އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭ ވެހި، ބިންގަނޑު ކަނޑައިގެންގޮސް 19 މީހުން މަރުވެއްޖެއެވެ.
ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކެރެލާ ސްޓޭޓްއަށް ބޯކޮށް ވާރޭ ވެހި ވިލެޖްތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
އެންމެ ބޮޑެތި ގެއްލުންތަައްވެފައިވާ ކޮށްޓަޔަމް ޑިސްޓްރީކްޓްއާއި، އިދުއްކީގައި ބިންގަނޑު ކަނޑައިގެންގޮސް ފާރުތައް ވެއްޓި، ފެން ބޮޑުވެ 19 މީހަކު މަރުވެފައިވާކަމަށް އިންޑިއާގެ މީޑިއާއެއްކަމަށް އިންޑިއާ ނިއުސް އެޖެންސީއާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވެއެވެ.
ގެތަކާއި ފާރުތައް ވެއްޓިފައިވާއިރު، ގެއްލިގެން ރިޕޯޓްކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް އިންޑިއާ އާމީގެ ނެޝަނަލް ޑިސާސްޓާ ރެސްޕޮންސް ޓީމް އިން އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ގެއްލިގެން ހޯދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތަކުގައި ބަސްތައް ނުދުއްވި، ބަހުން މީހުން ބާލާ މަންޒަރުވެސް ޓީވީ ތަކުން އަންނަނީ ދައްކަމުންނެވެ.
ވާރޭ ވެހި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެރިކަން ފޯރުކޯށްދިނުމަށް 100 ޓެންޓް ޖަހާފައިވާކަމަށް ކެރެލާގެ ސްޓޭޓް މިނިސްޓާ ޕިނަރާޔީ ވިޖަޔަން ވަނީ ވިދާޅުވެފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހާލުގައި ޖެހުނު މީހުންގެ ހާލު ބެއްލެވުމަށް ކެރެލާގެ ޗީފް މިނިސްޓާއި ގުޅުއްވައި، ހާލުގައި ޖެހިގައިވާ މީހުންނަށް އެހީވުމަށް ރެސްކިއު ޓީމްތައް ހަރަކާތްތެރިވަމުން އަންނަކަމަށް ޓްވީޓްކުރައްވާފައެވެ. އަދި ވިއްސާރައިގައި ބިންފައި މަރުވެގެންގޮސްފައިވާ މީހުންގެ އާއިލާތަކަށް އެމަނިކުފާނުވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
2018 ވަނަ އަހަރުވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުުގެ ސަބަބުން އެތައްހާސް ބައަކު ހާލުގައި ޖެހި 223 މީހުން މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!