ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރާ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އަށް ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. ގާސިމަށް ޓިކެޓް ހަވާލުކުރާ ޖަލްސާ އޮންނާނީ މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައެވެ. މިޖަލްސާ އަށް ދިޔުމަށް އެ ޕާޓީގެ ޢާންމު ދައުވައު ފޮނުވަމުން ދަނީ މިރޭ 21:00 އަށެވެ. މި އިވެންޓާބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި […]
ޔުމްނާ ޢަލީ
ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީ އަރަބިއްޔާއަށް ދާ ދިވެހިންނަށް ފަސޭހަކަމާ އެކު އާއިލާއާއި ރައްޓެހިންނާ ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސް އިން ބޮޑެތި ފައިދާތަކާ އެކު ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. އެގޮތުން އުރީދޫން ތައާރަފުކޮށްފައިވަނީ ރޯމިން ރޭޓުން 90 އިންސައްތަ ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް، “ހައްޖު ސިމް” އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކެކެވެ. އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ […]
އަޙްމަދު ވަހީދު
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ކ. ކާށިދޫ އަށް ދަތުރެއް ފައްޓަވައިފިއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ކަނޑައަޅާފައިވަނީ ނާޒިމް އެވެ. އެމްއެންޕީން ބުނިގޮތުގައި ނާޒިމް މިއަދު ކާށިދޫ އަށް ފެއްޓެވި މި ދަތުރަކީ އޭނާގެ ކެމްޕޭން ހަރަކާތްތައް އިތުރުކުރެއްވުމަށް ކުރައްވާ ދަތުރެކެވެ. ”މިދަތުރުގައި ކާށިދޫގައި ޑޯޓުޑޯ ހަރަކާތުގެ އިތުރުން، އެމް އެންޕީގެ ޖަގަހައެއް މިރޭ ހުޅުވާގޮތަށް ވެސް ވަނީހ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ރޭ ކުރި ޓުވީޓެއްގައި ބުނީ، ރޭ 12:00 އިން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. މި ގެނައި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 14.73 ރުފިޔާއަށް ލިބޭނެއެވެ. އަދި ޑީސަލް ލޯޓަރެއް 15.07 ރުފިޔާއަށް ލިބޭނެއެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.14 ރުފިޔާއަށެވެ. އަދި […]
އަޙްމަދު ވަހީދު
“ނޫސްވެރިކަމުގެ އިނާމު 2022” އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން އިނާމު ދޭނެގޮތުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނެއެވެ. އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަ...
މުޙައްމަދު އަފްރާޙް
ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެން ކަމަށެވެ. މާލޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި...
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހަނިމާދޫއަށް ގެއްލިއްޖެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. ގްރޫޕްގައި ހަތަރު ޓީމް ހިމެނޭއިރު މިހާތަނަށް ގްރޫޕް އޭގައި ކޮންމެ ޓީމެއް ވެ...
އިބްރާހިމް ޚަލީލް
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިޢުވާން ވިދާޅުވީ މިވަގުތު އެ ސިޓީފުޅުގެ ވާހަކަ ދައްކަވާ ބައެއް ބޭފުޅުން، ސިޔާސީ ބޭނުމަށްޓަކައި އެފަދަ ކަންކަމަކީ ވަރަށް އާންމުކޮށް ކުރައްވާ ކަމެއްކަން ދައްކަވަން އުޅުއްވާ ކަމަ...
މުޙައްމަދު އަފްރާޙް
މިި ހިނގާ ޖޫން މަހުގެ 6 ވަނަދުވަހު ހުޅުމާލެއާ ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް ކަމަށް ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ އެދުވަހު ހުޅުމާލެ ފޭސް 2 އާއި ދިމާލުން ކަނޑުމަތިން ފެނުނު މަރުވެފައިވާ މީހާގެ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ މީހެއް ކަމަށެވެ. މިހައިތަނަށް ބެލި ބެލުމުން އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 […]
މުޙައްމަދު އަފްރާޙް
ކެނެޑާގެ ހަ ޕްރޮވިންސެއްގެ ޖަންގަލީގައި އަލިފާން ރޯވެ، ފާއިތުވި ހަ ހަފްތާގައި ތިން މިލިއަން އޭކަރަށް ވުރެ ބޮޑު ސަރަހައްދެއް އަނދައިފި އެވެ. މިހާތަނަށް އަނދާފައި މިވަނީ އެމެރިކާގެ މެރީ ލޭންޑް ސްޓޭޓަށް ވުރެ ބޮޑު ސަރަހައްދެކެވެ. އެމެރިކާގެ އިރުމަތީ އައްސޭރިފަށަށް ވެސް ދުމުގެ އަސަރުކޮށް, 75 މިލިއަން މީހުންނަށް އަސަރު ކުރަމުންދާއިރު، ކެނެޑާގެ ޖަންގަލިތަކަށް އޮތް ނުރައްކާތެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. ބައެއް މީހުން ކުށްވެރިކުރަނީ ޖަންގަލިތައް ބެލެހެއްޓުމާބެހޭ ކަމާބެހޭ އިދާރާތަކެވެ. އެ އިދާރާތަކުނ...
ހުސައިން ހަބީބް
ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވާފައިވާ ކަމަށެވެ. މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައި ވަނީ، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ގދ.ގައްދޫ، ހަނދުވަރީ...
ޔުމްނާ ޢަލީ
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހދ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް ފުރައިފިއެވެ. މި ދަތުރުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް ހިމެނޭހެން 12 ކައުންސިލަރުންނާއި އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އާއި ފައިނޭންސް އަދި އެސިސްޓެންޓް ޑިރެކްޓަރުގެ އިތުރުން ކައުންސިލު ބިއުރޯގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. މި ޖޫން މަހުގެ 7 ން 12 ގެ ނިޔަލަށް ކުރާ މި ދަތުރުގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލާއި ކަލައިދޫ ކައުންސިލާއި އިސްދޫ ކައުންސިލުގެ އިތުރުން ހިތަދޫ […]
މުޙައްމަދު އަފްރާޙް
ފިންލޭންޑްގެ މިލިއަނަރަކު ބާރު ސްޕޑްގައި ކާރު ދުއްވުމުން ގާތްގަނޑަކަށް 130،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ. ފިންލެންޑްގެ ގާނޫނު ބުނާގޮތުން ޓްރެފިކް ގަވާއިދުތަކާ ހިލާފަށް ދުއްވުމުން ޖޫރިމަނާ ކުރެވޭނީ އެ މީހާގެ އާމްދަނީއަށް ބަލައިގެންނެވެ. ފިންލެންޑްގެ ވިޔަފާރިއެއް އަދި މިލިއަނަރެއް ކަމަށްވާ އެ މީހާ ޖޫރިމަނާކުރީ 20 މޭލަށް ވުރެ ބާރަށް ދުއްވުމުން ކަމަށް ފިންލޭންޑްގެ ނޫސް ނިޔާ އަލަންޑް އިން ބުނެ އެވެ. “އަހަރެން ވަރަށް ހިތާމަކުރަން މިކަމާ މެދު،” ވިޔަފާރިވެރިޔާ އެންޑަސް ވިކްލޮފް އެ ނޫހަށް […]
ހުސައިން ހަބީބް
ރާއްޖޭން ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ. މި މައްސަލައާއި ގުޅިގެން އެމްއެންޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފަރޯލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާ އެކުދިންގެ ޢާއިލާއިން ކުރަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމުން، ރާއްޖޭގައި...
ޔުމްނާ ޢަލީ
ރ. އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫގެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި...
އަޙްމަދު ވަހީދު
ޔޫކްރެއިނާއި ރަޝިއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ބޮޑު ޑޭމަކަށް ހަމަލާދީ ހަލާކުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ނޯވާ ކަޚޮވްކާގެ ޑޭމް ހަލާކުވުމުން 80 އަވަށެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެތަނަށް ހަމަލާދިނީ ރަޝިއާއިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މީގެ ސަބަބުން 40,000 އަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވަނީ ޖެހިފަ އެވެ. އަދި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު އިހޯރް […]
ހުސައިން ހަބީބް
ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ މެހެމާންދާރީ އާއި ޚިދުމަތްތައް ތަޖުރިބާ ކޮށްލުމަށް މަޝްހޫރު ނޫސްވެރިން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ މި ޓީމު ރާއްޖެ މިއައީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށެވެ. މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖޫން 4 ގެ ނިޔަލަށް މި ޓީމުން ކުރި މި ދަތުރުގައި ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެ...
މުޙައްމަދު އަފްރާޙް
ފާލުބެލުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮންނަ ނުބައި ޢާދައެކެވެ. ފަހަރެއްގައި އެ ކަމުގެ ނުރައްކާތެރިކަން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލަން މި އުޅެނީ އެ ކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. ދީނީ ނަޒަރަކުންނެވެ. ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ހިމެނެނީ ޣައިބުގެ ޢިލްމަށް ދަޢުވާ ކުރުމުގެ ތެރޭގައެވެ. އެއީ މާތްﷲ އާ ޝަރީކު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެގޮތުން ބުނެވިދާނެއެވެ. ޣ...
ޝެއިޚް ޝަފީއު އަބްދުﷲ