ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 59 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 10،000 ކިއުބިކް މީޓަރުގެ ސަރަގައްދެއްގެ ނެރު ފުންކުރާނެއެވެ.

މީގެ އިތުރުން، 125 މީޓަރުގެ އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 36.13 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ.