭ އިން ފުރާފައިވަނީ މެންދުރުފަހު 3 ޖެހިއިރު ކަމަށެވެ. އެ ފްލައިޓު ނައްޓާލިފަހުން އެ ފްލައިޓުން ދަތުރުކުރި ކުއްޖަކަށް ދިމާވި މެޑިކަލް އެމަޖެންސީއަކާ […]
މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާވި 18 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފިއެވެ. މި މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް ދެއެއްގައެވެ. ދިވެހި ފުލުހުންގެ މީޑިއާ އޮފީޝަލް މިއަދު 18:14 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު 17:20 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މާރާމާރީގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ […]
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ތޮމްޕްސަންސް ހޮލިޑޭސް އާއެކު ދެކުނު އެފްރިކާގައި ޖޮއިންޓް މާކެޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިޝްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ މަގު...
މުޙައްމަދު އަފްރާޙް
ފ. ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ނިލަންދޫގެ ފަޅުން ދެރަށް ހިއްކައި، ޓޫރިޒަމަށް ހުޅުއްވާލައްވާނެ ކަމަށާއި ވަޒީފ...
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 15 ޤައުމެއްގެ އިލެކްޝަން ކޮމިޝަންތަކަށް ދައުވަތު ދީފިއެވެ. މިކަން ހާމަކުރެއްވީ، ރާއްޖޭގެ އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެވެ. ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާތަކަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވާފަވާކަމަށެވެ. ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. ޖޭފޯގެ އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. ޖޭފޯ އެމްޑީޕީ އަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފ. ނިލަންދޫގައެވެ. ޖޭފޯ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރެކެވެ. ޖޭފޯ މިއަދު އެމްޑީޕީއާ ގުޅ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ނިލަންދުއަށް ވަޑައިގެންނެވުމުން، ސަގާފީ ހަރަކާތްތަކާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމ...
މުޙައްމަދު އަފްރާޙް
އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ރިޔާސީ ޓިކެޓް އޭނާ އަށް ހަވާލުކުރުމަށް މާލޭ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިންސާނާގެ ފުރާނައަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫން ކަމަށެވެ. މަރުތަކުގެ ހިތާމައަކީ...
ޔުމްނާ ޢަލީ