ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބަައިވެރިވާ ކުޑަކުދިންނަށް ފުލުހުން އަނިޔާކުރާކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ކޯވިޑް 19 ގުޅިގެން ބެންކޮކް ބަންދުކޮށްފައި އޮތުމާއި އެކު، އެކަމާއި ދެކޮޅަށް ޒުވާނުންނާއި މެދު އުމުރުގެ ކުދިން މަގުތަކުގައި ކުރަމުންދާ މުޒާހިރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނަ ވަގުތުތަކުގައި ހާއްސަކޮށް ކުޑަކުދިންނަށް އަނިޔާކުރަމުން އަންނަކަން މުޒާހިރާގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

މުޒާހިރާގެ ބައިވެރިން ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުން ބާރު ބޭނުންކޮށް ޕެޓްރޯލް ބޮމާއި، ކަރުނަ ގޭހާއި، ރަބަރު ބުލެޓް ވެސް ޖަހަނީ ސީދާ މުޒާހަރާގައި ބައިވެރިވާ ކުޑަކުދިންނަށް އަމާޒުކޮށްކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ބެންކޮކްގެ ޑިން ޑައެންގް އިންޓަރސެކްޝަންގައި ކުރިއަށްދާ މިމުޒާހަރާތަކުގައި 11 އަހަރުން ދަށުގެ ކުދިން ހިމެނޭކަަމަށް ބައިނައްލަޤްވާމީ މީޑިއާތަކުގައި ބުނެފައިވާއިރު، އެކުދިން މުޒާހަރާ ކުރަމުން އަންނަނީ، ސްކޫލްތަކުން ކުދިން ކަނޑަމުންދާދިއުމާއި ގުޅިގެންނެވެ. ގިނަ ކުދިންގެ މައިންބަފައިން ކޮވިޑް 19 ގައި މަރުވެފައިވާކަން ފާހަގަކޮށް އެކުދިންނަށް ކިޔެވޭނެ އިތުރު ގޮތެއް ގޮތްތައް ސަރުކާރުން ހޯދަދިނުމަށް އެދި ސަރުކާރަށް ގޮވާލަމުންނެވެ.

ތައިލެންޑްގެ ބެންކޮކްގެ މަގުމަތީގައި ކުރިއަށްދާ މުޒާހިރާތައް ހޫނުވެ މިހާތަނަށް 1،458 ކުއްޖަކު ބަންދުކޮށް އެކުދިންނާއި ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަށްވެސް މުޒާހަރާގެ ބައިވެރިންނާއި ހަވާލާދީ ޚަބަރުތަކުގައި ބުނެފައިވެއެވެ.

އަދި މިގޮތަށް އެކުދިންނާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅައިފިނަމަ އެންމެ މަދުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއްވެސް ވަނޯ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.