މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވެ, އޭނާ މިއަދު ސަލާމަތްވެއްޖެ އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް […]