ކެރެލާގައި ފެންބޮޑުވެފައި އޮތުމުން، ކައިވެނީގެ ހަފްލާއަށް ދިޔައީ ބޮޑު ތެއްޔެއްގައި
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ކެރެލާގައި ފެން ބޮޑުވެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައި އޮތުމުން، ކައިވެނީގެ ހަފްލާއަށް ބޮޑު ތެއްޔެއްގައި ދެމީހުން ގޮސްފި އެވެ. މިދެމީހުން ދަަތުރުކުރި ތެއްޔަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ފައްޅީގައި ކައްކަން ގެންގުޅޭ ބޮޑު ތެއްޔެކެވެ. މިދެމީހުން ބޭނުންވީ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތައް ކޮންމެވެސް އެއްޗެއްގައި ނުތެމި ދިއުމަށެވެ. އެގޮތުން އެވަގުތު އެންމެ އަވަހަށް އަތުޖެހުނު އެއްޗަކީ އެތެލިކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ....