ސްޓޯރީޓެލާސް ކޮންފަރެންސްގެ އިންޓަނޭޝަނަލް ސްޕީކާ ލައިނަޕް އާއި ބައިވެރިން ދަތުރުކުރާ 8 ސަރަހައްދު ހާމަކޮށްފިއެވެ.
މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތްދިހަ އަށްވުރެ ގިނަ ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. އަދި މި ދަތުރުތަކުގައި ރާއްޖޭގެ ތަފާތު އަށް ސަރަހައްދަކަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ.
އެ ސަރަހައްދުތަކުގެ ޚާއްޞަ ސިފަތަކާއި ރީތިކަން، އަދި އެ ސަރަހައްދުތަކުގައި ބައިވެރިވެވެން ހުރި ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އެ ކަންކަން ބައިވެރިން ތަޖުރިބާ ވެސް ކުރާނެއެވެ.
މި ކޮންފަރަންސްގެ ސައިޑްލައިން ދަތުރުތަކުގައި އެ ސަރަހައްދުތަކަށް ކުރާ ތިން ދުވަހުގެ ދަަތުރުތަކުގައި ބައިވެރިންނަށް ލިބޭއިރު، ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ހޮވާފައިވާ ސަރަޙައްދުތަކަކީ ރ. އަތޮޅު، ލ. އަތޮޅު، އަރި އަތޮޅު، ވ. އަތޮޅު، ކ. އަތޮޅު، އައްޑޫ އަތޮޅެވެ. އަދި ފުވައްމުލައް، އަދި ހއ. އަތޮޅާއި ހދ. އަތޮޅެވެ.
މި ދަތުރުތަކުގައި ރާއްޖޭގެ ގުދުރަތީ އަޖައިބުތައް ދެނެގަނު، ތަޖުރިބާކޮށް، އެ ސަރަހައްދުތަކުގައި ހުރި ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވެ، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރ ބާއްވާ މި ކޮންފަރެންސަކީ ކުރީގެ ކޮންފަރެންސްތަކާއި ބައްދަލުވުންތަކާ ވަރަށް ތަފާތު ބައްދަލުވުމެކެވެ. މި ކޮންފަރަންސަކީ ދަތުރުފަތުރުގެ ޞިނާއަތުގައި، އެކި ފަރާތްތަކުން ވާހަކަ ކިޔައިދޭގޮތާއި ކިޔައިދޭ ވާހަކަތައްް ބައްޓަންކުރެވިފައިވާ ގޮތުގެ މުހިންމުކަމާއި އެ ވާހަކަތަކުގެ ނުފޫޒު ކިޔާމީހުންނަށް ފޯރާ މިންވަރު، ހާމަކޮށްދޭނެ ކޮންފަރަންސެކެވެ.
މީގެ އިތުރުން، ޒިންމާދާރު ދަތުރުފަތުރާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ނެޓްވާކް ކުރުމުގެ ބާރު، މި ކޮންފަރަންސްގައި ހާމަވެގެން ދާނެއެވެ.
މި ކޮންފަރެންސްގެ އެއް މަގުސަދަކީ ރާއްޖެއަކީ 'ސަން ސީ އެންޑް ސޭންޑް' ގެ އިތުރުން މައިސް އާއި ސަސްޓެެއިނަބްލް ޓުއަރިޒަމްގެ މަންޒިލެއްގެ ގޮތުގައި ޕޮޒިޝަންކުރުމެވެ. އަދި އިންފްލުއެންސަރުންނާއި ބްލޮގަރުންނާއި ޓްރެވަލް ރައިޓަރުން މި ސެގްމަންޓްތަކަށް ހޭލުންތެރިކުރުމެވެ.
މި ކޮންފަރެންސްގައި ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓީއެމްއޭ، ޑޮމެސްޓިކް އެއާލައިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރުގެ ގޮތުގައި ގޮތުގައި ދިރާގު، ސަސްޓެއިނަބަލް ފިޝަރީޒް ޕާޓްނަރެއްގެ ގޮތުގައި މިފްކޯ އަދި ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އެމްއޭސީއެލް އިން އެމްއެމްޕީއާރުސީއަށް އެހީތެރިވެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!