”ދިވެހި މީޑިއާގެ ދަފްތަރު“ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފިއެވެ. މި ދަފްތަރު ޝާއިއު ކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 6 ވީ އަންގާރަ ދުވަހުއެވެ. މި ދަފްތަރުގައި މައިހާތަނަށް 14 މީޑިއާއެއް ވަނީ ރަޖިސްޓްރީކޮށްފައއެވެ. މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް، މީޑިއާތަކުގެ އާންމު މަޢުލޫމާތާއި، ނެރުމަށް ކަނޑައެޅިފައިވާ ގޮތް އެކުލެވޭ ދަފްތަރެކެވެ. މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ރަޖިސްޓްރ...
މުޙައްމަދު އަފްރާޙް
“ދަ ޑިމޮކްރެޓްސް” އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާފައިވާ އެ ޕާޓީއަށް ސޮއި ކޮށްފައިވާ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާ ކަ...
މުޙައްމަދު އަފްރާޙް
ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން މަޝްރޫއު ނިންމާލައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓަރު ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 10.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމް...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރޫޕް ބީގައި ނައިވާދޫ ޓްރެއިނާސްއާއި ކުޅުދުއްފުށީ ހިރަފުސް އިއްޔެ ހަވީރު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހިރަފުހުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 59 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 10،000 ކިއުބިކް މީޓަރުގެ ސަރަގައްދެއްގެ ނެރު ފުންކުރާނެއެވެ. މީގެ އިތުރުން، 125 މީޓަރުގެ އެއްގަމުތޮށި […]
އަޙްމަދު ވަހީދު
ށ. ފޯކައިދޫ ނެރުމަގުގައި މަސްބާނަން އިން މީހަކަށް މިޔަރު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި ހާދިސާގައި ފޯކައިދޫ ސީޒާ މަންޒިލް/ ހަސަން އަބަދުﷲ ގެ ފައިގެ ކުޑަކަޅުވާ މަސްގަނޑުގައި މިޔަރު ހިފުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ. މި ހާދިސާ ހިނގިގޮތާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަސަން އަބްދުﷲ ބުނީ، އެ ރަށު ބަނދަރުގައި އޮންނަ […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ 54 މެންބަރަކު ސޮއިކުރައްވައިފިއެވެ. ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. ނަޝީދުގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެޕާލިމަންޓްރީ ގްރޫޕުން އިސްވެ ހުށަހެޅުމަށް ފަށާފައިވާ މަސައްކަތުގައި އިތުބާރުގެ ގަރާރުގައި މިހާތަނަށް 54 މެންބަރަކު ސޮއިކު...
ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެފައެއް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެ، އެ ފޯމުތައް ފުރި މީހުންނަށް ސަރުކާރުން ޕްރެޝަރ ކުރަމުންދާކަމަށް ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި އިސްބޭފުޅުން އަންނަނީ ތުހުމަތު ކުރަށްވަމުންނެވެ. އެ މަޢުލޫމާތު އީސީ ތެރޭން ސަރުކާރަށް ފޯރުކޮށްދީފައިވާ ކަމުގެ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރ މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 24 އަހަރުގެ މެކް އަލިސްޓާގެ ލިވަޕޫލަށް ބަދަލުވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. ބްރައިޓަންއިން ވަނީ މިހާރު މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވުމަށް ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ އޭނާއަށް ދީފައެވެ. މެކް އަލިސްޓާ ބްރައިޓަންއާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އޭނާ ލިވަޕޫލާ...
އިބްރާހިމް ޚަލީލް
އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ބަންދުގެ ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. މޭރީގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ލަމްހާ އާއި މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. ލަމްހާ 100 ދުވަހަށް ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން އެދިފައިވީ ނަމަވެސް, ޝަރީއަތް ނިމެންދެން ލަމްހާ […]
ހުސައިން ހަބީބް
ޓެސްލާގެ ހިއްސާގެ އަގު ބޮޑުވުމުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެލޮން މަސްކް އަނެއްކާވެސް ވެއްޖެ އެވެ. ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިން ދައްކާ ގޮތުގައި ލޮއިސް ވިޓަން ބްރޭންޑްގެ ވެރިޔާ ބާނާޑް އާނޮލްޓް ފަހަތަށް ޖައްސާލުމަށްފަހު އެލޮން މަސްކް އެ މަގާމު ހޯދީ 192 ބިލިއަން ޑޮލަރާ އެކު އެވެ. އާނޮލްޓްގެ ކުންފުނީގެ ހިއްސާ ތިން ޕަސެންޓް ދަށަށް ދިއުމުން އޭނާގެ މިލްކިއްޔާތު މިހާރު ހުރީ 187 ބިލިއަން ޑޮލަރުގަ އެވެ. ދުނިޔޭގެ އެންމެ […]
ހުސައިން ހަބީބް
22 ރަށަކަށް ކުނި މެނޭޖުކުރާ އާލާތްތައް ފޯރުކޮށްދިނުން ސްރީލަންކާ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ. ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިނޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މ، ފ، ދ، ތ އަދި ލ އަތޮޅުގެ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓް ފޯރު ކޮށްދިނުމުގެ މަސައްކަތެވެ. އެންވަޔަރްމެންޓް މިނިސްޓްރީގައި މއިަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިމިނަތު ޝަޢުނާ އެވެ. ސޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރ...
މުޙައްމަދު އަފްރާޙް
ހއ. ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. އެރަށު ކައުންސިލު އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި ދާއިމީ ލިސްޓު އާންމުކޮށްފައި މިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 33 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހުއެވެ. އެރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 262 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކެލާ ކައުނ...
މުޙައްމަދު އަފްރާޙް
އިންޑިއާގެ އިރުމަތީ ސްޓޭޓް ބިހާރުގައި ކޯރު ހުރަސްކޮށް ހަދަމުންދާ ހަތަރު ލޭންގެ ކޮންކްރީޓް ބްރިޖެއް ދެވަނަ ފަހަރަށް ވެއްޓި، އެ ބްރިޖުގެ ފެންވަރާ މެދު އަނެއްކާވެސް ސުވާލު އުފެދިއްޖެ އެވެ. މިދިޔަ އާދިއްތަ ދުވަހު 3 ކިލޯމީޓަރު (1.8 މޭލު) ދިގު ބްރިޖް ވެއްޓުނުއިރު މިދިޔަ އަހަރު ވެސް މި ބްރިޖް ވެއްޓުނެވެ. އިންޑިއާ ރުޕީސްގެ 1,700 ކްރޯޑް ރުޕީސްގެ މި ބްރިޖް އިމާރާތް ކުރަން ފެށީ 2017 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ބްރިޖް […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ. އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި މިއަދު މެންދުރު 12:30 ހާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސް އިއްޔެ ހަވީރު އެރަށަށް ވަޑައިގެންނެވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިގޮތުން 2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި އެރަށުގައި ކުރިއަށް ދިޔަ ހަރަކާތައް ރައީސް ބައްލަވާލައްވާފައިވާއިރު، އޭގެތެރޭގައި ހިމެނޭ ”ބީޓް ޕްލާސްޓިކް ޕޮލިއުޝަން” ފެސްޓިވަލަށް ވެސް އެމަނިކުފާނު ޒި...
ޔުމްނާ ޢަލީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ގާއިމުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީއާއި ގުޅޭގޮތުން މޯޕާ އިން ބުނީ މި ފެސިލިޓީ ހުޅުވުމަކީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ގުޅިގެން ހިންގާ މުހިއްމު މަޝްރޫއެއްގެ ފެށުން ކަމަށެވެ. މިއީ ކުނި މެނޭޖް ކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުން ކުރެވޭ […]
މުޙައްމަދު އަފްރާޙް
ބަންޑާރަނައިބު އިބްރާހިމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރާވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް، ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ހުސެއިން ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން...
މުޙައްމަދު އަފްރާޙް