އަރަބިންގެ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ރާއްޖެއިން ތާއީދު
އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުން ކުދިކުދިކޮށް ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ޕްލޭނަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުނުކޮށް ޣައްޒާ އަލުން ބިނާކޮށް އާރާސްތުކޮށް، ޣައްޒާގެ އިދާރީކަންކަން ބެލެހެއްޓުން ވަގުތީގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ ހަވާލުކުރުމުގެ މައްޗަށް މިސްރުން ހުށަހެޅި ޕްލޭނަށް، ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ރުހުން ދީ...