Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,662 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ފުލުހުން ދިޔައީ ފިރިހެނަކަށް އަނިޔާކުރާކަމުގެ ރިޕޯޓަކަށް، ފެނުނީ 17 ކިލޯގެ މަސްތުވާތަކެތި
News

ފުލުހުން ދިޔައީ ފިރިހެނަކަށް އަނިޔާކުރާކަމުގެ ރިޕޯޓަކަށް، ފެނުނީ 17 ކިލޯގެ މަސްތުވާތަކެތި

ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލޭގެ ފޭސް 2ގައި ހުންނަ އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ. މި ތަކެތި ފެނިފައިވަނީ ފިރިހެނަކަށް އަނިޔާކުރާ ކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ ވަގުތު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރުއެވެ. ހުޅުމާލެ […]

މައްކާ ރޫޓް ދާއިމީ ކުރުމަށް ނިންމައިފި
Raajje

މައްކާ ރޫޓް ދާއިމީ ކުރުމަށް ނިންމައިފި

މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާކަމަށް މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީއިން މިއަދު ވިދާޅުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ. ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާ، މުހިންމު ނިންމެވުމެއްގެ މަގު ފަހިކޮށްދެއްވާފައެވެ. މި ނި...

މިސްކިތްތަކަށް ހަމަލާ ދެނީ "ނުބައިނުލަފާ ލާދީނީ ބަޔަކު ރާވައިގެންކަމާއި މެދު ޝައްކު"
Raajje

މިސްކިތްތަކަށް ހަމަލާ ދެނީ "ނުބައިނުލަފާ ލާދީނީ ބަޔަކު ރާވައިގެންކަމާއި މެދު ޝައްކު"

ރާއްޖޭގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާ ދެނީ ނުބައިނުލަފާ ލާދީނީ ބަޔަކު ރާވައިގެން ހިންގާ ކަމެއްކަމާއި މެދު ވަރަށް ބޮޑަށް ޝައްކު ކުރެވޭކަމަށް، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވިދާޅުވެއްޖެ އެވެ. ޝައިޙް މިފަދަ ތުޙުމަތެއް ކުރައްވާފައިވަނީ ދާދި ފަހުން ރާއްޖޭގެ މިސްކިތްތަކަށް އަމާޒުކޮށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝައިޚް އާދަމް ނިޝާން ވިދާޅުވީ، “ދައުލަތަށް މިފަދަ ނުބައިވެގެންވާ ޢަމަލުތައް ނުހ...

މިސްކިތްތަކަށް ހަމަލާ ދެނީ، މިއަދު ތަޅާލީ ޠަޢިބާ މިސްކިތުގެ ކުޑަދޮރުތައް
Raajje

މިސްކިތްތަކަށް ހަމަލާ ދެނީ، މިއަދު ތަޅާލީ ޠަޢިބާ މިސްކިތުގެ ކުޑަދޮރުތައް

މިސްކިތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމުގެ މައްސަލަތަކެއް ފަހަކަށް އައިސް އިތުރުވެއްޖެއެވެ. އެގޮތުން، މިއަދު ހެނދުނު މާލޭގައި ހުންނަ ޠަޢިބާ މިސްކިތުގެ ތިރީބައިގެ ކުޑަދޮރުގެ ބިއްލޫރިތައް ވަނީ ތަޅާލާފައެވެ. މީގެ އިތުރުން، އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިސްކިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޠަޢިބާ މިސްކިތުގެ ކުޑަދޮރުތައް ތަޅާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މިކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެ...

ހަވަނަ ބުރިން ސިޑިގޮޅިއަށް ވެއްޓުނު މީހާ މަރުވެއްޖެ
Raajje

ހަވަނަ ބުރިން ސިޑިގޮޅިއަށް ވެއްޓުނު މީހާ މަރުވެއްޖެ

މާލޭގެ މާފަންނު ސަރަހައްދުގައި ހުންނަ ގެއެއްގެ ހަވަނަ ބުރިން ސިޑިގޮޅިއަށް ވެއްޓުނު ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ މީހާ މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ އާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 6:29 ހާއިރު ކަމަށެވެ. މަރުވި މީހާއަކީ 47 އަހަރުގެ ރުޓަން ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އޭނާ ހާދިސާ ހިނގި ތަނުން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ […]

ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20،000 ޑޮލަރު ހޯދައި ހަވާލުކޮށްފި
Raajje

ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20،000 ޑޮލަރު ހޯދައި ހަވާލުކޮށްފި

ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގެ ތެރެއިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ފުލުހުން ހޯދައި، ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ވެރިފަރާތަށް ހަވާލުކޮށްފިއެވެ. މި ތަކެތީގެ ތެރޭގައި 20،000 އެމެރިކާ ޑޮލަރު ހިމެނޭކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:40 އެހައިކަންހާއިރުއެވެ. އެ ވަގުތު، ހުޅުމާލެ ފޭސް 2 ގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ވަނީ ބިދޭސީން ދިރިއުޅޭ […]

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން ބިދޭސީން ހައްޔަރުކޮށްފި
Raajje

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން ބިދޭސީން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން ބިދޭސީން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ މީހުންނާއި ޕާކިސްތާނުގެ އެކަކު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ތިން މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގައި ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައެވެ. ހައްޔަރުކުރެވުނު މީހުންނަކީ އެމްޑީ ރިޔާސް އުއްދީން (19 އަހަރު)، ބަންގްލ...

ސިނގިރޭޓު ވައްކަމުގައި ފަހުން ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާއްމުކޮށްފި
Raajje

ސިނގިރޭޓު ވައްކަމުގައި ފަހުން ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާއްމުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހެއްގެ ވަނަވަރު، ފުލުހުން އާއްމުކޮށްފި އެވެ. މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ވައްކަން ކުރެވުނު ސިނގިރޭޓަކީ މިދިޔަ އޭޕްރީލް މަހު އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ. އެންމެ ފަހުން އިއްޔެ ހައްޔަރުކުރި ތިން […]

ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި
Raajje

ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި

ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނައީމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފް އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އެއް “ތިލަދުން” އަށް ވަނީ ލިބިފައެވެ. އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޙުސައިން ނައީމްގެ އިސްތިއުފާއާ ގުޅިގެން، ކައުންސިލްގެ ހިންގުން ވަގުތީގޮތުން ހަވާލުވާނީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފްއެވެ. ތަކަންދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވި...

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށްފި
Raajje

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ނޭޕާލްގެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތަކަކީ ބިބަސް ރާއި (24އ)، ޑެބި ތަމަންގް (39އ)، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. […]

މުފްތީ މެންކްގެ ނަމުގައި އޭއައި ކޮންޓެންޓްތައް ފެތުރުން އިތުރުވެފައިވާތީ ސަމާލުވުމަށް އެދެފި
International

މުފްތީ މެންކްގެ ނަމުގައި އޭއައި ކޮންޓެންޓްތައް ފެތުރުން އިތުރުވެފައިވާތީ ސަމާލުވުމަށް އެދެފި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ ޑރ. އިސްމާޢީލް މެންކްގެ މޫނާއި އަޑު ބޭނުންކޮށްގެން އުފައްދާ އޭއައި ކޮންޓެންޓްތަކާ މެދު ސަމާލުވުމަށް އެދެފިއެވެ. މި ކޮންޓެންޓްތަކުގައި މުފްތީ މެންކް ދުވަހަކުވެސް ވާހަކަ ނުދައްކަވާ ސިޔާސީ އަދި މަޒުހަބީ މައްސަލަތަކާ ގުޅޭ ވާހަކަތައް ހިމެނެއެވެ. ހަމައެކަނި އެކްސް (ކުރީގެ ޓުވިޓަރ) ގައި އެކަނިވެސް 10 މިލިއަން ފޮލޯވަރުން ތިބި މުފްތީ މެންކް ވަނީ އޭނާގެ ވެރިފައިޑް އެކްސް އެކައުންޓުން މިކަމާ ގުޅޭ ބަޔާނެއް ނެރުއްވާފައެވެ. “އަޅުގަނޑުގެ މޫނާއި އަޑު އަދި […]

މަސްޖިދުލް ޙަރާމް ކައިރީގައި "ކިންގް ސަލްމާން ގޭޓް" ނަމުގައި ބިޔަ މަޝްރޫޢުއެއް ފަށަނީ
International

މަސްޖިދުލް ޙަރާމް ކައިރީގައި "ކިންގް ސަލްމާން ގޭޓް" ނަމުގައި ބިޔަ މަޝްރޫޢުއެއް ފަށަނީ

މަސްޖިދުލް ޙަރާމް ކައިރީގައި “ކިންގް ސަލްމާން ގޭޓް” ނަމުގައި ބިޔަ މަޝްރޫޢުއެއް ފެށުމަށް، ސަޢޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތަޢާރަފުކުރައްވައި އިއުލާނުކުރައްވައިފިއެވެ. އަރަބި މީޑިއާތަކުން ހާމަކުރި ގޮތުގައި މި މަޝްރޫޢަކީ މަސްޖިދުލް ހަރާމް ކައިރީގައި 12 މިލިއަން އަކަ މީޓަރުގެ ސަރަހައްދެއްގައި ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިގެންދާ ސަރަހައްދުގައި އިތުރު 900،000 ( ނުވަަލައްކަ) މީހުންނަށް ނަމާދުކުރެވޭ ގޮތަށް ޖާގަ އިތުރުކުރެވިގެން ދާނެއެވެ. ވަނީ މައްކާގެ...

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު!
Business

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު!

އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ “ލިވް އަންލިމިޓަޑް” ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ހޯދުމުގެ ފުރުސަތު އޮންނާނެކަމަށް އެކުންފުނިން ބުނެފި އެވެ. މިހާތަނަށް 8 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިފައިވާއިރު، މި ކެމްޕެއިންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދެމީހަކަށް ހައްޖު ދަތުރެއް ކަނޑައަޅާފައިވެއެވެ. މި ކެމްޕެއިންގެ އެންމެ ހާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފު...

ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި
Thiladhunmathi News

ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ […]

އަލިހުރަސް ކަނޑުން ދޯންޏެއްގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި
Raajje

އަލިހުރަސް ކަނޑުން ދޯންޏެއްގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި

އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ “ސްކޫބާ” ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި މި ޑައިވިން ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ...