ބްރެޒިލްގައި އެކްސް މަނާކުރުމާ ގުޅިގެން އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ރުޅިގަދަވެއްޖެއެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެކްސް ސޯޝަލް ނެޓްވޯކް އެގައުމުގައި ބޭނުން ކުރުން މަނާ ކުރުމަށް އަމުރުކުރުމާއި ގުޅިގެން އެ ކުންފުނީގެ ވެރިޔާ އިލޮން މަސްކް ވަނީ މިކަމާ ގުޅިގެން ބްރެޒިލްގެ ފަނޑިޔާރު އެލެކްސަންޑްރޭ ޑި މޮރާއިސްއަށް ފާޑުކިޔާފައެވެ.

Ad
rt

ފަނޑިޔާރު މޮރާއިސް މި އަމުރު ނެރުއްވާފައިވަނީ އެކްސް ޕްލެޓްފޯމްގައި ޤާނޫނާ ޚިލާފު ކޮންޓެންޓް ހުރިކަމަށް ބުނެއެވެ. އަދި މި އަމުރާ ޚިލާފުވެއްޖެނަމަ ދުވާލަކަށް 20،000 ޑޮލަރުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މަސްކް ވަނީ އޭނާގެ އެކްސް އެކައުންޓުގައި ފަނޑިޔާރު މޮރާއިސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ އަމުރަކީ ބްރެޒިލްގެ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މަސްކް ވަނީ ބްރެޒިލްގެ ރައްޔިތުންނަށް ވީޕީއެން ބޭނުންކޮށްގެން އެކްސް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.

މި މައްސަލައިގައި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ ފަނޑިޔާރު މޮރާއިސްގެ ނިންމުމަށް ތާއީދުކުރައްވާފައެވެ. އަދި މިފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.