ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބުރޫ އަރާފައިވާއިރު، އެންމެ ދުނިޔޭގެ އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގެ 2 ވަނައަށް ކެނެޑާގެ ޓޮރޮންޓޯ އަރައިފިއެވެ.
އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓްގެ އެންމެ ސޭފް ސިޓީގެ ދިރާސާއަށް ބަލާއިރު، 60 ބައިނައްލަޤްވާމީ ސިޓީތައް ލިސްޓްގައި ހިމެނިފައިވެއެވެ. އަދި މިހުރިހާ ސިޓީއެއްގެ ޞިއްޚީ ހާލަތާއި، އިންފްރާންސް ސްޓްރަކްޗަރގެ ހާލަތާއި މާހައުލުގެ ރައްކާތެރިކަމަށް ބަލާފައިވެއެވެ.
އޭޝިއާގެ ބައެއް ޤައުމުތަކުގެ ސިޓީތައްކަމަށްވާ، ޓޯކިޔޯ، ސިންގަޕޫރު އަދި އޮސާކާ ރައްކާތެރިކަމުގެ ލިސްޓްގެ ކުރީ ސަފުން އަބަދުވެސް ޖާގަ ހޯދަމުން އަންނަ އިރު، މިއީ ޔޫރަޕުގެ ސިޓީއެއް ސޭފްޓީ ލިސްޓްގެ ކުރިއަށް ޖެހި ފުރަތަމަ ފަހަރުކަމަށް އެޔުނިޓުން ހާމަކޮށްފައިވެއެވެ.
އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓްގެ އަހަރީ ރިޕޯޓްއަށް ބަލާއިރު، ރައްކާތެރި ސިޓީތަކުގެ އެންމެ ކުރީގައި އޮތީ ޑެންމާކުގެ ކޯޕަންހޭގަންއެވެ. އެސިޓީއަށް ލިބިފައިވަނީ 100 އަކުން 82.4 ޕޮއިންޓްއެވެ. 3 ވަނައިގައި އޮތް ސިންގަޕޫރަށް ލިބިފައިވަނީ 80 ޕޮއިންޓެވެ.
ލިސްޓްގެ އެއްވަނައިގެ ގޮތުގައި ކޯޕަން ހޭގަން ހިމެނިފައިވަނީ އެ ސިޓީގެ ކްރައިމް ރޭޓްމަދުވުމާއި، މިއީ ފަތުރުވެރިންނަށް ރައްކާތެރި ސިޓީއެއްގެ ގޮތުގައި އޮތުމުންނެވެ. ދެވަނައިގައި ޓޮރޮންޓޯ ހިމެނިފައިވަނީ ފާއިތުވި 2 އަހަރުގައި އެ ސިޓީގެ ސަލާމަތީ ކަންކަމަށް ބެލުމަށް ފަހުގައިކަމަށްވެސް އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޯޕަންހޭގަންއާއި ޓޮރޮންޓޯ ލިސްޓްގެ ކުރިން ޖާގަ ހޯދާފައިވަނީ އެ 2 ސިޓީވެސް ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއްކަމަށް ބެލެވިގެންނެވެ. ނެދަރލޭންޑްސްގެ އެމްސްޓަޑެމް ލިސްޓްގެ 6 ވަނައިގައި އޮތްއިރު، ނިއުޒިލޭންޑްގެ ވެލިންގްޓަން އޮތީ ލިސްޓްގެ 7 ވަނައިގައެވެ. ލިސްޓުގެ 9 ވަނައިގައި އޭޝިއާގެ ހޮންކޮންގ އަދި މެލްބަރން އޮތް އިރު، ސްވިޑެންގެ ސްޓޮކްހޯމް އޮތީ 10 ވަނައިގައެވެ.
އެމެރިކާގެ ސިޓީތަކުގެ ތެރެއިން ނިއުޔޯކް އެންމެ ކުރީގައި އޮތްއިރު، ސްޕެއިން އިން އެންމެ ކުރީގައި އޮތީ ބާސެލޯނާއެވެ. މި ލިސްޓުގައި ވޮޝިންގްޓަން ޑީސީ، ލަންޑަން އަދި ސެން ފްރެންސިސްކޯއަށް ވުރެ ފަހަތުގައި އޮތް އިރު، މިލިސްޓްގައި ދެން ހިމެނޭ ޤައުމުތަކަކީ، ނައިޖީރިއާގެ ލާގޯސް، އިޖިޕްޓްގެ ކައިރޯސް، ވެނުޒުއޭލާގެ ކަރަކަސް، ޕާކިސްތާނުގެ ކަރާޗީ އަދި މިޔަންމާގެ ޔަންގޮން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!