މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,701 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 195 ވަނަ ޞަފްޙާ

އިންސާނުންގެ ލެއިންވެސް ޕްލާސްޓިކުގެ އަސަރު

އިންސާނުންގެ ހަށިގަނޑުގައި ހުންނަ ލޭގައި ޕްލާސްޓިކުގެ އަސަރު ހުރޭތޯ ބަލަން ފުރަތަމަ ފަހަރަށް ކުރި ދިރާސާ އިން ކޮންމެ 10 މީހަކުން 8 މީހެއްގެ ލެއިން ޕުލާސްޓިކު ފެނިފައިވާކަމަށް ދައްކައިފި އެވެ. ތިމާވެށީގެ ބައިނަލްއަގުވާމީ އެންވައިރަމެންޓް އިންޓަނޭނަލް މަޖައްލާގައި ޝާއިއު ކުރެވިފައި މި ރިސާރޗް އިން ދައްކާ ގޮތުގައި، ޓެސްޓުކޮށް ބެލުން ލޭގެ ސަސާމްޕަލް ތަކުން 77 އިންސައްތަ ލޭގައި ޕުލާސްޓިކުގެ އެތިކޮޅުތައް ހުއްޓެވެ. މި ޕްލާސްޓިކުގެ ތެރޭގައި އެތައް ބާވަތެއް އެއްކޮށްގެން އުފައްދާފައިވާ 4 ވައްތަރެއްގެ […]

އިބްރާހިމް އަސްވާޤް
ޗައިނާއިން ލޯނު ނަގައިގެން ލަންކާއިން ޗައިނާގެ ލޯނު އަނބުރާ ދައްކަނީ

ޗައިނާއިން ލޯނު ނަގައިގެން ލަންކާއިން ޗައިނާގެ ލޯނު އަނބުރާ ދައްކަނީ

ސްރީ ލަންކާއިނ ޗައިނާއިން މިހާތަނަށް ނަގާފައިވާ ލޯނުތައް ދައްކަން ޗައިނާއިން އަނެއްކާވެސް ލޯނެއް ނަގާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ލަންކާއިން ޗައިނާ އަތުން މިފަހަރު ނަގަނީ އެއް ބިލިއަން ޑޮލަރުގެ ލޯނެކެވެ. ލަންކާގައި ހުންނަ ޗައިނާ އެމްބަސީން މިދިޔަ ހަފްތާގައި ބުނީ 1 ބިލިއަން ޑޮލަރުގެ ލޯނާއި 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކަށް ލަންކާ ސަރުކާރުން ޗައިނާ ސަރުކާރުގައި އެދިފައިވާ ކަމަށެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ޗައިނާއިން ނެގުމަށް އެ […]

އަޙްމަދު ވަހީދު
ގިނަ މުސްލިމް ގައުމުތަކަށް ރޯދަ މަސް ފެށޭނީ އަންނަ މަހު 2 ގައި

ގިނަ މުސްލިމް ގައުމުތަކަށް ރޯދަ މަސް ފެށޭނީ އަންނަ މަހު 2 ގައި

ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކަށް މިއަހަރުގެ ރޯދަ މަސް ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ބުނެފިއެވެ. އެ އިދާރާއިން ބުނީ މިއަހަރުގެ ޝައުބާން މަސް ފެށީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. އެހެންވެ ރޯދަޔަށް ހަނދު ބަލާނީ މި މަހުގެ 29 ގައި ކަމަށްވެސް ވަނީ ބުނެފައެވެ. މުސްލިމް ގައުމުތަކުން ރޯދަ މަހުގެ ހަނދު ސާބިތު ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު އިންސާނާގެ […]

އަޙްމަދު ވަހީދު
އިތުރު 5000 ޕްލެނެޓް ފެނިއްޖެ

އިތުރު 5000 ޕްލެނެޓް ފެނިއްޖެ

ދުނިޔެ (އާރތު) ހިމެނޭ ސޯލާ ސިސްޓަމުން ބޭރުގައި އިތުރު 5،000 އެއްހާ ޕްލެނެޓްތައް ވާކަމަށް ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީން ޔަގީންކޮށްފިއެވެ. އެ އިދާރާގެ ހޯދުންތަކުން އެ ޕްލެނެޓްތަކުގެ ތެރޭގައި ދުނިޔެއާ އެއްވަރުގެ ޕްލެނެޓްތަކާއި ޖުޕިޓާއަށްވުރެ ބޮޑު ގޭސް ޕްލެނެޓްތައް ވަނީ ފެނިފައެވެ. ނަމަވެސް އެ ޕްލެނެޓްތަކާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ސައިންސްވެރިންނަށް ހޯދިފައި ނެތެވެ. މިހާތަނަށް ޔަގީންކޮށްފައިވާ ޕްލެނެޓްތަކުގެ ތެރެއިން 30 އިންސައްތަ ޕްލެނެޓަކީ ގޭސް ޖަޔަންސްޓްއެވެ. އަދި 31 އިންސައްތަ ސު...

އަޙްމަދު ވަހީދު
ޗައިނާއިން މުދާ ގެނައުމުގައި ލަސްކަމެއް

ޗައިނާއިން މުދާ ގެނައުމުގައި ލަސްކަމެއް

ޗައިނާއިން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އަނެއްކާވެސް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ. ފުޅާ ދާއިރާއެއްގައި ޗައިނާއިން ރާއްޖެ އަށް މުދާ އެތެރެކުރަމުން ދާ ވިޔަފާރިވެރިން މިކަމާއި ގުޅިގެން މިނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ، މިފަހަކަށް އައިސް ޗައިނާއިން މުދާ އެތެރެކުރުމުގައި އެކި އެކި ސަބަބު ތަކާއިހުރެ މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތި ވަމުން އަންނަ ކަމަށެވެ.  އެގޮތުން ގިނަ ބޯޓުތައް ޗައިނާ ކޮޅުން ފުުރުމަށް ފަހު މެލޭޝިޔާގައި ގިނަދުވަސްވަންދެން ތާށިވާކަމަށް ފާހަގަ ކުރި އެވެ. ވަރަށް […]

އަލީ އާދިލް
ގެއްލުނު މެލޭޝިއާގެ ބޯޓު އޮތީ ވޭމަންޑޫ ކައިރީގައި ކަމަށް ލަފާ ކޮށްފި

ގެއްލުނު މެލޭޝިއާގެ ބޯޓު އޮތީ ވޭމަންޑޫ ކައިރީގައި ކަމަށް ލަފާ ކޮށްފި

މީގެ އަށް އަހަރު ކުރިން ގެއްލުނު މެލޭޝިއާގެ އެއާލައިން އެމްއެޗް370 ބޯޓު އޮތީ ތ. ވޭމަންޑޫ ކައިރި ކަނޑުގެ ސަރަހައްދެއްގައި ކަމަށް ލަފާ ކޮށްފިއެވެ. މެލޭޝިއާގެ އެއާލައިންގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014ވަނަ އަހަރުއެވެ. އެ އެއާލައިނުން 239 މީހުން ދަތުރު ކުރި އިރު މިހާތަނަށް އެ ފްލައިޓަށް ވީ ނުވީއެއް ނޭނގެއެވެ. އެ ފްލައިޓު ކުއަލަލަމްޕޫރުން ނައްޓާލީ މާޗް 8، 2014 ގައެވެ. ނައްޓާލިތާ 38 މިނެޓް ފަހުން އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން މެދުކެނޑުނެވެ. […]

އަޙްމަދު ވަހީދު
އިންޑިޔާގައި ބޮޑު ސްކޭމެއް: ހިލޭ މެޑިކަލް ޗެކްއަޕް ހެދި ބައެއްގެ ނަމުގައި ލޯންތަކެއް

އިންޑިޔާގައި ބޮޑު ސްކޭމެއް: ހިލޭ މެޑިކަލް ޗެކްއަޕް ހެދި ބައެއްގެ ނަމުގައި ލޯންތަކެއް

އިންޑިޔާގެ އަވަށެއްގައި ހިލޭ މެޑިކަލް ޗެކްއަޕް ހައްދައިދިން ކުންފުންޏަކުން އެތަނަށް ދިޔަ ކަސްޓަމަރުންގެ އައިޑެންޓިޓީ ބޭނުންކޮށްގެން ލޯންތަކެއް ނަގާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ، ދެ ކުންފުންޏަކުން ހިލޭ މެޑިކަލް ޗެކްއަޕް ކޭމްޕެއް ބާއްވާ 287 މީހެއްގެ ނަމުގައި ބޭންކްއިން ލޯންތަކެއް ވަނީ ނަގާފައިވާ ކަމަށެވެ. ހިލޭ މެޑިކަލް ޗެކްއަޕް ހެދުމަށްކަމަށް ބުނެ އެމީހުންގެ މުޙިއްމު ބައެއް ލިޔެކިޔުންތަކާއި އައިޑީ ކާޑްގެ ކޮޕީ ހޯދާފައިވާކަމަށް ފުލުހުން ކޮށްފައިވާ ތަހު...

އަޒްފާ ރަޝީދު
ސައުދީގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި

ސައުދީގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި

ސައުދީ އަރަބިއްޔާގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި އެވެ. ސައުދީގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން މިއަގުތައް ބޮޑުކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެގައުމުގެ ޓެކްސީ ތަކުގައި ބޭނުން ކުރަމުން އަންނަނީ މީޓަރ ސިސްޓަމް ތަކެވެ. އެގޮތުން، ސިޓީތަކުގެެ ތެރޭގައި ދަތުރު ކުރުމަށް 4 މީހުންނަށް ދަތުރު ކުރެވޭ ޓެކްސީއެއްގައި މިހާރު ކަނޑައަޅާފައިވަނީ ދަތުރެއް ފެށުމަށް 10 ރިޔާލެވެ. މި ބަދަލާއި އެކު މީގެ ކުރިން އިތުރަށް ދުއްވާ ކިލޯ މީޓަރަކަށް ޗާޖު ކުރަމުން އައި 1.8 ރިޔާލުގެ ބަދަލުގައި މިހާރު...

ޝިއުނާ އާދަމް
ސުމަތުރާ އަށް 6.6 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

ސުމަތުރާ އަށް 6.6 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭސިޔާގެ ދެކުނު ސުމަތުރާ އަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ. މިބިން ހެލުން އައިސްފައިވަނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 02:09 ގައެވެ. މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ބިންހެލުން އައި ސަރަހައްދާއި އައްޑޫ ސިޓީ އާއި 2858 ކިލޯ މީޓަރ ދުރުމިން ހުންނަ ކަމަށެވެ. An earthquake of 6.6 has occurred near Southern Sumatra, Indonesia. […]

އަލީ އާދިލް
ދުބާއީގެ ވެރިޔާ، ރޯދަ މަހަށް "އެއް ބިލިއަން މީލްސް" ކެމްޕޭނެއް ފަށައިފި

ދުބާއީގެ ވެރިޔާ، ރޯދަ މަހަށް "އެއް ބިލިއަން މީލްސް" ކެމްޕޭނެއް ފަށައިފި

ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ނައިބުރައީސް އާއި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އެއް ބިލިއަން މީލްސް ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނުގެ ބޭނުމަކީ ރޯދަ މަހު ކާބޯތަކެތި ހޯދަން ދަތި މީހުންނަށް ކެއުން ދިނުމެވެ. މިއީ އޭނާ މުޅި ދުނިޔެއަށް ހުޅުވާލައިގެން ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭން މިއަހަރުގެ ރޯދަ މަސް ނިމެންދެން ކުރިއަށްދާއިރު އަންނަ އަހަރުގެ ރޯދަ މަހު ވެސް ބާއްވަން ވަނީ ރާވާފައެވެ. […]

އަޙްމަދު ވަހީދު
ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 6 މިލިއަނަށް

ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 6 މިލިއަނަށް

ކޮވިޑް19 ގައި މުޅި ދުނިޔެ އިން މަރުވި މީހުންގެ އަދަދު 6,042,035 އަށް އަރައިފިއެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބު ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް19 އަށް 451,040,382 މީހުން ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތައް އާންމު ހާލަތަށް ރުޖޫއަ ކުރަމުން އަންނަ އިރު ހިސާބުތަކުން ދައްކަނީ މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުވެފަައިވާކަމަށެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދަކީ 11،000 އެވެ. ނަމަވެސް ފާއިތުވި ފެބްރުއަރީ...

އަޒްފާ ރަޝީދު
ޓިކްޓޮކްގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާތީ ތަހުޤީގެއް

ޓިކްޓޮކްގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާތީ ތަހުޤީގެއް

ޓިކްްޓޮކްގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ބުނެ އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތަހުޤީގުކުރަން ފަށައިފިއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ބާޓިސަން ގްރޫޕަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ތަހުޤީގަކީ ޓިކްްޓޮކްގެ ސަބަބުން ޒުވާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވޭތޯ ބެލުމަށާއި ޓިކްޓޮކަކީ ޒުވާނުންނާއި ޅަ އުމުރުގެ ކުދިންނަށް އެކަށީގެންވާ ޕްލެޓްފޯމްއެއްތޯ ބެލުމެވެ. އަދި މި އެޕްގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ޒުވާން އުމުރު ފުރައި...

އަޒްފާ ރަޝީދު
ކޮވިޑާއި ގުޅިގެން ސައުދީގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލައިފި

ކޮވިޑާއި ގުޅިގެން ސައުދީގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑިޔާ ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މި ހޮނިހިރު ދުވަހުން ފެށިގެން އުވާލާން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާތްވެގެންވާ ދެ ހަރަމާއި، ސައުދީގެ ހުރިހާ މިސްކިތެއްގައި އިޖުތިމާއީ ގައިދުރުކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތްތަކ...

ޖަލްވާން ޖާދުﷲ
ހޮނިހިރު ދުވަހުގެ ފަހުން ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަށް ބުނެފި

ހޮނިހިރު ދުވަހުގެ ފަހުން ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަށް ބުނެފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަވަށްޓެރި ސްރީ ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރި ފިޔުލް ސްޓޭޝަނަކަށް ތެޔޮ ފޮނުވަން ފަށަން ނިންމާފައިވާ ކަމަށެވެ. އެ ގައުމުގެ މާލީ ހާލަތު ދަށްވެ ތެޔޮ ގަންނާނެ ލާރިއެއްވެސް ބަޖެޓުގަ ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން ދުވާލަކު ހަތް ގަޑިއިރާ 30 މިނެޓަށް ލަންކާއިން ކަރަންޓު ކަނޑާލައެވެ. ހޮނިހިރު ދުވަހުން ފެށިގެން ކަރަންޓު […]

އަޙްމަދު ވަހީދު
މިސްރާއި ޗައިނާއިން ފަލަސްތީނަށް ބައި މިލިޔަން ވެކްސިން ހަދިޔާކޮށްފި

މިސްރާއި ޗައިނާއިން ފަލަސްތީނަށް ބައި މިލިޔަން ވެކްސިން ހަދިޔާކޮށްފި

ކޮވިޑް 19 ގެ ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް މިސްރާއި ޗައިނާއިން ފަލަސްތީނަށް 500،000 ވެކްސިން ހަދިޔާކޮށްފިއެވެ. ޗައިނާ އެމްބަސީ އަދި މިސްރުގެ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މިސްރުގެ ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ވެކްސިންތަކެކެވެ. އަދި ފަލަސްތީންގެ ރައްޔިތުން ކޮވިޑް 19 އިން ދިފާޢުވުމަށް ވެކްސިން ހަދިޔާކޮށްފައިވާކަމަށް އެމްބަސީއިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ހާމަކޮށްފައިވެއެވެ. މިކަން އިޢުލާންކޮށްފައިވަނީ މިސްރުގެ ވަކްސެރާސް ހެޑްކުއާޓާޒްގައި ބޭއ...

އަޒްފާ ރަޝީދު