މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,701 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 205 ވަނަ ޞަފްޙާ

ދުނިޔެ ވަށާ ކިތައް ސެޓްލައިޓް ދަތުރުކުރޭތަ؟

ދުނިޔެ ވަށާ ކިތައް ސެޓްލައިޓް ދަތުރުކުރޭތަ؟

ދުނިޔެ ވަށައިގެން އެތައްކެއް ސެޓެލައިޓްތަކެއް ދަތުރުކުރަމުން އަންނައިރު، މިކަމުގެ ސަބަބުން ޖައްވު ތޮއްޖެހިފައިވާކަމަށް ފިޒިކްސްގެ ޕްރޮފެސަރަކު ހާމަކޮށްފިއެވެ. މަސަޗުސެޓްސް ޔުނިވަރސިޓީގެ ފިޒިކްސް ޕްރޮފެސަރެއްގެ އިތުރުން ސެންޓަރ ފޯރ ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑައިރެކްޓަރުކަން ކުރަމުން އަންނަ ޕްރޮފެސަރު ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ހަފްތާއަކު މުޅިން އައު ސެޓެލައިޓްތަކާއި އެކު ރޮކެޓްއެއް ޖައްވަށް ފޮނުވައެވެ. ޖައްވު ތޮއްޖެހިފައިވާތާ އަހަރެއްވެފައިވާއިރު، ދާދިފަހުން މާސްއަށް ފޮނުވި ރޮކެޓާއި...

އަޒްފާ ރަޝީދު
ދުނިޔެއަކީ އެއް އާއިލާއެއްކަން ހަނދާންކޮށް ތަފާތުކުރުން ހުއްޓާލައި އެއްބައިވޭ: އުރުދުޣާން

ދުނިޔެއަކީ އެއް އާއިލާއެއްކަން ހަނދާންކޮށް ތަފާތުކުރުން ހުއްޓާލައި އެއްބައިވޭ: އުރުދުޣާން

ދުނިޔެ ތަޖުރިބާކުރަމުންދާ ކޯވިޑް ބަލިމަޑުކަމުގެ އާލަމީ ވަބާއިން ހަނދާންކޮށްދެނީ މުޅި ދުނިޔެއަކީ އެއް އާއިލާއެއް ކަމަށާއި، އިންސާނީ ތަފާތުކުރުން ނައްތާލައި އެއްބައިވުމަށް  ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުން ވެގެން ގޮސްފައި ވަނީ މިއީ ކޯވިޑް-19 އަށް ފަހު ދުނިޔޭގެ ވެރިން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ގައުމުތަކުގެ ރައީސުންގެ ވާހަކަތަކުން އާންމު މަޖިލީހުގެ މާހައުލު ހަލަބޮ...

އަޒްފާ ރަޝީދު
ޖައްވު ނުސާފުމުގެ ނުރައްކާ ބޮޑުވެފައި، އަހަރަކު 7 މިލިއަނެއްހާ ކުދިން ދުވަސްނުފުރާ ވިހާ!

ޖައްވު ނުސާފުމުގެ ނުރައްކާ ބޮޑުވެފައި، އަހަރަކު 7 މިލިއަނެއްހާ ކުދިން ދުވަސްނުފުރާ ވިހާ!

ޖައްވު ނުސާފުވާ މިންވަރު އިތުރުވެ އޭގެ ނުރައްކާ ބޮޑުވެފައިވާކަމަށްބުނެ، އެއަރ ކޮލިޓީ ގައިޑްލައިންތައް ވަރުގަދަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ނިންމައިފިއެވެ. އެ ޖަމިއްޔާއިން އެއަރ ޕޮލިއުޝަން ގައިޑްލައިންއަށް 2005 ވަނަ އަހަރު ބަދަލު ގެނެސް ބުނެފައިވަނީ، ޖައްވު ނުސާފުވުމުގެ ސަބަބުން އަހަރަކު 7 މިލިއަނަށްވުރެ ގިނަ ކުދިން ދުވަސްނުފުރާ ވިހާކަމަށެވެ. އަދި ޖައްވު ތަޢައްޔަރުވުމުގެ މައްސަލައަކީ ދުނިޔޭގެ ސިއްހަތަށް ދިމާވެފައިވާ ތިމާވެއްޓާއި ގުޅުންހު...

އަޒްފާ ރަޝީދު
ޒައިނިޒަމް ގަރާރާއި މެދު ނުރުހި އިޒްރޭލާއި އެމެރިކާ އާންމު މަޖިލީހުގެ ބައްދަލުވުމުން ނުކުމެއްޖެ

ޒައިނިޒަމް ގަރާރާއި މެދު ނުރުހި އިޒްރޭލާއި އެމެރިކާ އާންމު މަޖިލީހުގެ ބައްދަލުވުމުން ނުކުމެއްޖެ

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާފައިވާ ޒައިނިޒަމްއާއި ބެހޭ ޤަރާރާއި މެދު ހިތްހަމަނުޖެހިގެން އިޒްރާލާއި، އެމެރިކާ އެ ބައްދަލުވުން ދޫކޮށް ނުކުމެއްޖެއެވެ. އާންމު މަޖިލީހަށް ހުށަހަޅާފައިވާ ޒައިނިޒަމްއާއި ބެހޭ ޤަރާރާއި މެދު ހިތްހަމަނުޖެހިގެން އިޒްރާލާއި، އެމެރިކާ އާންމު މަޖިލީހުގެ ބައްދަލުވުން ދޫކޮށް ނިކުމެގެން ގޮސްފައިވާކަން އެސޯސިއޭޓް ޕްރެސް އޭ.ޕީ ނޫހާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވެއެވެ. އިޒްރޭލާއި، އެމެރިކާ ބުނެފައިވާގޮތުގައި ޒައިނިޒަމް ގަރާރ...

އަޒްފާ ރަޝީދު
ސޫދާނުގައި ގެންނަން އުޅުނު ބަގާވާތް ކުވައިތުން ކުށްވެރިކޮށްފި

ސޫދާނުގައި ގެންނަން އުޅުނު ބަގާވާތް ކުވައިތުން ކުށްވެރިކޮށްފި

މިދިޔަ ހޯމަ ދުވަހު ސޫދާނުގައި ގެންނަން އުޅުނު ބަގާވާތް ކުވައިތުން ކުށްވެރިކޮށްފިއެވެ. ކުވައިތުގެ ފޮރިން އެފެއާސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޫދާނުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަރް ބަލައިގަންނަ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅަން ރާވާ ހުރިހާ ކަމަކާ ދެކޮޅު ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައި ވެއެވެ. ސޫދާނުގައި އޮތް ސަރުކާރު ވައްޓާލުމަށް ގެންނަން އުޅުނު ބަގާވާތެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް، އެ […]

އަޙްމަދު ވަހީދު
މުސްލިމުން ގިނަ ބިހާރް ސްޓޭޓަށް ވީގޮތަށް އައްސާމް ސްޓޭޓްއަށް ވެދާނެކަމުގެ ބިރު ބޮޑުވެފައި

މުސްލިމުން ގިނަ ބިހާރް ސްޓޭޓަށް ވީގޮތަށް އައްސާމް ސްޓޭޓްއަށް ވެދާނެކަމުގެ ބިރު ބޮޑުވެފައި

ޤަވައިދާއި ޚިލާފަށް އިންޑިއާއަށް އެތެރެވަމުން އަންނަ މީހުން ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކުރެވޭނެ އުސޫލެއް ޤާއިމްކުރުމަށް ހައިކޯޓުން އިންޑިއާގެ ސަރުކާރަށް އަންގައިފިއެވެ. ހައިކޯޓުން މިގޮތަށް އަންގާފައި މި ވަނީ އިންޑިއާގެ ބިހާރު ސްޓޭޓްއަށް ޤަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބަންގްލަދޭޝްމީހުން ހިޖުރަކުރަމުން އަންނަކަން ފާހަގަކޮށެވެ. އަދި ހިޖުރަކުރާ މީހުންނާއި ބެހޭ މަޢުލޫމާތު ވީ އެންމެ އަވަހަކަށް އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކަށް އެންގުމަށް ބިހާރު ސްޓޭޓްގެ ޑިސްޓްރިކްޓްތަކަށް ހައިކޯޓުން ވަނީ ގޮ...

އަޒްފާ ރަޝީދު
މެލްބަން ކައިރިއަށް 6.0 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެ

މެލްބަން ކައިރިއަށް 6.0 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެ

އޮސްޓްރޭލިއާގެ މެލްބަން ކައިރިއަށް 6.0 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމުގައި އިމާރާތްތައް ގުޑައި އެކި ވަރުގެ ގެއްލުންތައްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ އޮސްޓްރޭލިއާއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ހެދުނުގެ ޕްރޮގްރާމްގެ ލައިވްގައި ބިންހެލުމުގެ އަސަރު ވިޑިއޯ ފޫޓެޖްއިން ވަނީ ފެނިފައެވެ. އަދި އެ ކޯޕަރޭޝަނުންވަނީ މިމަންޒަރު މީޑިއާއާއި ހިއްސާކޮށްފައެވެ. https://twi...

އަޒްފާ ރަޝީދު
ފައިޒާ ވެކްސިންއަކީ ކުޑަކުދިންނަށް އެންމެ ރައްކާތެރި ވެކްސިންކަމަށް ބުނެފި

ފައިޒާ ވެކްސިންއަކީ ކުޑަކުދިންނަށް އެންމެ ރައްކާތެރި ވެކްސިންކަމަށް ބުނެފި

ކޯވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހަމުންއަންނަ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިންއަކީ ކުޑަކުދިން އެ ބަލިން ރައްކާތެރިކުރުމަށް މިހާތަނަށް ހޯދުނު އެންމެ ރައްކާތެރި ވެކްސިންކަމަށް ފައިޒާ އުފައްދާ ކުންފުނިތަކުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފައިޒާ ވެކްސިން މިހާތަނަށް ޖަހައިފައިވާ ބޮޑެތި މީހުންނަށް ޑެލްޓާ ވޭރިއަންޓްއިން ކޮށްފައިވާ އަސަރު ކުޑައެވެ. އަދި ފައިޒާ ވެކްސިންއަކީ ކުޑަކުދިން ޖަހަން އެންމެ ރައްކާތެރި ވެކްސިންކަމަށް އެ ކުންފުނިން ބުންޏެވެ. 5 އަހަރާއި 11 އަހަރާއި ދެމެ...

އަޒްފާ ރަޝީދު
ދުނިޔޭގެ އެންމެ ލަގްޒަރީ 18 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ 2 ރިސޯޓެއް

ދުނިޔޭގެ އެންމެ ލަގްޒަރީ 18 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ 2 ރިސޯޓެއް

ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިއްޖެއެވެ. ދުނިޔޭގެ 18 ހޮޓަލެއް ހިމެނިފައިވާ މިލިސްޓުގެ 5 ވަނަ އަދި 9 ވަނައިގައި ރާއްޖޭގެ ރިސޯޓްތައް ވަނީ ހިމެނިފައެވެ. މިގޮތުން 5 ވަނައިގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހިމެނިފައިވާއިރު، އަދި 9 ވަނައިގައި އޮތީ އަމިއްލަ މޯލްޑިވްސް ރިސޯޓްއެވެ. މި ލިސްޓްގެ 3 ވަނައިގައި އޮތް ކޮންޑްރެޑް މޯލްޑިވްސްއާއި ބެހޭ ގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، އެރިސޯޓްގައި ކަނޑުގެ އަޑީގައި އިމާރާތްކޮށްފައިވާ ރެސްޓޯރެންއެވެ. އަދި […]

އަޒްފާ ރަޝީދު
އަލިފާން ފަރުބަދައެއް ގޮވައި، ސްޕޭންގެ ލަ ޕާމާގެ އާއިލާތަކެއް ހާލުގައި ޖެހިއްޖެ

އަލިފާން ފަރުބަދައެއް ގޮވައި، ސްޕޭންގެ ލަ ޕާމާގެ އާއިލާތަކެއް ހާލުގައި ޖެހިއްޖެ

ސްޕޭންގެ ރަށް ބޭރުގައި އޮންނަ ލަ ޕާމާ ކިޔާ ރަށުގައި އަލިފާން ފަރުބަދައެއް ގޮވައި 5000 ހެއްހާ މީހުންގެ ގެދޮރަށް ގެއްލުންވެ ހާލުގައި ޖެހިއްޖެއެވެ. އަލިފާން ފަރުބަދަ ގޮވި ބާރުމިނުގައި ވިއްސައިގެން ދިޔަ ބޮޑެތި އަލިފާން ގަނޑުތައް މީހުން ދިރިއުޅޭ ގެތަކުގެ މައްޗަށް ވެއްޓެމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފަވެއެވެ. އެހިސާބުގައި ގިނަ އަދަދަކަށް އަލިފާން ފަރުބަތައް ގޮވަމުން އަންނަކަމަށާއި 5000 އެއްހާ މީހުން ހާލިގައި ޖެހި ރައްކާތެރި ހިސާބުތަކަށް ގެންސިއުމުގެ މަސައްކަތް ކުރަމުން އަންނަ...

އަޒްފާ ރަޝީދު
މަޝްޚޫރު ބޮކްސިން ކުޅުންތެރިޔާ މެނީ ޕަކުއިއާއޯ ފިލިޕީންސްގެ ރިޔާސީ ރޭހަށް

މަޝްޚޫރު ބޮކްސިން ކުޅުންތެރިޔާ މެނީ ޕަކުއިއާއޯ ފިލިޕީންސްގެ ރިޔާސީ ރޭހަށް

މަޝްޚޫރު ބޮކްސިން ކުޅުންތެރިޔާ މެނީ ޕަކުއިއާއޯ، އަންނަ އަހަރު އޮންނަ ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް އިޢުލާންކޮށްފި އެވެ. މެނީ މިހާރު ހުންނެވީ ފިލިޕީންސްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ. ރައީސްކަމަށް ކުރިމަތިލުމަށް ނިންމާ އެކަން އިޢުލާންކޮށް ވާހަކަދައްކަވަމުން މެނީ ބުނެފައިވަނީ، މިހާރުގެ ރައީސް ރޮޑްރިގޯ ޑުއެޓެރްޓޭސްގެ ސަރުކާރަކީ ޗައިނާއާއި މާ ގާތްގުޅުމެއް އޮންނަ ބޭފުޅެއްކަމަށާއި އޭނާގެ ސަރުކާރުވަނީ ކޮރަޕްޓްވެފައިކަމަށެވެ. ފިލިޕީންސްގެ ވެރިކަން ކުރާ ޕީ.ޑީ.ޕީ...

އަޒްފާ ރަޝީދު
ދެ ވަނައަށް ދުނިޔޭގެ އެންމެ ރައްކާތެރި ސިޓީ ގޮތުގައި ޓޮރޮންޓޯ

ދެ ވަނައަށް ދުނިޔޭގެ އެންމެ ރައްކާތެރި ސިޓީ ގޮތުގައި ޓޮރޮންޓޯ

ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބުރޫ އަރާފައިވާއިރު، އެންމެ ދުނިޔޭގެ އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގެ 2 ވަނައަށް ކެނެޑާގެ ޓޮރޮންޓޯ އަރައިފިއެވެ. އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓްގެ އެންމެ ސޭފް ސިޓީގެ ދިރާސާއަށް ބަލާއިރު، 60 ބައިނައްލަޤްވާމީ ސިޓީތައް ލިސްޓްގައި ހިމެނިފައިވެއެވެ. އަދި މިހުރިހާ ސިޓީއެއްގެ ޞިއްޚީ ހާލަތާއި، އިންފްރާންސް ސްޓްރަކްޗަރގެ ހާލަތާއި މާހައުލުގެ ރައްކާތެރިކަމަށް ބަލާފައިވެއެވެ. އޭޝިއާގެ ބައެއް ޤައުމުތަކުގެ ސިޓީތައްކަމަށްވާ، ޓޯކިޔޯ، ސިންގަޕޫރު އަދި އ...

އަޒްފާ ރަޝީދު
ދުނިޔޭގެ އެންމެ ބޮޑު ގަސް، އަލިފާނުން ސަލާމަތް ކުރުމަށް މަސައްކަތް ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު ގަސް، އަލިފާނުން ސަލާމަތް ކުރުމަށް މަސައްކަތް ފަށައިފި

ކެލިފޯނިއާގެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާނުން އެސަރަހައްދުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ގަސް ސަލާމަތްކުރުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވާންފަށައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ގަހުގެ ވަށައިގެން އެލުމިނިއަމް ބްލޭންކެޓް އަޅައި އަލިފާންގަނޑުން ގަސް ސަލާމަތްކުރުމަށްޓަކައި އެސަރަހައްދުގައި އަންނަނީ ގަސް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންނެވެ. ނެޝަނަލް ފަޔަރ ކޯޑިނޭޓިންގ ގްރޫޕާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ކޭ.އެން.ޕީ ކޮމްޕްލެކްސް އަލިފާންގަނޑު ސެޕްޓެމްބަރުމަހު 10 ވަނަ ދުވަހު...

އަޒްފާ ރަޝީދު
އަލްޖީރިއާގެ ކުރީގެ ރައީސް ބޫތަފްލިކާ އަވަހާރަވެއްޖެ

އަލްޖީރިއާގެ ކުރީގެ ރައީސް ބޫތަފްލިކާ އަވަހާރަވެއްޖެ

އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޫތަފްލިކާ އަވަހާރަވިކަން އަލްޖީރިއާއިން ހާމަކުރީ އިއްޔެއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 84 އަހަރެވެ. އަބްދުލްއަޒީޒް ބޫތަފްލިކާ އަލްޖީރިއާގެ ރައީސްކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރުއެވެ. އޭނާ ވަނީ ވިއްސަކަށް އަހަރު އެ ގައުމުގެ ވެރިކަން ކުރެއްވިއެވެ. ބޫތަފްލިކާގެ ވެރިކަން ނިމުމަކަށް އައީ އެމަނިކުފާނު 2019 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމަނިކުފ...

ހުސައިން ހަބީބް
ވޭޕް ކުރުމަށް ބޭނުންކުރާ، މިލިއަނަށްވުރެ ގިނަ އުފެއްދުންތައް އެފް.ޑީ.އޭއިން މަނާކޮށްފި

ވޭޕް ކުރުމަށް ބޭނުންކުރާ، މިލިއަނަށްވުރެ ގިނަ އުފެއްދުންތައް އެފް.ޑީ.އޭއިން މަނާކޮށްފި

އީ ސިގިރޭޓް ނުވަތަ ވޭޕްކުރަން ބޭނުން ކުރާ މިލިއަނަށް ވުރެ ގިނަ ބްރޭންޑްތަކެއް އެމެރިކާގެ ފުޑް އެންޑް ޑުރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ. ސިއްޙަތަށް އެތައް ގެއްލުމެއްވާ ސިނގިރޭޓްގެ ބަދަލުގައި ވޭޕް ކުރަން ފެށުންވެސް އެފް.ޑީ.އޭއިން ސިފަކުރަނީ ސިއްޙަތަށް ގެއްލުންހުރިކަމެއްގެ ގޮތުގައެވެ. ސެޕްޓެމްބަރު މަހުގައި އެޖެންސީއިން ވަނީ ވޭޕް ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އުފެއްދުންތަކަށް ހުއްދަ ނުދީ އެއެއްޗެހި މަނާ ކޮށްފައެވެ. 2007 ވަނަ އަހަރުން ފެށިގެން ވޭޕް ކުރާ އެކި ކަހަލަ ބްރޭން...

އަޒްފާ ރަޝީދު