ކުރީގެ އަދަދާއިގުޅޭ، ” ބައްޕައަށް އެނގެޔޭ ހުރިހާ އެއްޗެއްވެސް.. ހުއްޓާލައިގެން ތައްޔާރުވޭ އަވަހަށް.. ޖާބިރަށް މިގުޅަނީ..” ފަހުމީގެ އޯގާތެރި ބަސްތަކުން އުޝާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނު ކަހަލައެވެ. *** އުޝާއާ ނޫޙުގެ ސާމާނުތައް ކާރަށް އެރުވުމަށްފަހު ޖާބިރު އެތެރެއަށްވަނީ ނޫޙު ބަލައެވެ. އޭރު ނޫޙު ކޮނޑުމަތީގައި ބާއްވައިގެން އުޝާ ހުރީ ސިޓިންރޫމްގައެވެ. ” އަހަރެން މިދަނީ މަންމައަށް ގޮވާލާފަ..” ޖާބިރު ފެނުމާއެކު އުޝާ ބުނެލިއެވެ. އުޝާ އިތުރަށް ވަގުތު ބޭނުންވާކަން އެނގުމުން، ޖާބިރު އަވަސް އަވަ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” މިރޭ އުޝާވެސް އަހަރެމެންގެއަށް އަންނަންވާނެ! މާދަމާ ހެނދުނު ކައިވެނި އޮންނާނެއެއްނު! ބިޔުޓީޝަން ރައީފާވެސް އެގަޑިއަށް ގެއަށް އަންނާނެ! ” ނަވީން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން އުޝާ ކޮންމެވެސް ވަރަކަށް ޖެހިލުންވަމުންދިޔައެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ގެއަށް ގޮސް އަމީރާމެންނާ ކުރިމަތިލާނެ ގޮތެވެ. ޚާއްސަކޮށް ޒައިންއާ ދިމާވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. *** ” މިރޭ ގޭގަ މަޑުކޮށްލަން ބޭނުންވަނީ!” ޖާބިރު ފެނުމާއެކު އުޝާ ބުނެލިއެވެ. އެ...
ސަލާމާ ޢަބްދުލް ޢަލީމް
ރިބާގެ މުޢާމަލާތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމުވެފައިވާ ވަބާއެކެވެ. ގިނަ ފަހަރަށް ރިބާގެ މުޢާމަލާތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މެހިގަންނަނީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ނެތިއެވެ. ކަމުގެ ނުރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ. ރިބާގެ މުޢާމަލާތްތަކާއި ލޯނުތަކާއި އިންޓްރެސްޓަކީ މާ ބޮޑު ކަމެއް ކަމުގައި ނުދެކެއެވެ. އާދެ، ރިބާއަކީ ދީނީގޮތުން ބަލާއިރު އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތުން އެއްކިބާ ނުވާ މީހުންނަށް މާތް ﷲ ވަނީ އެ...
ޝެއިޚް ޝަފީއު އަބްދުﷲ
އެކުވެރިކަމާއި އަވައްޓެރިކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. “ރުޅި މަތަކުރުމުގެ ޖަޒާއަކީ ސުވަރުގެއެވެ.” މި މައުޟޫއަށް ކުރިއަށްގެންދިޔަ މިއަދުގެ ހުކުރު ހުތުބާގައި ރުޅި މަތަ ކުރުމަކީ އެހާ މުހިންމު ކަމަކަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަން ވަނީ ހަނދުމަކޮށްދީފައެވެ. އަދި ރުޅި މަތަކުރާ މީހުންނަށާއި އިހްސާންތެރީންނަށް ހުރި ދަރަޖަ ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅުތަކުގެ މާނަ ވެސް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ދުނި...
މުޙައްމަދު އަފްރާޙް
އެންމެ ފަސް ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖޭގައި، ވަރިކައިވެނީގެ ހިސާބުކިތާބަށް ބަލައިލުމުން މުޖުތަމަޢުގައި އާއިލީ މައްސަލަތައް އޮންނާނެ މިންވަރު ކޮންމެވެސް ވަރަކަށް ހިތަށް ގެންނަން ފަސޭހަވާނެއެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި ކިތަންމެ މަދު އާބާދީއެއް އޮތް ނަމަވެސް ވަރީގެ ލިސްޓްގައި ރާއްޖެ އެއްވަނަ ދަމަހައްޓަމުން އަންނަތާ ހަތްވަރަކަށް އަހަރަށް ވުރެ ވެސް ގިނަވެދާނެއެވެ. މިއަދު ވެސް ވަރިކުރުމުގެ “ފަޚުރުވެރި” އެއްވަނާގައި އޮތީ ހަމަ މި ރާއްޖެއެވެ. މި އަހަރުގެ...
އިބްރާހިމް ޚަލީލް
މުއުމިނުންގެ އެންމެ އަސާސީ އެއް ސިފައަކީ ތެދުވެރިކަމެވެ. ތެދުވެރިކަން ނެތް މީހަކީ ފުރިހަމަ މުއުމިނެއް ކަމުގައެއް ނުވެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މުއުމިނުންނަށް އަމުރުކުރައްވައިފައިވަނީ، ތެދުވެރީންނާ އެކުގައި ވުމަށެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ (التوبة: 119) މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!” މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަ...
ޝެއިޚް ޝަފީއު އަބްދުﷲ
ކުރީގެ އަދަދާއިގުޅޭ، ” އަހަރެންގެ އެއްމާމަދަރި އަހަރެމެންނަށް އެ ގެއްލުނީ! ދެން ޒަޔާއެއް ނާންނާނެ! އަހަންނަށް މާމާއޭ ކިޔާ ގޮވާލާނެ އެންމެ ދަރިއެއް ދެން ހުރީ.. މިހެން ބުނީމަ އުޝާއަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން! މައެއްގެ ހިތުގެ އާދޭސް އުޝާއަށްވެސް އިޙްސާސް ކުރެވޭނެ! ” އަމީރާ އެހެން ބުނުމާއެކު ކަންބޮޑުވެ، ހާސްވި ވަރުން އުޝާއަށް ހިނދިރުވާލެވުނެވެ. އޭރުވެސް އާދޭހުގެ ނަޒަރަކުން އަމީރާ ހުރީ އުޝާއަށް ބަލަހައްޓައިގެންނެވެ. ” ތީ ދެން ކޮންކަމެއް އަމީރާ؟ ރޭގައެއްނޫންތަ އަމީރާ […]
ސަލާމާ ޢަބްދުލް ޢަލީމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހަތުރުވެރިކަމުގައި އެމްޑީޕީ ރީތިކޮށް ދެބައިވެއްޖެ އެވެ. ހުޅުފަޅައިގެން ގޮސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ރައީސް އިބޫ ފެކްޝަނުން ފިޔަވަޅު އަޅަން ފެށުމުން ނަޝީދު ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުން ޕާޓީން މިއަދު އަމިއްލައަށް ވަކިވީ އެވެ. ދެން އޮތީ ނަޝީދެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަޖިލީހުގެ ރައީސްގެ މަގާމުގައި ފުރިހަމަ ބާރުވެރިކަމުގައި ނަޝީދު އަދި އެބަ ހުންނެވި އެވެ. އެކަމަކު މިހާރު […]
ޙުސައިން ޘަޤީފް
ކުރީގެ އަދަދާއިގުޅޭ، ” އެއީ މާނިޙޭ! އުޝާގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން! އެހެން ނޫނަސް ޒައިންއަކަށްވެސް އެ ކައިވެންޏެއް ނުހުއްޓުވޭނެދޯ! އަހަރެން މި ބަލާލީ މަގޭ ދަރިފުޅު ހެޔޮޙާލުގައި ހުރިތޯއޭ! ” ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނުމުން އަމީރާ ވަގުތުން މައިތިރިވެއްޖެއެވެ. ” އަހަރެން ދެން ބޭނުމެއްނޫން އުޝާގެ އެއްވެސް ނިންމުމަކަށް ނޫނެކޭ ބުނާކަށް! އަދި ނުފޫޒު ފޯރުވާކަށްވެސް ބޭނުމެއްނޫން! އޭނާއާމެދު ރަނގަޅު ގޮތަކަށް ވިސްނައިފިނަމަ ޙަޤީޤަތުގައި އުޝާއަކީ ކެތްތެރި ކުއްޖެއްކަން އަމީރާއަށްވެސް އެނގޭނެ....
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ ޢަދަދާއިގުޅޭ، ” ހޫމް.. ދެން ނުގުޅާނަން އެކަމަކު.. އޭނަ އަންނަން ބޭނުން ވަންޏާ އަންނާނެއެއްނު.. ގަދަކަމުން ކަންކަން ކުރުވާކަށް ނުކެރޭނެ މިދުވަސްވަރަކު.. ޒައިން އެ ހުންނަނީ ޒަޔާ ދިޔައީމަ ހިތް ހަލާކުވެފަ ހަމަ.. ނޫޙު ހުއްޓަސް އެކުއްޖާގެ ހިތުގައިވެސް ޒައިންއާމެދު ބައްޕަގެ ކުލުނެއް ނުހުންނާނެއެއްނު.. އެއީ ހަމަ ނެތްކުއްޖެއްދޯ” ސިޑިން ފައިބައިގެންއައި އުޝާގެ ކަންފަތުގައި ޖެހުނު އެ ޖުމްލައިން އޭނާގެ ހިތަށް ވަރަށް އަސަރުކު ކުރިއެވެ. އެފަދަ އެއްޗެއް މަންމަ ބުނެފާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ […]
ސަލާމާ ޢަބްދުލް ޢަލީމް
މާތްﷲ އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށާއި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ހުތުބާގައި ވަނީ ޝައިތާނާ މާތްﷲ ގެ ރަހުމަތުން ބޭރުކުރެވި، ލަޢުނަތް ލެއްވުނީ ފާފައިގެ ސަބަބުން ކަމަށާއި ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ޝުއައުބުފާނުގެ ގައުމުގެ މީހުން ހަލާކު ކުރެއްވީ ފާފައިގެ ސަބަބުންކަން ވެސް ހަނދާން ކޮށްދީފައެވެ. އަދި ލޫތުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އެބައިމީހުންގެ ރަށް އުފުއްލަވައި، ބަންޑު...
މުޙައްމަދު އަފްރާޙް
ރަށު މަދަރުސާގައި ގްރޭޑް 10 ކިޔަވަމުންދިޔައިރުގައިވެސް ޝާއިނާގެ ( އަސްލުނަމެއްނޫން ) ހުވަފެނަކީ ނަރުހަކަށްވުމެވެ. ނަމަވެސް އޭރު ރަށުގައި ކިޔަވައިދެނީ ހަމައެކަނި ކޮމާސް ސްޓްރީމަށްވާތީ، އެހާ ފަސޭހައިން ނަރސިންގ ދާއިރާއަށް ނުވަދެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ޢަޒުމެއް އޭރުވެސް ބަދަލެއް ނުވެއެވެ. ކުރީއްސުރެ ހިތުގައި ބިންވަޅު ނެގިފައި އޮތް ޖުމްލަ ” ބޮޑުވެގެން ވާން ބޭނުންވަނީ ނަރުހަކަށް ” އޭރުވެސް އޮތީ ރަންކުލައިން ވިދާލަވިދާލައެވެ. އެހެންކަމުން ގްރޭޑް 10 ނިންމާލުމަށްފަހު ފައުންޑޭޝަން އި...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ: ” ތެދެކޭ ދޯ.. ނޫޙުއަށް ބައްޕިއެއް ހޯދަނިއްޔޭދޯ މިހާރު..” މިފަހަރު ވާހަަކަ ދެއްކީ އަމީރާއެވެ. އެހެންކަމުން ޖާބިރުގެ އިތުރުން ނަވީންއަށްވެސް ވިސްނުނުގޮތުގައި އުޝާހުރީ ވަރިކޮށްފައެވެ. ހިނިތުންވެލަމުން ޖާބިރު ނޫހުގެ ބޮލުގައި ފިރުމާލިއެވެ. ލަދުން އިނދެ އުޝާއަށް ނަވީނަށް ބަލާލެވުނު އިރު ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ. އަވަސް އަވަހަށް އަނެއްކާވެސް އުޝާ އިސްޖަހާލިއެވެ. ފަހުމީއާ ޖާބިރު ކުރީގެ ހަނދާންތައް އާކުރަމުން ހެމުން ދިޔައެވެ. އެމީހުންނާ ބައިވެރިވެ، އަމީރާވެސް އިރުއިރުކޮޅު...
ސަލާމާ ޢަބްދުލް ޢަލީމް
ހަނޑޫ، ހަކުރު އަދި ފުށާއި އެހެނިހެން ކާބޯތަކެއްޗަކީ އިންސާނުންގެ ކާނާ އެވެ. ޕެނަޑޯލް، ސިޓްރިޒަން، ޕެންޓާޒް އަދި އެހެނިހެން މިފަދަ އެއްޗެއްސަކީ އިންސާނުން ބަލިވުމުން ބޭނުންކުރާ ބޭހެވެ. ހަންގަނޑުގެ މައްސަލަ ނުވަތަ ލޮލުގެ މައްސަލަތަކަށް ދޭ ވިޓަމިން ފަދަ ތަކެއްޗަކީ ވެސް ބޭހެވެ. އެހެންކަމުން ހަށިގަނޑުގައި ވަރުޖައްސައި ހަތަކަ ލިބިދީ ހަށިގަނޑުގެ ބައިތައް ރަނގަޅަށް މަސައްކަތްކުރުމަށް ވަކި ގަޑިތަކެއްގައި ކައިބޮއެ ހަދާ ތަކެއްޗަކީ ކާނާ އެވެ. އެހެން އުޅެމުން ދަނިކޮށް ބަލިވުމުން ބޭނުންކުރަނީ ބޭހެވެ. މި ބީދައ...
ހުބާ ޕްލާންޓްސް
ކުރީގެ އަދަދާއިގުޅޭ، ” އަހަރެން އަބަދުވެސް މަންމައާ ބައްޕައަށް ޤަދަރުކުރަން! އިޙްތިރާމްކުރަން! އެކަމަކު މަންމަ ތި ދައްކާ ވާހަކަތަކުން އަހަންނަށް ވަރަށް އަސަރުކޮށްފި! މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! މަންމަމެން ވިސްނީ އަހަންނާމެދުއެއް ނޫން! އެދުވަހު މަންމަމެން ވިސްނީ ހަމައެކަނި ނޫޙުއަށް! އެންމެ ރަނގަޅު! އަހަރެން ސުވާލެއްކޮށްލަންތަ؟ އެގޮތަށް ކަންތައް ކުރީމަ، ނޫޙުގެ ބައްޕަގެ ލޯބި ނޫޙުއަށް ލިބުނުތަ؟ ނޫޙުއަށް އެކަމުގެ ސަބަބުން ލިބުނީ ކޮން އުފަލެއްތަ މަންމާ؟ ނޫޙުއަށް އެދުވަހުން ފެށިގެން މިއަދާ ހަމައ...
ސަލާމާ ޢަބްދުލް ޢަލީމް