އީރާނު ވަފުދު ދަތުރުކުރި ފްލައިޓަށް "މީނާބް 168" ނަން، ޝަހީދުވި ކުދިންގެ ހަނދާނުގައި އަސަރުގަދަ އިހްތިރާމެއް
ދާއިމީކޮށް ހަނގުރާމަ ހުއްޓާލާއި ސުލްހަ ގާއިމުކުރެވޭނެ މަގެއް ފެނޭތޯ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފަންތީގެ މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގެންނެވި އީރާނުގެ ވަފުދުން، އެމެރިކާގެ ހަމަލާތަކުގައި ޝަހީދުވި އީރާނުގެ ކުޑަކުދިންގެ ހަނދާން އާކޮށް، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުވާލި އަސަރުގަދަ އިޙްތިރާމެއް އަދާކޮށްފިއެވެ. މި ދަތުރުގައި އީރާނުގެ ވަފުދުން ދަތުރުކުރި ޚާއްޞަ ފްލައިޓަށް ނަން ދީފައިވަނީ “މީނާބް 168” ގެ ނަމުންނެވެ. މިއީ 28 ފެބުރުވަރީ 2026 ގައި ދެކުނު...