ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ކެރެލާގައި ފެން ބޮޑުވެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައި އޮތުމުން، ކައިވެނީގެ ހަފްލާއަށް ބޮޑު ތެއްޔެއްގައި ދެމީހުން ގޮސްފި އެވެ.
މިދެމީހުން ދަަތުރުކުރި ތެއްޔަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ފައްޅީގައި ކައްކަން ގެންގުޅޭ ބޮޑު ތެއްޔެކެވެ. މިދެމީހުން ބޭނުންވީ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތައް ކޮންމެވެސް އެއްޗެއްގައި ނުތެމި ދިއުމަށެވެ. އެގޮތުން އެވަގުތު އެންމެ އަވަހަށް އަތުޖެހުނު އެއްޗަކީ އެތެލިކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކެރެލާގައި މިހާރު ފެންބޮޑުވެ އެތަކެއް ގޮންޖެހުމެއް ކުރިމަތިވެފައިވުމުން، ކައިވެނިކޮށްދޭ ފައްޅިން މިދެމީހުންގެ ކައިވެނި ފަސްކުރުމަށް އެމީހުންގެ ކައރިން ވަނީ އެދިފައެވެ. ނަމަވެސް މި ދެމީހުން ކައިވެނި ކުރަން އޮތް ދުވަސް ބަދަލްކުރަން ބޭނުންނުވާކަމަށް ބުނެ ފައްޅީގައި ކައްކަން ބޭނުންކުރާ ތެއްޔަކަށް އަރައިގެން ގޮސް ވަނީ ކައިވެނިކޮށްފައެވެ.
ކައިވެނި ކުރި ދެމީހުން ތެލީގައި ތިބެގެން ފޮޓޯ ގްރާފަރަކާއި ތެލި ފައްޅިއާއި ހަމައަށް ގެންދިއުމަށް ދެމީހަކު އެހީތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންނެވެ. އަދި ކައިވެނި ކުރަން ދިއުމަށް ކާރެއްގެ ބަދަލުގައި މޫދުގައި ބޭނުންކުރާ އުޅަނދެއް ހަމަޖެއްސުން ނަމަ މިއަދު މާ ރަގަޅުވީސްކަމުގައި އެމީހުންވަނީ ބުނެފައެވެ. ނަމަވެސް މިއީ ސަމާލުކަން ހޯދަންކުރި ކަމެއްކަމަށް ބުނެ މިދެމީހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
#VIDEO | A bride and a groom in flood-affected Alappuzha of #Kerala were ferried to Panayannurkavu Devi Temple in a cooking vessel for their wedding. Bride Aishwarya, resident of Ambalapuzha, & groom Akash, resident of Thakazhi, are both health workers. (ANI) #KeralaRains pic.twitter.com/XJGqWGke1k
— G Plus (@guwahatiplus) October 18, 2021
އިންޑިއާގެ ދެކުނުގެ ސަރަޚައްދުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ކެރެލާ ސްޓޭޓްއަށް އެކި ވަރުގެ ގެއްލުންތައްވަނީ ވެފައެވެ. އެގޮތުން އިމާރާތްތަކާއި ބްރިޖްތަކެއް ވެއްޓުމުގެ އިތުރުން ކޯރުތަކުގައި ފެންބޮޑުވެ މިހާތަނަށް 27 މީހުން މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ.
ވާރޭ ވެހި ފެންބޮޑުވެފައިވާ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމަށް އިންޑިއާ އާމީގެ ނެޝަނަލް ޑިސާސްޓާ ރެސްޕޮންސް ޓީމް އިން އަންނަނީ އެސަރަޚައްދުތަކުގައި ޚަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!