ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ މަގުތަކުގައި ހަރުކުރާ “މަގުހުރަސް ބައްތި” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާ...
މުޙައްމަދު އަފްރާޙް
މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މިއެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ލޭނު ނިމޭ ހިސާބުގަ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަ...
އަލީ އާދިލް
ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި، އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ސަލާމަތީ ބާރުތަކަކީ ގައުމީ ސަލާމަތުގެ އެންމެ އިސް އަދި އެންމެ ފަހު ސަފު ކަމަށާއި އެހެނަސް މިއަދު ސިފައިންނާއި ފުލުހުންވަނީ […]
މުޙައްމަދު އަފްރާޙް
ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” މިއަދު ކުޅުނު މެޗުތައް ހއ.އަތޮޅު ހޮސްޕޮޓަލު ޓީމާއި ރޯޑް ރިކްރިއޭޝަން ކުލަބުން ކާމިޔާބު ކޮށްފިއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލާއި ފެނަކައެވެ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަތޮޅު ހޮސްޕިޓަލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް […]
އިބްރާހިމް ޚަލީލް
ނ. މަނަދޫ ނައީމާ މޫސާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފިއެވެ. ނައީމާގެ މަރުގެ މައްސަލައާއިގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދު މިރޭ ވިދާޅުވީ، ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އޭގެ އިތުރުން ނައީމާ އަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ […]
ޔުމްނާ ޢަލީ
“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހު ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހުކޮށްދެއްވީ ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ...
މުޙައްމަދު އަފްރާޙް
ކުލަގަދަ ރަސްމިއްޔާތަކާއެކު، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓު ނާޒިމަށް އަރުފައިވަނީ މިކަމަށްޓަކައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް ކަމުގައި ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވައިލުމުން އިތުރު ބޭފުޅަކު ކުރިމަތިލާފ...
މުޙައްމަދު އަފްރާޙް
ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަކުނުދޫ އަލްފާގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ މަކުނުދޫގެ ތާރީޚުގައިވެސް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލްފާގޭގެ ބަދިގެއާއި ބޮޑު ގުދަނެއްވަނީ އަނދާ ހުލިވެފައެވެ. އޭރު އެ ގުދަނުގައި ގިނަ ޢަދަދެއްގެ މުދާ ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރޭ 7.55 ކަންހާއިރު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 10 ޖެހިފަހުންނެވެ. “އަޅުގަނޑަށް ޚަބަރު ލިބުމާއެކު ވަގުތުން...
ސަލާމާ ޢަބްދުލް ޢަލީމް
ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަނަދޫ ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ‘’މި މައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ.’’ ސީޕީ ވިދާޅުވެފަވެއެވެ. މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ ދުނިޔޭގެ ހަމަތައް ނޭނގޭތީ ދައްކާވާހަކަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ. އިކްރާމް މިހެން ވިދާޅުވީ، ރާއްޖެއާއި މި ސަރަހައްދު ފެންނަ ޗާޓެއް ޓްވީޓާގައި ހިއްސާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. އިކްރާމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ރައީސްކަމުގައި ހުންނެވި ނ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް، އެ ރަށްރަށުގައި ހުރި މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އަދި ފަންނުވެރިންނާއި ބައްދަލުކޮށް ހާއްސަ ކަންކަމާއިގުޅޭ މަޢުލޫމާތު އެއްކޮށް ފޮޓޯނަގައި ވީޑިއޯ ކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އެކަމަށް ބޮޑު ޝަޢުޤަކާއި އެތައް ވަގުތަކާއި އެތައް ހަކަތައެއްގެ އިތުރުން ނުގުޑާފަދަ އަޒުމަކާއި އެތައް ފައިސާއެއް ބޭނުންވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަން ޒުވާން މަސްވެރިޔާ ހަސަން ސާޖިން މިހާރު ފަށާފައިވާ، ރ...
އިބްރާހިމް ޚަލީލް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމަވާ...
މުޙައްމަދު އަފްރާޙް
ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކޮށް، ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ކީރިތި ޤުރްއާން ކިޔެވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ. “މާތް اللهގެ ރަހުމަތްފުޅުގެ ތަނަވަސްކަން” މި މައުޟޫއުގައި ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މާތްﷲ ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ ރަހުމަތެއް ކަމުގައި ކަމަށާއި އަހަރެމެންގެ ހަޔާތް މާތްﷲ ގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށެވެ. އަދި އެ ފޮތަކީ މުނިފޫހި ފިލުވައިދޭ މިތުރެއް ކަމަށާއި ކަންބޮޑުވުން ދުރަށް ލައިދޭ އެކުވެރި...
މުޙައްމަދު އަފްރާޙް
ހިޓާޗީން މިދިޔަ ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފިއެވެ. “ދޮވުނީ ހިކުނީ”ގެ ނަމުގައި އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން މެޝިން އާއެކު ހިލޭ މައިކްރޯވޭވް އަވަނެއް ލިބޭނެއެވެ. އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކުން ދޮންނަ މެޝިން ނަގާ މީހުންނަށްވެސް އަވަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ, ހިޓާޗީ ދޮންނަ މެޝިންގެ އާ ހަތަރު މޮޑަލްއެއްގެ […]
އަޙްމަދު ވަހީދު
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 10,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އެޅުމާއި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްކޮށްފައެވެ. އަދި 142 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކޮށްފި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަލްއުސްތާޛު ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް މިރޭ ބޭއްވުނު އެކޮމިޝަންގެ ކުއްލި ޖަލްސާގައި ނިންމާފައިވާކަމަށެވެ. އެ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ތަޙްޤީޤަ...
އަލީ އާދިލް
ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ފަށައިފިއެވެ. މި މުބާރާތް މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މިއަދު ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ޕޮލިސް އާއި ދިއްދޫ ކައުންސިލެވެ. މި މެޗު 14-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި […]
އިބްރާހިމް ޚަލީލް
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އަކީ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު ސައްހަ ދީނީ ޢިލްމު ފަތުރާ މަރުކަޒަށް ހެދުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިރޭ އައިޔޫއެމްގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވަނީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އައިޔޫއެމްއިން އަދާކުރާ މުހިންމު ދައުރު ފ...
ޔުމްނާ ޢަލީ