ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް
ހދ. ކުޅުދުއްފުށީ ސިޓީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ހަރަކާތަކީ އެރަށުފައިލޭރިޔާ ޓާސްކް ފޯސް އިން އިންތިޒާމުކޮށްގެން ފައިލޭރިއާ ކޮންޓްރޯލް ކުރުމުގެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން އެ ސިޓީގައި މަދިރި އުފެދޭ ސަރަހައްދުތައް ނައްތާލުމަށް އެތަންތަން ސާފުކޮށްފައިވާއިރު، އެ ސިޓީގެ ގިނަ މުއައްސަސާތަކާއި، ޖަމްއިއްޔާތަކުން ވަނީ ބޮޑު ބައިވެރިވުމެއް ދީފައެވެ. މިހަރާކާތާއި ގުޅިގެން ހަރަކ...