މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުވައިލައްވައިފިއެވެ.

މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި ތަނެކެވެ.

Ad
rt

އެ އޮތޯރިޓީ އުވާލައްވައި ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މި އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ ސީދާ ނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

''މިގޮތަށް ހަމަޖެއްސެވީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ޚަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.'' އެ ދެންނެވުމުގައި ވެއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލައްވައި، އެ އޮތޯރިޓީގެ މަސައްކަތްތައް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެއް ގޮތުގައި ރައީސް ހަމަޖެއްސެވިއިރު ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

މިގޮތުން ސަރުކާރުގެ ބައެއް ކުންފުނުތައް އެއްކޮށްލުމަށާއި، ބައެއް ކުންފުނިތައް މާރޖް ކުރުމަށް ވަނީ ނިންމަވާފައެވެ.