ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން މިރޭ ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.
މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދިވަޑައިގަތުމުން މަޖިލީހުގެ ގަވާއިދުގެ ދަށުން ބޭއްވި ޖަލްސާއެކެވެ.
މި ޖަލްސާފެށުމުގައި ރިޔާސަތުން ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވަނީ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ މިއަދު އަވަހާރަވެފައިވާތީ، ޢަބްދުލްޢަޒީޒް ޢަބްދުﷲ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުންއެދި ދުޢާކުރަށްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ.
އެއަށްފަހު ވަނީ މަރްޙޫމްގެ ހަނދާނުގައި ތަޅުމުގައި ސްކޫތެއް ގެނެސްފައެވެ.
ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ، 24 ފެބްރުއަރީ 1985 އިން 23 ފެބްރުއަރީ 1990 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް…
— Heena Waleed (@MvSpokesperson) September 11, 2024
ޢަބްދުލްޢަޒީޒު އަބްދުﷲ އަކީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިއަދު ވަނީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!