އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް 10,800ރ. ގެ ޖޫރިމަނާގެ އަދަބެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރޭގައި އެތަނުގެ ދެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީ މީހާ 10،800ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިމަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް އެއާޕޯޓުގައި ފުރަން ގޮސް އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހަޑަޑްގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު […]