ސްރީ ލަންކާއިނ ޗައިނާއިން މިހާތަނަށް ނަގާފައިވާ ލޯނުތައް ދައްކަން ޗައިނާއިން އަނެއްކާވެސް ލޯނެއް ނަގާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ލަންކާއިން ޗައިނާ އަތުން މިފަހަރު ނަގަނީ އެއް ބިލިއަން ޑޮލަރުގެ ލޯނެކެވެ. ލަންކާގައި ހުންނަ ޗައިނާ އެމްބަސީން މިދިޔަ ހަފްތާގައި ބުނީ 1 ބިލިއަން ޑޮލަރުގެ ލޯނާއި 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކަށް ލަންކާ ސަރުކާރުން ޗައިނާ ސަރުކާރުގައި އެދިފައިވާ ކަމަށެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ޗައިނާއިން ނެގުމަށް އެ ގައުމުން އެދިފައިވާ 1 ބިލިއަން ޑޮލަރުގެ ލޯނު ފައިސާ ބޭނުން ކުރުމަށް ލަންކާ ސަރުކާރުން އުންމީދު ކުރަނީ، ޗައިނާގެ ބޭންކުތަކުން ކުރިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ކަމަށެވެ.
ލަންކާއަށް ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާކޮށްދޭން ވެސް ލަންކާއިން ވަނީ އެދިފައެވެ. ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.
ލަންކާގެ ދަރަނި ބޮޑުވެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅާފައެވެ. މި އަހަރު އެކަނި ވެސް ލަންކާއިން 6.9 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެބަ އޮތެވެ.
މިދިޔަ ފެބުރުއަރީގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވް ވަނީ 2.3 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!