މާލޭގެ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކޮށް ފިޔަވަޅު އަޅަމުން އަންނަކަމަށް ފުހުން މިރޭ ބުނެފިއެވެ.

ފުހުން ބުނިގޮތުގައި މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad
rt

މީގެ އިތުރުން އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިގޮތައް ޓޯވ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ ޓޯވ ކުރާތާ 48 ގަޑިއިރު ފަހުންނެވެ.

ފުލުހުން ވަނީ ޕާކިން ޒޯނުތަކުގައި އުޅަނދުތައް ޕާކް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ފުލުހުން ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، މަގުމަތި ތަރުތީބު ކުރުމަށް އެ މުއައްސަސާއިން ކުރާ މަސައްކަތަށް އާންމުންދޭ އެއްބާރުލުން ފާހަގަކޮށްފައެވެ.