މައިކްރޯސޮފްޓުން އަމިއްލަ އޭއައި ރީޒަނިންގ މޮޑެލްތަކެއް ތަރައްޤީކޮށް، އޯޕަން އޭއައި އާ ވާދަކުރުމަށްޓަކައި ޑިވެލޮޕަރުންނަށް ވިއްކުމަށް ރޭވުންތަކެއް ރާވަމުންދާކަމަށް "ދަ އިންފޮމޭޝަން" ގެ ރިޕޯޓެއްގައި ބުނެފިއެވެ.

މައިކްރޯސޮފްޓްގެ މި މަސައްކަތުގައި ބައިވެރިވާ ފަރާތަކާ ހަވާލާދީ ދަ އިންފޮމޭޝަން އިން ބުނީ އެ ކުންފުނިން، އޯޕަން އޭއައި އަށް ބޮޑު އަދަދެއްގެ އިންވެސްޓްމަންޓް ކޮށްފައިވީނަމަވެސް، އެމް.އައި ޓީމުން "އެމް.އޭ.އައި" ނަމުގައި މޮޑެލްތަކެއް ތަރައްޤީކޮށް ނިންމާފައިވާކަމަށެވެ. މި މޮޑެލްތަކަކީ އޯޕަން އޭއައި އަދި އެންތްރޮޕިކް ފަދަ ލީޑިންގ ކުންފުނިތަކުގެ މޮޑެލްތަކާ އެއްވަރުގެ ޤާބިލުކަން ހުރި މޮޑެލްތަކެއް ކަމަށް ބެންޗްމާކްތަކުން ދައްކައެވެ.

Ad
rt

އަދި މީގެ އިތުރުން، މައިކްރޯސޮފްޓްގެ އޭއައި ޑިވިޜަންގެ ވެރިޔާކަމުގައިވާ މުސްތަފާ ސުލައިމާންގެ ޓީމުން "ޗެއިން-އޮފް-ތޯޓް" ޓެކްނީކްތައް ބޭނުންކުރާ ރީޒަނިންގ މޮޑެލްތަކެއްވެސް ތަރައްޤީކުރަމުން ގެންދާކަމަށް ރިޕޯޓުގައި ބުނެއެވެ. މި ޓެކްނީކްތަކަކީ ބޮޑެތި އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި މެދުމިނުގެ ވިސްނުމުގެ ޤާބިލުކަން ބޭނުންކޮށްގެން ޖަވާބު އުފައްދާ ޕްރޮސެސްއެކެވެ.

މައިކްރޯސޮފްޓްގެ ކޯޕައިލެޓް ޕްރޮޑަކްޓްގައި އޯޕަން އޭއައިގެ މޮޑެލްތަކުގެ ބަދަލުގައި ސުލައިމާންގެ ޓީމުން މިހާރުވެސް އެމް.އޭ.އައި މޮޑެލްތައް ޓެސްޓުކުރަމުންދާކަމަށް ރިޕޯޓުގައި ބުނެއެވެ.

"ފައި" ކިޔާ މޮޑެލްތަކަށްވުރެ މާ ބޮޑެތި މި މޮޑެލްތައް، މިއަހަރުގެ ފަހުކޮޅު އެޕްލިކޭޝަން ޕްރޮގްރާމިންގ އިންޓަރފޭސްއެއްގެ ގޮތުގައި ދޫކުރުމަށް ވިސްނާފައިވާކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއިން ބޭރުގެ ޑިވެލޮޕަރުންނަށް އެމީހުންގެ އެޕްލިކޭޝަންތަކުގައި މި މޮޑެލްތައް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެ ކުންފުނިން އިތުރު އޭއައި މޮޑެލްތައް ޓެސްޓްކުރަމުންދާކަމަށްވެސް ރިޕޯޓުގައި ބުނެއެވެ. މީގެ ތެރޭގައި xAI، މެޓާ، އަދި ޑީޕްސީކް ފަދަ ކުންފުނިތަކުގެ މޮޑެލްތައް ހިމެނެއެވެ. މިއީ އޯޕަން އޭއައި އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މައިކްރޯސޮފްޓުން އަޅަމުންދާ ފިޔަވަޅުތަކެއްކަމަށް ބެލެވެއެވެ.

މިކަމާގުޅޭގޮތުން މައިކްރޯސޮފްޓާއި އޯޕަން އޭއައިން ވެސް އެއްޗެއް އެއްޗެއް ބުނެފައެއް ނުވެއެވެ.