މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު އިންޑޮނޭޝިއާއަށް M5.4 ގެ ބިންހެލުމެއް އަތުވެއްޖެ - 29 މިނިޓު ކުރިން

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,457 Stories
3,528 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
Raajje

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސ...

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި
Raajje

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓައިފިއެވެ. ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުންގެ ނަމުގައި މީސްމީޑއާގައި ދައުރުކުރަމުންދާ ސައްހަ ނޫން ބަޔާނެއްގެ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ޝަހީމްގެ ފޯނާއި އ...

ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި ފެނުނު މައްސަލާގައި، އެ މީހާއަށް އަނިޔާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 9 ސެޕްޓެމްބަރު 2024 ގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ޒަހަމްވެފައި އޮއްވައި ވަނީ ފެނިފައެވެ. ފުލުހުން މިއަދު ބުނީ 9 ސެޕްޓެމްބަރުގައި މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްތަކަކާއެކު އޮވެ ފެނުނު މީހަކާ މެދު މާރާމާރީ ހިންގިކަމަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކ...

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް
Raajje

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކުރިން ހިންގަމުން އައީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި ބަދަލުގެންނެވިކަން ހާމަކުރެއްވުމަށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ސިއްހީ ވުޒާރާގެ ދަށަށ...

ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި
Raajje

ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުވައިލައްވައިފިއެވެ. މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި ތަނެކެވެ. އެ އޮތޯރިޓީ އުވާލައްވައި ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މި އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ ސީދާ ނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. ”މިގޮތަށް ހަމަޖެއްސެވީ، މޯލްޑި...

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި ނިންމާލައިފި
Raajje

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި ނިންމާލައިފި

2022–2023 ވަނަ އަހަރުގެ “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި […]

ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި
Raajje

ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި

ޅ. އަތޮޅު ހިންނަވަރާއި ނައިފަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި މި އޮޕަރޭޝަނު...

އުތުރުގެ ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރުމަށް ހަވާލުކޮށްފި
Raajje

އުތުރުގެ ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރުމަށް ހަވާލުކޮށްފި

އުތުރުގެ ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ރަށްތަކަކީ ހދ. އަތޮޅުގެ ހަނިމާދޫ އާއި ކުމުންދޫ، އަދި ށ. އަތޮޅުގެ ބިލެއްފަހި، ށ.ކަނޑިތީމު އަދި ށ.ފޭދޫ އެވެ. މި ގްރީންހައުސްތަކަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ “މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް” ގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވާ ތަންތަނެވެ. މި ގްރީންހައުސްތައް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކ...

ކޭއާރުއެޗަށް ޑެޕިއުޓީ ސީއީއޯއެއް ހަަމަޖައްސައިފި
Thiladhunmathi News

ކޭއާރުއެޗަށް ޑެޕިއުޓީ ސީއީއޯއެއް ހަަމަޖައްސައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ގެ މަގާމަށް އަހްމަދު ފާއިޒް ހަސަން ޢައްޔަނުކޮށްފިއެވެ. ކޭއާރުއެޗުން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އަހްމަދު ފާއިޒް ހަސަން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އަހްމަދު ފާއިޒް ހަސަން ހުންނެވީ ކޭއާރުއެޗްގެ އިދާރީ މަގާމެއްގައެވެ. ޑެޕިއުޓީ ސީއީއޯއާއެކު ކޭއާރުއެޗުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަ...

މީހެއްގެ ޖީބުން ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފި
Raajje

މީހެއްގެ ޖީބުން ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފި

މީހެއްގެ ޖީބުން މަގުމައްޗަށް ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފިއެވެ. ފުލުހުން ބުނީ މީހެއްގެ ޖީބުން 17000ރ މަގުމައްޗަށް ވެއްޓި، ގެއްލިފައިވާކަމަށް މި މަހުގެ 9 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެ ފައިސާތައް ހޯދުމަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ. އަދި އެ ފައިސާތައް މަގުމަތިން ނެގި މީހާ ފުލުހުން ވަނީ ދެނެގަނެފައެވެ. ގަލޮޅު ފުލުހުންގެ މަސައްކަތުން މަގުމަތިން އެ ފައިސާތައް ނެގި އެމީހާ ދަނެގަނެ، މިރޭގެ ވަގުތެއްގައި […]

ޕީޖީ އަކަށް އައްބާސްގެ ނަން، ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި
Parliament

ޕީޖީ އަކަށް އައްބާސްގެ ނަން، ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފުގެ ނަންފުޅު، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިރޭ ފޮނުވައިފިއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، މިރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ. ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރު...

މަރްޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް
News

މަރްޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން މިރޭ ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ. މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދިވަޑައިގަތުމުން މަޖިލީހުގެ ގަވާއިދުގެ ދަށުން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާފެށުމުގައި ރިޔާސަތުން ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވަނީ  މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ މިއަދު އަވަހާރަވެފައިވާތީ، ޢަބްދުލްޢަޒީޒް ޢަބްދުﷲ އަށ...

ބޭސް ވިއްކަމުންދަނީ %2000 އާއި ހަމައަށް ފައިދާ ލާފައި، ފިޔަވަޅުތަކެއް އަޅަން އަންގައިފި
Raajje

ބޭސް ވިއްކަމުންދަނީ %2000 އާއި ހަމައަށް ފައިދާ ލާފައި، ފިޔަވަޅުތަކެއް އަޅަން އަންގައިފި

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ޢިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށ...

އުޅެނީ ފިތުނަ އުފައްދަން، ރައީސްގެ ފަރާތްޕުޅުން މެންބަރުންނަށް ފައިސާއެއް ނުދޭ: އިސް ތަރުޖަމާނު
Raajje

އުޅެނީ ފިތުނަ އުފައްދަން، ރައީސްގެ ފަރާތްޕުޅުން މެންބަރުންނަށް ފައިސާއެއް ނުދޭ: އިސް ތަރުޖަމާނު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ. އޮންލައިން ނޫހެއްގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ރައީސްގެ ފަރާތްޕުޅުން މި މަހު ޕީއެންސީގެ މަޖިލިސް ކޮންމެ މެންބަރުންނަށް، މިމަހު 750،00 ރުފިޔާ ދީފައިވާ ކަމަށެވެ. ރައީސްގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މާލީ އިނާޔަތް ދޭކަމަށް މީގެ ކުރީން ފެތުރު އަޑުވެސް ސ...

ފަޒީސް ހިޖާމާއަށް ހުއްދަ ލިބެންދެން ޚިދުމަތް ހުއްޓާލަން އަންގައިފި
Raajje

ފަޒީސް ހިޖާމާއަށް ހުއްދަ ލިބެންދެން ޚިދުމަތް ހުއްޓާލަން އަންގައިފި

ސިއްހަތާބެހޭ ވުޒާރާއިން، “ފަޒީސް ހިޖާމާ ތެރަޕީ” އަށް އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށް އަންގައިފިއެވެ. ހިޖާމާގެ ފަރުވާ ދެމުން އަންނަ “ފަޒީސް ހިޖާމާ ތެރަޕީ”ގެ ޚިދުމަތް ހުއްޓާލަން ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ އެތަން ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ލިބެންދެންނެވެ. މި ޚިދުމަތް ހުއްޓާލުމަށް، އެތަނުގެ ވެރިޔާ ފަޒީލާ ޢުޘްމާނަށް ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ، އެ ވުޒާރާއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގ...