އިސްރާއީލުން އީރާނުގެ ރޭލު ވިއުގައަށް އަމާޒުކޮށް ހަމަލާ ދޭން ފަށައިފި
އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނުގެ ރޭލު ދަތުރުފަތުރުގެ ނިޒާމަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތައް ފަށާފައިވަނީ އީރާނުގެ ރޭލު ވިއުގައާއި ސްޓޭޝަންތަކުން އާންމުން ދުރުހެލިވުމަށް އިސްރާއީލުން އިންޒާރު ދިނުމަށްފަހުއެވެ. ލިބެމުންދާ ރިޕޯޓްތައް ކަށަވަރުކޮށްދޭ ގޮތުގައި، މި ސަރަހައްދީ ހަނގުރާމަ މިހާރު މިވަނީ “ލޮޖިސްޓިކްސް ނައްތާލުމުގެ” މަރުހަލާއަކަށް ވަދެފައެވެ. އިސްރާއީލުން އީރާނުގެ ރޭލު ވިއުގައަށް ހަމަލާދޭން ނިންމި މައިގަނޑު ސަބަބަކީ، އެމެރިކާއިން ދީފައިވާ ރޭގަނޑު 8:00...