އިސްރާއީލުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސް ކޮމާންޑް ސެންޓަރުގެ ލީޑަރު އަލީ ޝަދުމާނީ އިސްރާއީލުން ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށްކަމަށް އޭނާގެ ދަރިފުޅު މަހްދިއްޔާ ޝާދްމާނީ ބުނެފިއެވެ.

އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރުމަގާމަށް ޢަލީ ޝާދްމާނީ ޢައްޔަނުކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި ޣުލާމް ޢަލީ ރަޝީދު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލުމުންނެވެ. ނަމަވެސް ޢަލީ ޝާދްމާނީ އެމަގާމަށް ޢައްޔަނުކުރިތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި އިސްރާއީލުން އޭނާ ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

Ad
rt

ޢަލީ ޝާދްމާނީގެ ދަރިފުޅު މަހްދިއްޔާ ޝާދްމާނީ ހުކުރު ދުވަހު އިންސްޓަަގްރާމްގައި ލިޔުނު މެސެޖެއްގައި ބުނެފައި ވަނީ އީރާނުގެ އިސް ލީޑަރުންނާއި އަސްކަރިއްޔާގެ ކޮމާންޑަރުން ޝަހީދުކުރުމަށް އިސްރާއީލުން ހިންގި ޢަމަލުތަކުގައި ވަޓްސްއަޕްގެ އެހީއާއި މުއާސަލާތީ ޑިވައިސްތަކުގެ އެހީ ހޯދަމުން އަންނަކަން ފާހަގަކުރެވި، އޭނާގެ ބައްޕަ އެފަދަ އެއްޗެއް ބޭނުންކުރަށްވާފައި ނުވާކަމަށެވެ.

"އަހަރެންގެ ބައްޕަގެ ހުންނަވާ ތަން ކޮންމެ ދެތިން ގަޑިއިރަކުން ބަދަލުވަމުން ދިޔަ، އޭނާ ސްމާޓް ޑިވައިސްތަކެއް ނުވަތަ ފޯނެއްވެސް އަތުގައި ނުގެންގުޅުއްވާ، ސަލާމަތީ އުސޫލުތައް ފުރިހަމައަށް ގެންގުޅުނު ނަމަވެސް، ހަނގުރާމައިގެ މައި މަރުކަޒު ކޮމާންޑުކުރަމުން ދިޔަ ދުވަސްވަރު، އިސްރާއީލުން އޭނާ އަވަހާރަކޮށްލުމަށް ތަކުރާރުކޮށް މަސައްކަތްކުރި،" ޢަލީ ޝާދްމާނީގެ ދަރިފުޅު މަހްދިއްޔާ ޝާދްމާނީ ހުކުރު ދުވަހު އިންސްޓަަގްރާމްގައި ލިޔުނެވެ.

މަހްދިއްޔާ ޝަދްމާނީ އިތުރަށް ބުނެފައިވަނީ، އޭނާގެ ބައްޕަ ޝަހީދުކޮށްލެވުނު އިރު ހުންނެވީ ވެސް ޔުނީފޯމެއްގައި ނޫން ކަމަށެވެ. އަދި ބައްޕަ "އާދައިގެ، އަސްކަރީ ނިޝާނެއް ނެތް" ހެދުމެއްގައި ހުއްޓައި ފަހަތުން ހޯދައި ވަނީ ޝަހީދުކޮށްލާފައިކަމަށް އޭނާ ލިޔެފަވެއެވެ.

މި ވާހަކަތައް އޭނާ ދެއްކީ އިސްރާއީލުން އީރާނުގެ އަސްކަރީ ކޮމާންޑަރުން ހޯދުމަށް ވަޓްސްއެޕް މެސެޖިންގ އެޕް ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ސަރުކާރުގެ މީޑިއާތަކުން ރައްޔިތުންނަށް ގޮވާލީ އެމީހުންގެ ސްމާޓްފޯނުތަކުން ވަޓްސްއެޕް ފޮހެލުމަށެވެ. އެއީ އެ އެޕުން މަޢުލޫމާތު އެއްކޮށް އިސްރާއީލަށް ފޯރުކޮށްދޭ ކަމަށް ބެލެވިގެންނެވެ. ނަމަވެސް ވަޓްސްއެޕުން ވަނީ މި ތުހުމަތު ދޮގުކޮށްފައެވެ.

12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންގެ ގިނަ އަދަދެއްގެ އިސް ކޮމާންޑަރުން ޝަހީދުކޮށްލިއެވެ.

ޝަހީދުވިކަން ކަށަވަރުވެފައިވާ ފަރާތްތަކުގެ ތެރޭގައި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބާޤިރީ، ރިވޮލިއުޝަނަރީ ގާޑުގެ އިސްވެރިޔާ ޙުސައިން ސަލާމީ، އައިއާރުޖީސީ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު އަމީރު ޢަލީ ޙާޖިޒާދާ އަދި އައައިއާރުޖީސީގެ އޮޕަރޭޝަންސްގެ ޑެޕިއުޓީ މެހްދީ ރައްބާނީ ހިމެނެއެވެ.