ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް، އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގު މިރޭ 1:00 އާއި ހަމައަށް އިތުރުކޮށްފިއެވެ.

އެމްޓީސީސީން ބުނީ މިއަދަކީ ވީއައިއޭ އަށް ވަރަށް ބާރުބޮޑު ދުވަހަކަށްވެފައި އަދި މޫސުން ވެސް ގޯސް ދުވަހަކަށްވުމުން، އެ ކުންފުނިން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގު މިރޭ 1:00 އާއި ހަމައަށް ދެމުންދާނެ ކަމަށެވެ.

Ad
rt

މިގޮތަށް ދަތުރުތަކުގެ ވަގުތު އިތުރުކުރީ އަދިވެސް ގިނަ ބަޔަކު އެއާޕޯޓުން ގެއަށް ދިޔުމަށް ދަތިތައް ކުރިމަތިވެފައިވާތީ، ދަތުރުގެ ލުއިކަން ހޯދައިދިނުމުގެ ގޮތުންކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް މިރޭ 1:00 އާއި ހަމައަށް އާރު3، އާރު4 އަދި އާރު9 ރޫޓަށް ބާއްވަމުން އަންނާނެކަމަށް އެމްޓީސީސީން ބުންޏެވެ.

އިތުރު މައުލޫމާތު ބޭނުންނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ ބަޔަކު މިއަދު ރާއްޖެ އަންނަމުން ދާތީ މިއަދު ވީއައިއޭ އަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. އަދި މިއަދަކީ ވަރަށް މޫސުން ގޯސް ދުވަހަކަށްވުމުން ޓެކްސީ ހޯދައި ދަތުރުކުރުމަށް ދަތުރުވެރިންނާއި ޢާއިލާތަކަށް ދަތިވެ، އެއާޕޯޓުގައި ތޮއްޖެހުން ވަނީ ބޮޑުވެފައެވެ. އެމްޓީސީސީގެ މި ނިންމުމާއިއެކު ދަތުރުވެރިންނަށް ދަތުރަށް ލުއިކަން ލިބިގެންދާނެއެވެ.